Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އދގެ އެހީގެ ޕްރޮގްރާމް

އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ

އެންމެ ބޮޑު އެހީއެއް ބޭނުންވެފައިވަނީ ޔަމަނާއި ސީރިޔާއަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2017 | ހޮނިހިރު 04:24
ޔަމަނުގައި 500،000އެއްހާ މީހުނަން ކޮލެރާ ޖެހިގެން ވެސް ފަރުވާ ހޯދަން ޖެހިފައިވޭ

ޔަމަނުގައި 500،000އެއްހާ މީހުނަން ކޮލެރާ ޖެހިގެން ވެސް ފަރުވާ ހޯދަން ޖެހިފައިވޭ

އދގެ އިންސާނީ އެހީގެ ޕްރޮގްރާމަށް 2018 ވަނަ އަހަރަށް ރެކޯޑް މިންވަރެއްގެ ފައިސާ ހޯދުމަށް އދން އެދިއްޖެއެވެ.

އެ ޖަމާއަތުންވަނީ 22.5 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ހާމަކޮށްފައެވެ.

އދން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާއަތުގެ އަމާޒަކީ އިންސާނީ އެހީއަށް ބޭނުންވެފައިވާ 136 މިލިއަން މީހުންގެ ތެރެއިން އެންމެ ނާޒުކު ހާލަތުގައިވާ 91 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދެވޭނެ ފައިސާ ހޯދުން ކަމަށެވެ.

އެ ޖަމާއަތުން ބުނިގޮތުގައި ހަމައެކަނި ޔަމަނާއި ސީރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދިނުމަށް އެކަނިވެސް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ބޭނުންވެއެވެ.

އޭގެ އިތުރުން އެހީއަށް ބޭނުންވާ ގައުމުތައް އެފްރިކާގައިވެސް އަންނަނީ އިތުރުވަމުންނެވެ.

އދގެ ކޯޑިނޭޓަރ މާކް ލޯކޮކް ވިދާޅުވީ ހަމަނުޖެހުންތަކުގެ ސަބަބުން އެފްރިކާ އާއި މެދުއިރުމަތީގައި އިންސާނީއެހީއަށް ބޭނުންވާ މީހުންގެ އަދަދު 5 އިންސައްތަ އިތުރުވެފައިވާކަމަށެވެ.

ފަންޑުގެ ތިންބައިކުޅަ އެއްބައި ހޭދަކުރަން ޖެހެނީ ސީރިޔާއަށްކަމަށްވާއިރު ދާޚިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އެ ގައުމުގެ ތެރޭގައި އިންސާނީ އެހީއަށް ބޭނުވެފައިވާ ފަރާތްތަކަށް 3.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށްވަނީ ނިންމާފައެވެ. އަދި އެ ގައުމުގެ އަވަށްޓެރި ގައުމުތަކުގައި ދިރިއުޅޭ ސީރިޔާގެ 5.4 މިލިއަން ރެފިއުޖީންނަށް އެހީވުމަށް 4.2 ބިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ.

ދުނިޔެއަށް މިހާތަނަށް ކުރިމަތިވާ އެންމެ ބޮޑު އިންސާނީ މުސީބާތް ކުރިމަތިވަމުން އަންނަ ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތަތަކުގެ ތެރެއިން އެންމެ ބޮޑަށް އެހީއަށް ބޭނުންވެފައިވާ ފަރާތްތަކުގެ އެހީއަށްއެކަނިވެސް 2.5 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އދން ވަނީ ބުނެފައެވެ.

އދން ބުނީ އެ ޖަމާއަތުގެ އަމާޒަކީ ޔަމަނުގައި އިންސާނީ އެހީއަށް ބޭނުންވެފައިވާ 20 މިލިއަން މީހުންގެ ތެރެއިން އެންމެ ބޮޑަށް އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުންކަމަށެވެ. އެ ހާލަތުގައި ތިބި އެގާރަ މިލިއަނެއްހާ ކުޑަކުދިންގެ ތެރެއިން ތެރެއިން 400،000 އެއްހާ ކުދިންދަނީ ކާޑުބަލި ތަހައްމަލު ކުރަމުންނެވެ.

ކޮންގޯ،އިތިއޯޕިއާ،ނައިޖީރިއާ،ސޯމާލިއާ،ދެކުނު ސޫދާނުގައި އެންމެ ހާލުގައި ތިބި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އެއިން ކޮންމެ ގައުމަކަށް އެއް ބިލިއަން ޑޮލަރު ބޭނުންވެއެވެ.

އދން ބުނީ އަފްޣާނިސްތާނާއި،އިތިއޯޕިއާ،އިރާގު،މާލީ،އަދި ޔޫކްރެއިން ފަދަ ބައެއް ގައުމުތަކަށް އިންސާނީ އެހީ ބޭނުންވާ މިންވަރު ދަށްވެފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރުތަކަކަށް ފަހު އދގެ އިސް އޮފިޝަލަކު އުތުރު ކޮރެއާއަށް

އަހަރުތަކަކަށް ފަހު އދގެ އިސް އޮފިޝަލަކު އުތުރު ކޮރެއާއަށް

06 ޑިސެމްބަރު 2017
މިޔަންމާގައި ހުންނަވާ އދގެ އެންމެ އިސް އޮފިޝަލް އެގައުމު ދޫކުރައްވާ ވަޑައިގަންނަވަނީ

މިޔަންމާގައި ހުންނަވާ އދގެ އެންމެ އިސް އޮފިޝަލް އެގައުމު ދޫކުރައްވާ ވަޑައިގަންނަވަނީ

13 އޮކްޓޯބަރު 2017
އުތުރު ކޮރެއާގެ އެންމެ ފަހުގެ ނިއުކްލިއާ ޓެސްޓާއި ގުޅިގެން ގިނަ އަދަދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވޭ

އުތުރު ކޮރެއާގެ އެންމެ ފަހުގެ ނިއުކްލިއާ ޓެސްޓާއި ގުޅިގެން ގިނަ އަދަދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވޭ

06 ސެޕްޓެމްބަރު 2017
ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި

ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި

03 ސެޕްޓެމްބަރު 2017
ގަލްފްގެ މައްސަލައިގައި ކުވެއިތުގެ މަސައްކަތަށް އދގެ ސެކްރެޓަރީޖެނެރަލް ތައުރީފް ކުރައްވައިފި

ގަލްފްގެ މައްސަލައިގައި ކުވެއިތުގެ މަސައްކަތަށް އދގެ ސެކްރެޓަރީޖެނެރަލް ތައުރީފް ކުރައްވައިފި

28 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު