Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑާޓް

ދުނިޔޭގެ ޑާޓް ޗެމްޕިއަންކަން އަލަށް ވާދަކުރި ރޮބް ކްރޮސް ހޯދައިފި

ކްރޮސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހަތް ސެޓު ދެ ސެޓުން ޓެއިލާގެ މައްޗަށް ކުރި ހޯދައިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2018 | އަންގާރަ 14:00
މުބާރާތުގެ ތައްޓާ އެކު ރޮބް ކްރޮސް: ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ބަލިކޮށްފައި

މުބާރާތުގެ ތައްޓާ އެކު ރޮބް ކްރޮސް: ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ބަލިކޮށްފައި

ޕީޑީސީ ވޯލްޑް ޑާޓް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އެ މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރި ރޮބް ކްރޮސް ހޯދައިފިއެވެ.

އުމުރުން 27 އަހަރުގެ ކްރޮސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ އެންމެ ކާމިޔާބު ޑާޓް ކުޅުންތެރިޔާ ކަމަށްވާ ފިލް ޓެއިލާ ފައިނަލުގައި ބަލިކޮށްގެންނެވެ. ކްރޮސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހަތް ސެޓް ދެ ސެޓުން ޓެލާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އޭނާ މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު އޭނާ ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގައި ޑާޓް ކުޅެން ފެށީ 2017 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

މިއީ ޓެއިލާ ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފަހު މުބާރާތަށްވާއިރު ކްރޮސް ވަނީ މުބާރާތުގެ ތަށި އުފުލާލުމުގެ ފުރުސަތު ޓެއިލާއަށް ދީފައެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ޑާޓް ކުޅުންތެރިޔާ ކަމަށްވާ ޓެއިލާއަކީ މި މުބާރާތް 16 ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔެކެވެ.

މުބާރާތް ކާމިޔާބު ކުރުމަށް ފަހު ވާހަކަ ދައްކަމުން ކްރޮސް ބުނެފައި ވަނީ 1990 ވަނަ އަހަރު ޓެއިލާ އޭނާގެ އެންމެ ފުރަތަމަ މުބާރާތް ކާމިޔާބުކުރިއިރު އޭނާ ހުރީ ކުޑަކުއްޖެއްގެ ގޮތުގައި ކަމަށާއި އޭނާ ބަލިކޮށް ތަށި އުފުލާލެވުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަށް ވުން ކަމަށެވެ. އަދި 2017 ވަނަ އަހަރަކީ އޭނާގެ އަހަރު ނޫން ކަމަށާއި އެ އަހަރު ހާއްސަ ކުރެވޭނީ ޓެއިލާ ރިޓަޔާކުރަން ނިންމާފައިވާތީ އޭނާއަށް ކަމަށް ކްރޮސް ބުނެފައިވެއެވެ.

ކެރިއަރުގެ އެންމެ ފަހު މެޗުން ބަލިވި ނަމަވެސް ޓެއިލާ ބުނެފައި ވަނީ މީގެ 25 އަހަރު ކުރިން ފެށި މަސައްކަތުގައި އޭނާއަށް ވާސިލުވާން ޖެހޭ ހުރިހާ މަގާމަކަށް ވާސިލްވެވިފައިވާ ކަމަށާއި މިއީ އޭނާ ކުޅުން ހުއްޓާލަން ޖެހޭ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލްކުރާ ކަމަށެވެ. ހަމައެހެންމެ ކްރޮސްއަކީ ޑާޓުގެ މުސްތަގުބަލު ކަމަށާއި ހިތްވަރާއެކު މަސައްކަތް ކޮށްފި ނަމަ އޭނާއަށް ޓެއިލާގެ މަގާމާ އަރާ ހަމަކުރެވޭނެ ކަމަށް ވެސް ޓެއިލާ ހާމަކުރިއެވެ.

ޓެއިލާ އެންމެ ފުރަތަމަ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 1990 ވަނަ އަހަރުއެވެ. އެނާއަކީ 1992 ވަނަ އަހަރު އުފެއްދި ވޯލްޑް ޑާޓްސް ކައުންސިލް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުޅުންތެރިޔެކެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ ބައިވެރިވި މުބާރާތްތަކުގެ އަދަދު މަދުކޮށް ރިޓަޔާ ކުރާނެކަން އިއުލާނުކޮށްފައެވެ.

އޭނާއަކީ ދުނިޔޭގެ އެންމެ ކާމިޔާބު ޑާޓް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާއެވެ. އޭނާ 16 ފަހަރެއްގެ މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ވަނީ ހަ ފަހަރެއްގެ މަތިން ޑާޓް ގްރޭން ސްލޭމް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު