Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އެމެރިކާ

ފަލަސްތީނަށް ދޭ އެހީ ހުއްޓާލަން ޖެހިދާނެ: ރައީސް ޓްރަމްޕް

ފަލަސްތީނުން ސުލްހައިގެ މަޝްވަރާތައް ބޭނުން ނުވާ ކަން އެނގިގެން ދާކަމަށް ވެސް ޓްރަމްޕް ވިދާޅުވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 ޖެނުއަރީ 2018 | ބުދަ 14:07
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

ފަލަސްތީނަށް ދޭ އެހީ ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ރައީސް ޓްރަމްޕް ޓްވިޓާ މެދުވެރިކުރައްވައި ވިދާޅުވީ އެމެރިކާ އިން ފަލަސްތީނަށް ދޭ އެހީގެ ބަދަލުގައި "ހެޔޮބަހެއް ނުބުނާތާ އެއްވެސް ގޮތަކުން އިހުތިރާމު ވެސް ނުކުރާ ކަމަށެވެ."

ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމާ ގުޅިގެން ފަލަސްތީނުން ސުލްހައިގެ މަޝްވަރާތައް ބޭނުން ނުވާ ކަން އެނގިގެން ދާކަމަށެވެ. އެމެރިކާ އިން ގުދުސްގެ މައްސަލައިގައި ނިންމި ނިންމުމާ ގުޅޭ ގޮތުން ފަލަސްތީނުން ބުނެފައި ވަނީ އެމެރިކާ އަށް ފަލަސްތީނާއި އިޒްރޭލުގެ މައްސަލައިގައި މެދުވެރިއެއްގެ ރޯލް އަދާ ނުކުރެވޭނެ ކަން ހާމަވާ ކަމަށެވެ.

އެމެރިކާގެ ނިންމުމާ ގުޅިގެން ފަލަސްތީނުގެ ރައީސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވެފައި ވަނީ މެދުއިރުމައްޗަށް ސުލްހަ ގެނައުމަށްޓަކައި އެމެރިކާ އިން ހުށަހަޅާ އެއްވެސް ސުލްހައިގެ އެއްބަސްވުމަކަށް ފަލަސްތީނުން އާނބަސް ނުބުނާނެ ކަމަށެވެ.

އިޒްރޭލުން 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ހިފި ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމަށް ބުނަމުންދާއިރު އެމެރިކާ އިން މިދިޔަ ޑިސެމްބަރު މަހު ގުދުސްއާ މެދު ނިންމި ނިންމުމާ ގުޅިގެން އދ. ގެ 128 ގައުމަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާ އިން ކަނޑައަޅާނެ ކަމަށް ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި ވައުދުވެވަޑައިގެންފައެވެ.

ރައީސް ޓްރަމްޕް ފަލަސްތީނަށް ދޭ އެހީ ހުއްޓާލަން ޖެހިދާނެ ކަމަށް ވިދާޅުވިއިރު، އެ ވާހަކަފުޅުގެ ފަހުން، އެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ މަންދޫބު ނިކީ ހޭލީ ވިދާޅުވީ ފަލަސްތީނަށް އެހީވާ އދ. ގެ ރިލީފް އެޖެންސީ އަށް އެމެރިކާ އިން ދޭ އެހީ ވެސް ހުއްޓާލާނެ ކަމަށެވެ. އެމެރިކާއަކީ އެ އެޖެންސީ އަށް އެންމެ ބޮޑު އެހީދޭ ގައުމެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު