Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

މިޔަންމާގައި ހުންނަވާ އދގެ އެންމެ އިސް އޮފިޝަލް އެގައުމު ދޫކުރައްވާ ވަޑައިގަންނަވަނީ

އެކަމަނާ މިޔަންމާ ދޫކޮށް ވަޑައިގަންނަވަނީ އދ އިން މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ ހައްގުގައި ކަންކަން ނުކުރެވޭ ކަމަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 އޮކްޓޯބަރު 2017 | ހުކުރު 12:43
މިޔަންމާގައި ހަރަކާތްތެރިވާ އދ ގެ އެންމެ އިސް އޮފިޝަލް ރެނަޓާ ލޮކް-ޑެސެލިއެން

މިޔަންމާގައި ހަރަކާތްތެރިވާ އދ ގެ އެންމެ އިސް އޮފިޝަލް ރެނަޓާ ލޮކް-ޑެސެލިއެން

މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ ހައްގުގައި އދ އަށް އެކަށޭނަ މަސައްކަތެއް ނުކުރެވޭ ކަމުގެ ފާޑުކިޔުން އަމާޒުވެފައިވާ މިދަނޑިވަޅުއްގައި، މިޔަންމާގައި މިވަގުތު ހަރަކާތްތެރިވެވަޑައިގަންނަވާ އދ ގެ އެންމެ އިސް އޮފިޝަލް އެގައުމު ދޫކުރައްވާ ވަޑާއިގަންނަވަން ނިންމަވައިފިއެވެ.

މިޔަންމާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރ ރެނަޓާ ލޮކް-ޑެސެލިއެން، އޮކްޓޯބަރ މަސް ނިމޭއިރު މިޔަންމާ ދޫކުރައްވާ ވަޑާއިގަންނަވަން ނިންމެވިއިރު، އެކަމަނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެކަމަނާ މިޔަންމާގައި މަޑުކުރައްވާނެ ކަމަށާއި އެއަށްފަހު އދ ގެ ހެޑްކުއާޓަރުގައި އެހެން މަސައްކަތަކާއި ހަވާލުވެވަޑައިގަންނަވާނެ ކަަމަށެވެ.

މިޔަންމާގައި ހަރަކާތްތެރިވާ އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު ރެނަޓާ ލޮކް-ޑެސެލިއެން މިޔަންމާ ދޫކުރައްވާ ވަޑައިގަންނަވަން އުޅުއްވާ ކަން މިއަހަރުގެ ކުރީކޮޅުވެސް ހާމަކުރައްވާފައިވެއެވެ. އެހެންނަމަވެސް އެކަމަނާ މިޔަންމާ ދޫކޮށް ވަޑައިނުގެންނެވީ، އދ އިން އެކަމަނާގެ ބަދަލުގައި ދެން ވަޑައިގަންނަވަން އުޅުއްވި ބޭފުޅާގެ ނަން މިޔަންމާ އިން ރިޖެކްޓް ކުރުމާ ގުޅިގެންނެވެ.

ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ މިޔަންމާއަށް ދެން ވަޑައިގަންނަވާ ރެޒިޑެންޓް ކޯޑިނޭޓަރުގެ ނަންފުޅު މިޔަންމާއިން އެޕްރޫވް ނުކުރަނީސް، ރެނަޓާ ލޮކް-ޑެސެލިއެން މިޔަންމާ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށެވެ. ރެނަޓާ ލޮކް-ޑެސެލިއެން ގެ އޮފީހުން ދެން ވަޑައިގަންނަވާނެ ރެޒިޑެންޓް ކޯޑިނޭޓަރު ނަން ހާމަކޮށްފައެެއް ނުވެއެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާއިން ފަށާފައިވާ އޮޕަރޭޝަނާ ބެހޭ ގޮތުން އދ. އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު