Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލާމަރުކަޒީ ނިޒާމު

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބުނު ކަމަށް ސަރުކާރުން ގަބޫލެއް ނުކުރޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 12 މެއި 2017 | ހުކުރު 18:08
ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުލަނީ

ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުލަނީ

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިން ލަފާކުރި ވަރަށް ވުރެ ވެސް ބޮޑު ކާމިޔާބީއެއް އިދިކޮޅު ފަރާތްތަކަށް ވަނީ ލިބިގެން ގޮސްފައެވެ. ކައުންސިލްގެ ގިނަ ގޮނޑިތަކެއް ލިބުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެކަން ފާހަގަކުރަނީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ހާއްސަށްކޮށް މިއީ ސަރުކާރާ މެދު އެތައް ތުހުމަތުތަކެއް ކުރެވެމުން ދަނިކޮށް ރައްޔިތުންނަށް ބަސްބުނަން ލިބުނު ފުރަތަމަ ފަހަރު ކަމަށްފައި ވެފައި މި އިންތިޚާބުގައި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނި ފަރާތްތައް ނިސްބަތުން ގިނަވުމަކީ ވެސް އިދިކޮޅު ފަރާތްތަކަށް ލިބުނު އުންމީދެކެވެ. ނަމަވެސް ސުވާލަކީ ހަގީގަތުގައި ވެސް މިއީ އިދިކޮޅު ފަރާތްތަކުން އުފާކުރަންޖެހޭ ވަރުގެ ކާމިޔާބީއެއް ހެއްޔެވެ؟ ނުވަތަ މި ކާމިޔާބީގެ ސަބަބުން އެއްވެސް ބަދަލެއް އަތުވެދާނެތޯއެވެ؟

އިދިކޮޅު ފަރާތްތަކަށް ލިބުނު މި ކާމިޔާބީ ސަރުކާރަށް ވެސް ގަބޫލުކުރަން ވަނީ ދަތިވެފައެވެ. ސަރުކާރުން ކުއްލިއަކަށް ބާއްވަން ފެށި ހަރުގެ ޖަލްސާތަކާއި އެ ޖަލްސާތަކުގައި މެންބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކުން ވެސް އެކަން އެނގިގެން ދެއެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ސީދާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ތުންތުންމަތިން އިވޭ ގޮތުގައި އިންތިހާބުގެ ނަތީޖާއާ މެދު ސަރުކާރުން ވެސް ވަރަށް ބޮޑަށް ވަނީ ހިތް ހަމަނުޖެހިފައެވެ. ހާއްސަކޮށް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގައި ނުފޫޒު އޮތް ބޭފުޅުންގެ ދާއިރާތަކުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުމަކީ އޭގެ ސަބަބެކެވެ. އެ ގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ވިލިމާލެ ދާއިރާއިންނާއި ފުވައްމުލަކުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ދާއިރާ އިން ލިބުނު ނާކާމިޔާބީއަކީ ސަރުކާރަށް ހަމަޖަމްކުރަން ފަސޭހަ ނަތީޖާތަކެއް ނޫނެވެ.

އެ ދާއިރާތައް ގެއްލިގެން ދިޔުމުގައި އެ ބޭފުޅުންނަށް ގޯސްތަކެއް ހެދިފައި ހުރުން އެކަށީގެންވާ ކަމަށް ނިހާން ވިދާޅުވެފައި ވެއެވެ. ނިހާނު ވިދާޅުވެފައި ވަނީ ގޯސްތަކެއް ހެދިފައިވާ ނަމަ އެކަންކަން ރަނގަޅުކުރަން މަސައްކަތްކުރައްވާނެ ކަމަށާއި 2018 ވަނަ އަހަރުގެ އިންތިޚާބު ރައީސް އަށް ކާމިޔާބުކޮށްދެއްވާނެ ކަމަށެވެ.

ހަގީގަތަކީ އެ ދާއިރާތައް ގެއްލިގެން ދިޔައީ ހަމައެކަނި އެ ބޭފުޅުންނަށް ހެދުނު ގޯސްތަކަކުން ނޫން ކަމަށެވެ. ރައްޔިތުންގެ އިތުބާރު ގެއްލިފައި ވަނީ މުޅި ނިޒާމަށެވެ. ރައްޔިތުން ނޫނެކޭ ބުނީ ގަޑުބަޑުވެފައިވާ ރައްޔިތުންގެ މަޖިލީހަށެވެ. ރުޅި ބޭލީ ކަރަންޓާއި ތެލާއި ކާޑުގެ ބާވްތަކުގެ އަގު ބޮޑުވެފައިވުމުންނެވެ. އެކި ނަންނަމުގައި ނަގާ ޓެކްސް ފައިސާ އިންތިހާ އަށް އިތުރުވަމުން ދިޔުމުންނެވެ. ބިޔަ މަޝްރޫއުތައް ހިންގުމުގައި ކޮރަޕްޝަން އިންތިހާ އަށް އޮތްކަން އެނގި ފާޅުވެފައިވާތީއެވެ. އެހެން ކަމުން ބަދަލުކުރަންޖެހެނީ ހަމައެކަނި އެ މެންބަރުންގެ އަމަލުތަކެއް ނޫނެވެ. ސަރުކާރުގެ މުޅި ސިޔާސަތު ވެސް ބަދަލުކުރަންޖެހެއެވެ.

އަނެއްކޮޅުން އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު ވެސް އިންތިހާ އަށް މަދެވެ. ސަބަބު ވަރަށް ސާފެވެ. ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ފަދަ ވަކި ޖަޒީރާ ގައުމަކަށް ވަރަށް ކަމުދާ ނިޒާމެއްގެ ގޮތުގައި ބެލެވުނަސް އެ ނިޒާމު ކޮށާމަށާ މުޅި ނިޒާމު ހަލާކުކޮށްލުމުން އެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ވަނީ ކުޑަވެފައެވެ. އޭގެ އިތުރު އެއީ ބާރެއް އޮތް ނިޒާމެއް ކަމަކަށް ރައްޔިތުންނަށް މިހާރު ގަބޫލެއް ނުކުރެވެއެވެ. ލާމަރުކަޒީ ނިޒާމު ފުރަތަމަ ވުޖޫދަށް އައީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކަކާ އެކުގައެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުންނާއި އަދި އޭގެ ފަހުން މި ސަރުކާރުން ވެސް ނިޒާމު ވަރަށް ބޮޑަށް ގަޑުބަޑުކުރުމުގެ ނަތީޖާއަކަށްވީ މިހާރު އެއީ ހަމައެކަނި ނަމެއް އޮންނަ ތަންތަނަށް ވުމެވެ.

މި ސރުކާރުން ވަނީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަހަލަ ގޮތަކަށް ކަނޑުވާލާފައެވެ. އެހެންކަމުން ކުރިން ކަތީބުންގެ ނިޒާމު އޮތް ގޮތަށް ކޮންމެ ކަމެއްގައި ވެސް މިހާރު ޖެހެނީ މާލޭ ސަރުކާރު ނުވަތަ މިނިސްޓްރީތަކުން ހުއްދަ ހޯދައި އާދޭސް ދަންނަވަންށެވެ. މާލެ ފަދަ ބޮޑު ސިޓީ ކައުންސިލެއްގައި ކައުންސިލަރުން އިށީންނާނެ ގޮނޑިއެއް ނުދީ ވެސް އެތައް ދުވަހަކު ގެންގުޅެފައި ވެއެވެ. އަދި ކުރާނެ އެއްވެސް މަސައްކަތެއް ނެތި 13 ކައުންސިލަރުން ތިބެން ޖެހިފައިވާ އިރު މުސާރަތައް ވަނީ ކުޑަކޮށްފައެވެ. ސަރުކާރުގެ ވިސްނުމަކީ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ނުވަތަ މޭޔަރާއި ޑެޕިއުޓީ މޭޔަރު ފިޔަވައި އެހެން ފަރާތްތަކަކީ ޕާޓް ޓައިމް ނުވަތަ ބާއްވާ ޖަލްސާތަކަށް މުސާރަ ލިބޭ ފަދަ ގޮތަކަށް ބަދަލުކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މިފަދަ އެތައް ސަބަބުތަކަކާ ހުރެ މި ކާމިޔާބީން ލިބޭނެ މާ ބޮޑު ހިތްހަމަޖެހުމެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަނެއްކޮޅުން ސަރުކާރުން މިހާރު ވެސް ވަނީ އިންޒާރު ދީފައެވެ. އެގޮތުން ކައުންސިލްތަކާ މެދު ފިޔަވަޅު އަޅައިގެން ވިޔަސް ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެކަމަށްޓަކައި މަގުފަހިކުރުމަށް ސަރުކާރުން ވަނީ ކައުންސިލް އިންތިހާބުގެ ކުރިން އަވަސް އަރުވާލައިގެން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ބަދަލު ގެނެސްފައެވެ. އެ ގޮތުން މިހާރު އެލްޖީއޭ ބައްޓަންކޮށްފައި ވަނީ ސީދާ ރައީސް ބޭނުންފުޅުވާ ބަޔަކު ތިބޭ ގޮތަށެވެ. އެހެން ކަމުން ކައުންސިލްތަކަށް ފިޔަވަޅު އެޅުމަށް ވެސް މިހާރު ހުރަހެއް ނެތެވެ.

ސަރުކާރުގެ މި އިންޒާރުތަކުން އެނގިގެން ދަނީ ކައުންސިލްތަކުގައި އިދިކޮޅު މެންބަރުން ތިއްބަސް އެ ކައުންސިލްތަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމެވެ. އަދި ނުކިއްސަރު ގޮތަކަށް ކަމެއް ކުރަން މަސައްކަތްކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމެވެ. އަދި ކުރިއަށް ވުރެ ވެސް ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ނިގުޅައިގަންނާނެ ކަމެވެ. އެ ގޮތުން އިދިކޮޅު ފަރާތްތަކުގެ ބާރު އޮތް ކައުންސިލްތަކުގެ މައްޗަށް ކޯޑިނޭޓަރުން ނުވަތަ އެ ނޫން ވެސް ބަޔަކު އައްޔަންކޮށްގެން ހިންގާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެފަދަ ވާހަކަތަކެއް ޔޯލަކޮށް މިހާރު ވެސް ދެކެވެމުން އެބަ ދެއެވެ.

މި ސަބަބުތްކަށްޓަކައި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ކިތަންމެ ބޮޑު ކާމިޔާބެއް ލިބުނަސް އެއީ އުފަލެއް އޮތް ކަމެއް ނޫނެވެ. މީގެ ކުރިން ވެސް ފެނިގެން ދިޔަ ގޮތަށް އެ ބާރުތައް ސަރުކާރުން ނިގުޅައިގަންނާނެއެވެ. އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ ރައްޔިތުންނަށް ބަސްބުނަން ލިބުނު ފުރުސަތުގައި ގިނަ ބަޔަކު ސަރުކާރަށް ނޫނެކޭ ބުނުމެވެ. ނަމަވެސް ސަރުކާރުން އެކަން ވެސް މާނަކުރަނީ އެހެން ގޮތަކަށެވެ. ސަރުކާރުގެ ސިޔާސާތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާކަން ގަބޫލުކުރާކަށް ސަރުކާރަކުން ބޭނުމެއް ނުވެއެވެ. އޭގެ ބަދަލު ސަރުކާރުން ބުނަމުންދަނީ އިންތިޚާބުގައި ވޯޓުލީ މަދު ބައެއް ކަމަށާއި އަދި ކައުންސިލް އިންތިހާބަކީ އާއިލާ ގުޅުންތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފިތިފައިވާ އިންތިހާބަކަށް ވުމުން މިއީ ސަރުކާރަށް ލިބުނު ނާކާމިޔާބީއެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު