Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުން މަދަދުދޭ ހަނގުރާމަވެރި ގްރޫޕްތަކުގެ ލިސްޓެއް އާއްމުކޮށްފި

8 ޖެނުއަރީ 2018 | ހޯމަ 06:03

އާއްމުކުރި ލިސްޓްގައި ހިމެނެނީ އަށް ގައުމަކަށް ނިސްބަތްވާ 12 ޖަމާއަތް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 8 ޖެނުއަރީ 2018 | ހޯމަ 06:03
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ: އީރާނުން ހަނގުރާމަވެރި ޖަމާއަތްތަކަށް މަދަދުދޭ ކަމަށް ތުހުމަތު ކުރެވޭ

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ: އީރާނުން ހަނގުރާމަވެރި ޖަމާއަތްތަކަށް މަދަދުދޭ ކަމަށް ތުހުމަތު ކުރެވޭ

އީރާނުން މަދަދުދޭ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމަވެރި ގްރޫޕްތަކުގެ ލިސްޓެއް އާއްމުކޮށްފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއަށް ވަނުމަށް އީރާނުން ހަނގުރާމަވެރި ޖަމާއަތްތަކަށް މަދަދު ދޭ ކަމަށް އަރަބި އޮބްޒާވަރުންނާއި ގަލްފްގެ ގައުމުތަކުން ތުހުމަތު ކުރެއެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކަށް ޚަރަދުކޮށް، އެފަދަ ގްރޫޕްތަކަށް މަދަދު ދެނީ މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ގަދަކުރުމަށް ކަމަށް އެގައުމުތަކުން ތުހުމަތު ކުރެއެވެ.

ސައުދީ އަރަބިއްޔާގެ ނޫހެއް ކަމަށްވާ އަލް-އަރަބިއްޔާ އިން އާއްމުކޮށްފައިވާ މިލިސްޓުގައި ހިމެނޭ ބައެއް ޖަމާއަތްތަކަކީ، އެޖަމާއަތްތަކަށް އީރާނުގެ މަދަދު ލިބޭކަން ފާޅުގައި އިއުލާންކޮށްފައިވާ ޖަމާއަތްތަކެވެ.

އެގޮތުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަކީ އީރާނުގެ މާލީ އެހީތެރިކަމާއި، މަދަދު ލިބޭ ކަމަށް އެއްބަސްވެފައިވާ ޖަމާއަތެކެވެ. މީގެ އިތުރުން އިރާގުގެ ޝިއައީންގެ ޕެރަމިލިޓަރީ ބްރިގޭޑްގެ ހަނގުރާމަވެރިން ތަމްރީން ކުރުމަށާއި، ހަނގުރާމަވެރިންނަށް އެހީތެރިވުމަށް އީރާނުގެ އަސްކަރިއްޔާގެ އޮފިޝަލުން އާއްމުކޮށް އީރާގަށް ދަތުރުކުރެއެވެ.

މީގެ އިތުރުން އދ. އިން ނެރެފައިވާ ރިޕޯޓެއްގައި ވަނީ، ސައުދީ އަރަބިއްޔާ އަށް ހަމަލާ ދިނުމަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނަށް އީރާނުން މިސައިލް ފޯރުކޮށްދޭކަން ހާމަކޮށްފައެވެ.

އީރާނުން މަދަދުދޭ ކަމަށް ބުނެ އާއްމުކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ލިސްޓްގައި އަށް ގައުމަކަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތްތައް ހިމެނެއެވެ. މީގެ ތެރޭގައި އެންމެ ގިނަ އިން ހިމެނިފައި ވަނީ އިރާގަށް ނިސްބަތްވާ ޖަމާއަތްތަކެވެ. މި ލިސްޓުގައި ގިނައިން ހިމެނެނީ ޝިއައީންގެ ހަނގުރާމަވެރި ޖަމާއަތްތަކެވެ.

އީރާނުން މަދަދުދޭ ހަނގުރާމަވެރި ޖަމާއަތްތައް:

  1. ހިޒްބުﷲ ޖަމާއަތް (ލުބުނާން)
  2. ހިޒްބުﷲ ބްރިގޭޑްސް (އިރާގް)
  3. ހިޒްބުﷲ އަލް-ނުޖާބާ (އިރާގް)
  4. އަސާއިބް އަހްލް އަލް ޙައްޤު (އިރާގް)
  5. ބަދްރު އޯގަނައިޒޭޝަން (އިރާގް)
  6. ލިވާ އަބޫ އަލް-ފަދަލް އަލް-އައްބާސް (އިރާގް)
  7. ހިޒްބުﷲ އަލް-ހެޖާޒް (ސައުދީ އަރަބިއްޔާ)
  8. ހޫތީން / އަންސަރުﷲ (ޔަމަން)
  9. ލިވާ ފަތެމިޔޫން (އަފްޣާނިސްތާން)
  10. އިސްލާމިކް ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ބަހްރެއިން (ބަހްރެއިން)
  11. ޝެހިޚް އިބްރާހިމް ޒަކްޒަކީގެ އިރުޝާދުގެ ދަށުން ހިންގާ އިސްލާމިކް މޫވްމަންޓް (ނައިޖީރިއާ)
  12. މުޙައްމަދުގެ ލަޝްކަރު (ޕާކިސްތާން)

މި ލިސްޓުގައި ހިމެނޭ އޭޝިއާ އަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަނގުރާމަވެރިން، ފާއިތުވި އަހަރުތަކުގައި އީރާގާއި ސީރިއާގައި ކުރިއަށްދިޔަ ހަނގުރާމާގައި ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން އަފްޣާނިސްތާނުގެ "ވޮލަންޓިއަރ ރެކްރޫޓުން" ގެ މައްޗަށް އެކުލެވޭ ލިވާ ފަތެމިޔޫން ޖަމާއަތުގެ ހަނގުރާމަވެރިން، ސީރިއާގެ ހަނގުރާމާގައި ފަސް އަހަރު ވަންދެން ބައިވެރިވެފައިވާ ކަމަށް އެބްރިގޭޑްގެ ސަގާފީ އޮފިޝަލެއް ކަމަށްވާ ޒުހައިރު މުޖާހިދު އެއްބަސްވެވަޑައިގެންފައި ވެއެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޒުހައިރު މުޖާހިދު ވަނީ، ސީރިއާ ހަނގުރާމާގައި ދީނަށްޓަކައި އެބްރިގޭޑްގެ ދެހާހަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށާއި، އެހަނގުރާމައިގައި އެޖަމާއަތުގެ އަށްހާހަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް