Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤުދުސްގެ މައްސަލަ

އެމެރިކާގެ ނިންމުމާއި ގުޅިގެން ހިޒްބުﷲގެ ފޯކަސް ފަލަސްތީނަށް

މިއީ އިސްރާއީލުގެ ނިމުމުގެ ފެށުން: ހަސަން ނަސްރުﷲ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2017 | އަންގާރަ 05:31
ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވާއިރު، ލުބްނާނުގެ ރައްޔިތުން ޓީވީ ބަލަނީ

ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވާއިރު، ލުބްނާނުގެ ރައްޔިތުން ޓީވީ ބަލަނީ

އިސްރާއީލުގެ ވެރިރަށަކީ ޤުދުސް ކަމަށް އެމެރިކާއިން ބަލައިގަތުމާއި ގުޅިގެން ލުބްނާނުގެ ހިޒްބުﷲ ޖަމާޢަތުން ފަލަސްތީނަށް ފޯކަސް ކުރުމަށް ނިންމާފައިވާ ކަމަށް އެޖަމާޢަތުގެ ވެރިޔާ ހަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ހަސަން ނަސްރުﷲ ވިދާޅުވީ ހިޒްބުﷲ އާއި އެޖަމާޢަތާއި ގުޅިފައިވާ ޖަމާޢަތްތަކުން އިސްރާއީލާއި ކުރިމަތިލާނެ ގޮތްތަކެއް ރާވަން ޖެހިފައިވާ ކަމަށެވެ. އަދި އެމެރިކާގެ 'މޮޔަ' ނިންމުމަކީ އިސްރާއީލުގެ ނެތިދިޔުމުގެ ފެށުން ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ނިންމުމާއި ގުޅިގެން ލުބްނާނުގައި އެމެރިކާއާއި ދެކޮޅަށް މުޒާހަރާއަށް ނިކުތުމަށް ހިޒްބުﷲ އިން ގޮވާލާފައިވަނީ މިމަހުގެ 6ވަނަ ދުވަހުއެވެ. އެއާއިއެކު ވެރިރަށް ބެއިރޫތާއި ލުބްނާނުގެ އެކި ކަންކޮޅުތަކުގައި އެމެރިކާއާއި ދެކޮޅަށް މުޒާހަރާތައް ފެށިގެން ދިޔައެވެ. ހޯމަ ދުވަހު ވެސް ބޮޑެތި މުޒާހަރާތައް ކުރިއަށް ދިޔައިރު، އާދިއްތަ ދުވަހު ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރި މީހުންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ކުރިމަތިލުންތައް ހިނގާފައިވެއެވެ.

މުހައްލިލުން ބުނާ ގޮތުގައި ޤުދުސްއަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުމަކީ ހިޒްބުﷲ ޖަމާޢަތަށް ދިން 'ހަދިޔާއެކެވެ'. ސަބަބަކީ ހިޒްބުﷲ ޖަމާޢަތުން މިހާތަނަށް އައި އިރުވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް، ފަހަކަށް އައިސް އެޖަމާޢާތުން ބޮޑަށް ފޯކަސްކޮށްފައިވަނީ ސޫރިޔާ ހަނގުރާމައަށް ކަމަށްވުމެވެ. އަދި މިހާރު އަނެއްކާވެސް ފަލަސްތީނުގެ މައްސަލައަށް ވަނުމުގެ ފުރުސަތު އެޖަމާޢަތަށް ލިބުނީއެވެ.

ހިޒްބުﷲއަކީ އީރާނުން މަދަދުދޭ، ލުބްނާނުގެ ޝީޢީ ޖަމާޢަތެކެވެ. އިސްރާއީލުން އަދުއްވުންގެ ގޮތުގައި ދެކޭ މިޖަމާޢަތާއި އިސްރާއީލާއި ދެމެދު 2006ވަނަ އަހަރު ހަނގުރާމަ ހިނގާފައިވެއެވެ. އެހަމަލާތަކުގައި 1200އެއްހާ އާއްމުން ލުބްނާނުން މަރުވި އިރު، ހިޒްބުﷲއިން ވަނީ އިސްރާއީލު ސިފައިންގެ 120 މީހުން މަރާލާފައެވެ.

ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާއާއި އިސްރާއީލާއި ދެކޮޅަށް ދަނީ މުޒާހަރާކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު