Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮންގޯގެ ރައީސް

ކަބީލާ އިސްތިއުފާ ދެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

ކަބީލާގެ ވެރިކަމުގެ ދެވަނަ ދައުރު 2016ގައި ވަނީ ނިމިފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 2 ޖެނުއަރީ 2018 | އަންގާރަ 05:28
ކަބީލާ ވެރިކަމަށް ވަޑައިގެންފައިވަނީ 2001 ވަނަ އަހަރު

ކަބީލާ ވެރިކަމަށް ވަޑައިގެންފައިވަނީ 2001 ވަނަ އަހަރު

ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް، ޖޯސެފް ކަބީލާ، 2016 ވަނަ އަހަރުގެ ފަހުކޮޅު ވެވަޑައިގެންނެވި އެއްބަސްވުމާއި އެއްގޮތަށް ސުލްހަވެރިކަމާއެކު މަގާމުން އިސްތިއުފާދެއްވުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފިއެވެ.

އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި އެންޓޯނިއޯ ގުޓަރެސް މިހެން ވިދާޅުވެފައިވަނީ ކަބީލާގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރި ހަތް މީހަކު ސަލާމަތީ ބާރުތަކުން މަރާލައި 120 މީހަކު ހައްޔަރު ކޮށްފައިވަނިކޮށެވެ.

ކަބީލާގެ ވެރިކަމުގެ ދެވަނަ ދައުރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިމިފައިވާއިރު، ވެރިރަށް ކިންޝާސާއާއި އެހެނިހެން ސިޓީތަކުގައި އާދީއްތަ ދުވަހު ކުރި މުޒާހަރާގައި ގޮވަމުން ދިޔައީ ކަބީލާ ވެރިކަމުން ފޭބުމަށެވެ.

މީގެ އަހަރެއްކުރިން ކަބީލާވަނީ އޭނާއަށްފަހު ވެރިކަން ކުރައްވާނެ ބޭފުޅަކު ހޮވުމަށްޓަކައި 2017 ވަނަ އަހަރު ނިމުމުގެ ކުރިން އިންތިޚާބެއް ބާއްވާނެ ކަމަށެވެ.

މިހާރު އެ ވޯޓް ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް ފަސްކޮށްފައެވެ.

މިއާއެކު ރައްޔިތުންދަނީ ގާނޫނުއަސާސީގައި ދައުރު ކަނޑައެޅިފައިވާ ގޮތާ ޚިލާފްވެ ވަޑައިގެން، އިތުރު ދައުރަކަށް ކުރިމަތި ނުލެއްވޭތީ ގާނޫނާ ޚިލާފަށް ވެރިކަމުގައި ހުންނެވުމަށް މަސައްކަތްކުރައްވާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޓަރެސް ނެރުއްވާފައިވާ ބަޔާނެއްގައިވަނީ ކޮންގޯގެ ސިޔާސީ ފަރާތްތަކުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ވީ ސިޔާސީ އެއްބަސްވުމަށް ފުރިހަމަޔަށް އިހުތިރާމް ކުރުމަށް ގޮވާލައްވާފައެވެ. އަދި އެއީ އިންތިޚާބެއް ބާއްވައި ސުލްހަވެރިކަމާއެކު ބާރުތައް ބަދަލުވެ ހަމަޖެހުން ގާއިމްވެގެންދާން އޮތް ހަމައެކަނި މަގުކަމަށް ގުޓަރެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ގުޓަރެސްވަނީ ކޮންގޯގެ ރައްޔިތުންނަށް ޚިޔާލު ފާޅު ކުރުމުގެ ހައްގާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ.

ޓެލެކޮމިއުނިކޭޝަން މިނިސްޓްރީއިންވަނީ މުޒާހަރާގެ ކުރިން އެސްއެމްއެސްގެ ޚިދުމަތާއިއިންޓަރނެޓްގެ ޚިދުމަތްކަނޑާލަފައެވެ.

ކޮންގޯގެ ވެރިކަމުގައި 2001 ވަނަ އަހަރުން ފެށިގެން ހުންނެވި ކަބީލާވަނީ،ވޯޓަރސް ރެޖިސްޓްރޭޝަންގެ ކަންކަން ލަސްވުމާއި ގުޅިގެންކަމަށް ވިދާޅުވެ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ވެރިކަމުގައި ހުންނަވާނެކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ގެންދަނީ ކަބީލާ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި
20 މާރިޗު 2017

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
27 ފެބުރުއަރީ 2017

ނޭވީ ސެކްރެޓަރީ ކަމަށް ރައީސް ޓްރަމްޕް ނަން ހުށަހެޅުއްވި ފިލިޕް ބައިލްޑެމް މަގާމު ގަބޫލު ނުކުރައްވައި ނަން ގެންދަވައިފި

27 ފެބުރުއަރީ 2017
ނޭވީ ސެކްރެޓަރީ ކަމަށް ރައީސް ޓްރަމްޕް ނަން ހުށަހެޅުއްވި ފިލިޕް ބައިލްޑެމް މަގާމު ގަބޫލު ނުކުރައްވައި ނަން ގެންދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު