Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤުދުސްގެ މައްސަލަ

ފަލަސްތީނަށް އެހީވާ އދ.ގެ އިދާރާއަށް ފަންޑު ދިނުން ހުއްޓާލުމަށް ނަތަންޔާހޫ ތާޢީދު!

ޔޫއެން ރިލީފް އެޖެންސީއަކީ ފަލަސްތީނަށް އެންމެ ބޮޑަށް އެހީވާ އެއް ޖަމާޢަތް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2018 | އާދީއްތަ 03:30
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ފަލަސްތީނަށް އެހީވާ އދ.ގެ އިދާރާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީއަށް ފަންޑުކުރުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތާޢީދުކުރައްވައިފިއެވެ.

އިސްރާއީލުގެ އޮފިޝަލަކާއި ޙަވާލާދީ ޖެރޫސަލަމް ޕޯސްޓުން ބުނީ އެކަމަށް ތާޢީދުކުރެއްވިޔަސް ނަތަންޔާހޫ ބޭނުންފުޅުވަނީ ކުއްލިއަކަށް އެހީ ހުއްޓާލުމުގެ ބަދަލުގައި، މަޑުމަޑުން ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީއަށްދޭ އެހީ ހުއްޓާލުމަށެވެ.

ފަލަސްތީނަށް އެހީވާ އދގެ އެޖެންސީއަށް ދޭ އެހީތައް ހުއްޓާލާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވީ މެދުއިރުމަތީގެ ސުލްހައިގެ މައްސަލައިގައި ވާހަކަ ދެއްކުމަށް ފަލަސްތީނުން ދެކޮޅު ހެދުމުންނެވެ. އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ނިންމެވި މައްސަލައިގައި ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވީ މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ހައިސިއްޔަތު އެމެރިކާއަށް ގެއްލިއްޖެކަމަށެވެ. އަދި އެހެން ކަމުން މީގެ ފަހުން މެދުވެރިއެއްގެ ގޮތުގައި އެމެރިކާ ބަލައިނުގަންނާނެކަމަށް ޢައްބާސް ވަނީ ވިދާޅުވެފައެވެ.

އެގްޒިއޯސް ނިއުސް ބުނާ ގޮތުގައި އެމެރިކާއިން މިހާރުވެސް ޔޫއެން ރިލީފް އެޖެންސީއަށް ދޭން ހަމަޖެހިފައިވާ ފައިސާގެ ތެެރެއިން 125 މިލިއަން ޑޮލަރު ވަނީ ހިފަހައްޓާފައެވެ. އެހެން ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ވަނީ އެކަން ދޮގުކުރައްވާފައެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި މިމައްސަލައިގައި އަދި ވަކި ގޮތެއް ނުނިންމައެވެ.

ޔޫއެން ރިލީފް އެޖެންސީއަކީ ފަލަސްތީނުގެ ޣައްޒާއަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އެއް ޖަމާޢަތެވެ. އަދި އެއެޖެންސީއަށް ދޭން ޖެހޭ އެހީ ހިފަހައްޓަން އެމެރިކާއިން ނިންމި ނިންމުމަށް އިސްރާއީލުގެ ބައެއް ފަރާތްތަކުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އެހީ ކަނޑާލުމުން، ބެލްޖިއަމް އިން ފަލަސްތީނަށް އެހީވަނީ!

އެމެރިކާގެ އެހީ ކަނޑާލުމުން، ބެލްޖިއަމް އިން ފަލަސްތީނަށް އެހީވަނީ!

19 ޖެނުއަރީ 2018
ފަލަސްތީނަށް ދޭ އެހީ ހުއްޓާލަން ޖެހިދާނެ: ރައީސް ޓްރަމްޕް

ފަލަސްތީނަށް ދޭ އެހީ ހުއްޓާލަން ޖެހިދާނެ: ރައީސް ޓްރަމްޕް

03 ޖެނުއަރީ 2018
ކަބީލާ އިސްތިއުފާ ދެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

ކަބީލާ އިސްތިއުފާ ދެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

02 ޖެނުއަރީ 2018
އެމެރިކާގެ ނިންމުމާއި ގުޅިގެން ހިޒްބުﷲގެ ފޯކަސް ފަލަސްތީނަށް

އެމެރިކާގެ ނިންމުމާއި ގުޅިގެން ހިޒްބުﷲގެ ފޯކަސް ފަލަސްތީނަށް

12 ޑިސެމްބަރު 2017
އަހަރުތަކަކަށް ފަހު އދގެ އިސް އޮފިޝަލަކު އުތުރު ކޮރެއާއަށް

އަހަރުތަކަކަށް ފަހު އދގެ އިސް އޮފިޝަލަކު އުތުރު ކޮރެއާއަށް

06 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު