Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބިން ވިއްކުން

ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

ޖީއެމްއާރު ބޭރުކުރަން ނިކުތް މީހުން މިއަދު ހިލަމެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2017 | އާދީއްތަ 04:37
ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް އޭރު ނިކުތް އިދިކޮޅު މީހުން

ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް އޭރު ނިކުތް އިދިކޮޅު މީހުން

އަހަރެން އަހަރެންގެ މިއުދާސްތައް މި ބޭރުކޮށްލަނީ ހަމަ ކެތްކޮށް ނުލެވިގެންނެވެ. މިވީހާ ދުވަހަށްވެސް އޮބިއޮވޭތޯ ލައްކަ މަސައްކަތް ކޮށްފީމެވެ. ތިޔަ މީހުން އިހު ކަންކުރި ގޮތަށް މިފަހަރުވެސް ކަމެއް ކޮށްލަން ނިކުމޭތޯ ކިތައްމެ ވަރަކަށްވެސް އިންތިޒާރު ކޮށްފީއެވެ. އޭރު އަހަރެމެންނަށް ވިސްނައިދިންހެން މިއަދުވެސް އެފަދަ މަސައްކަތެއްގައި އިސްވެ ނުކުމެދާނެ ކަމަށް ހީކުރެވުނީތީއެވެ. ތިޔަ މީހުން އޭރު އަހަރެމެން ގާތު ބުނި ވާހަކަތައް ހިތަށް އަރާފައި ހަމަ ދެންވެސް ހަމަ އެވާހަކަތައް ދައްކަފާނެ ކަމަށް ބެލެވުނީއެވެ.

މީހުން ބުނާތީވެސް އަދި ބައެއް ފަތްފުށްތަކަށްވެސް ބަލާލާއިރު އެނގުނު އެއްޗަކީ މަލަބާރީންނާއި ޕިޗޯރިން އަދި ޕޯޗުގީޒުންނަކީވެސް މުސްލިމުން ކަމެވެ. ނަމަވެސް އެ މީހުން މި ގައުމުން ފައްސާލީ، ދިވެހިންގެ ދިވެހިވަންތަކަން ގެއްލި ސިލްމާއި ސަލާމު ގެއްލިދާނެތީއެވެ. ސިޔާދަތު އޮޔާލާ ބޭރު ސަޤާފާތްތައްވެސް އަށަގެންފާނެތީއެވެ. ޚާއްޞަކޮށް އަހަރެމެންގެ ފަސްގަނޑަށް އެމީހުން ވެރިވެ ތިބެން ނޭދޭތީއެވެ.

މިއީކީ އޭރު ދުނިޔެއަށް އަންނަން ހިތަށްވެސް ނާންނަ އަހަރެންގެ ވާހަކައެއް ނޫނެވެ. ހަމަ ދާދި އިހަކަށް ދުވަހު ތިޔަ މީހުން އަހަރެމެންގެ ގާތު ބުނި ވާހަކަތަކެވެ. މަވެސް ހިމެނޭގޮތަށް ތިޔަމީހުން ވިސްނައިދިން ވާހަކަތަކެވެ.

ވޯރާ ވިޔަފާރިވެރިންނަކީ މުޅި ދިވެހި އިޤްތިސާދަށް ބޮޑު އިންގިލާބީ ކުރިއެރުންތަކެއް ގެނައިބައެކެވެ. އެމީހުންގެ ފުށުން ލައްކަ ފައިދާތަކެއް ވިއެވެ. ދިވެހިންގެ ދިރިއުޅުން އެތައް ތަނަކުން ތަރައްޤީވެ ކުރިއެރިއެވެ. އެކަމަކު އެމީހުންނެއް ކަމަކު މިފަސްގަނޑަށް ގަދަވެ ގަންނަން އުޅެންޏާ ނުތިބެވޭނެޔޭ ބުނީ އަހަރެމެންގެ ދޮށީ މީހުންނެވެ.އެމީހުންގެ އަސްލު މަޤްސަދަކީ އެއީ ނަރެއްހާ ތަން ދިނަސް ކެނބެއްހާތަން ދަމައިގަންނާނެކަން ބުނީ ހަމަ ތިޔަބައި މީހުންނެވެ. އެވާހަކަތައް ގެނެސްދިނީވެސް ހަމަ ތިޔަ މީހުންނެވެ. އެވާހަކަތައްވެސް ބަންގިއެއްހާ ބާރަށް ކަންފަތް ދޮށުގައި ގޮވީ ހަމަ ތިޔަ މީހުންނެވެ. މިފަހަރުވެސް ކާބަފައިން އެކަން ކުރީ ޤައުމަށްޓަކައި ކަމަށް ބުނެއެވެ. ބޭރު ބަޔަކަށް މިޤައުމުން އެންމެ ވެލި ފުކެއްވެސް ނުދޭން ހިތްވަރު ކުރާން ޖެހޭނެ ކަމަށް ވިސްނައިދެމުންނެވެ.

އައްޑޫ ސިޓީއަށް މިއަދުވެސް ބަލައިލައިފިއްޔާ އެފެންނަ ތަރައްޤީގެ އަސްލު ހިއްސާދާރަކީ އެތަނުގައި ތިބި އިނގިރޭސީންނެވެ. އެމީހުން ލައްކަ ކަންކަން އައްޑޫގައި ކުރިއެވެ. އެތައް ބަޔަކަށް ވަޒީފާތައް ދިނެވެ. ބޮޑެތި އިމާރާތްތައް އެޅިއެވެ. ތަފާތު މަޝްރޫއުތައް ފެށިއެވެ.އިނގިރޭސި ބަސް ދަސްކޮށްދީ ޒަމާނީ ތައުލީމަށް ލޯހުޅުވާލިއެވެ. މިއަދުވެސް އެ ރަންވޭއަކަށް އަހަރެމެންގޮސް މި ބޯޓު ޖައްސާ ރަންވޭއަށް އެކަނި ބަލާލިއަސް މަމިދައްކަނީ ތޯތޯ ވާހަކަ ނޫންކަން ބުނެދޭކަށް ނުޖެހޭނެއެވެ. އެކަމަކު އެވެރިންވެސް އެތަނުން ބޭލީކީ ކޮންމެހެން ދޮންމީހުންނާ އައްޑޫގެ ރީތި އަންހެން ކުދިން އިނދެފާނެތީއެއް ނޫނެވެ. އެވެރިން މިޤައުމަށް ވެރިވެދާނެތީއެވެ. އެމީހުންގެ ބާރު ގަދަކޮށް ދެކުނުގައި އާ ސަރުކާރެއް އުފައްދަފާނެތީއެވެ. އަރުވާޖަހާފައި ނިކުމެ ފަޅުއޮޑިފަހަރުގައި އަންހެންވެރިންގޮސް ދޭވް ބޭލީ ހަމަ ޤައުމަށްޓަކައެވެ. މިޤައުމުން އެންމެ އިންޗިއެއްވެސް ބޭރުބަޔަކަށް ނުދޭން ވެގެންނެވެ. ކިތައްމެ ބޮޑު ތަރައްޤީއަކާއި ކިތައްމެ ބޮޑު ކުރިއެރުމެއް ލިބެން އޮތަސް ފަރުވާލެއް ބެހެއްޓުން ނެތިއެވެ. ދިވެހިންގެ ޤައުމީވަންތަކަން ގެއްލިދާނެތީއެވެ. ޤައިމިއްޔަތު އޮއްސިދާނެތީއެވެ.

މިއަދުވެސް މިނިވަން ދުވަސް ފާހަގަ ކުރާއިރު ކަންފަތުގައި ހިފާފައި މައިން ބަފައިން ދައްކަނީ ހަމަ އެވާހަކައެވެ. ތިޔަ މީހުންވެސް މިދާކަށް ދުވަހު ދެއްކީ ހަމަ އެވާހަކައެވެ. މިއަދުވެސް އެހިތްވަރު ހުންނަން ވާނެކަމަށް ބުނެއެވެ. ދިވެހިން ތިބެންވާނީ ދިވެހިންގޮތުގައޭ މިތަން ބޭރު ބަޔަކަށް ދީގެން ނުވާނެޔޭ ބުނެއެވެ. މިވާހަކަތައް މަށަށްވެސް އަދި މަޖީލަށްވެސް ތިޔަ މީހުން ނުކުމެ ދެއްކި ދުވަސްވަރަށް ޖެހިލާނަމެވެ. ކޮންމެހެން ހާސަރުތަކެއް ދަމާކަށް ނެތީމެވެ.

"ޖީއެމްއާރު ގޯ ހޯމޭ" "މިތަނުން ފެއްސޭށޭ" ގޮވަމުންގޮސް އަވައްޓެރި އިންޑިޔާއަށްވެސް ނުގޮވާކަ އެއްޗެއް ނެތެވެ. ރަތްމަހަކަށް ނުގޮވާހާ ވަރަށް އެއްޗެހި ގޮވި އެވެ. ނުވިތާކަށް ފަޅުއޮޑިފަހަރަށް އަރައިގެން ނުކުމެ ހުޅުލެއަށް އަރަން މަސައްކަތް ކުރި އެވެ. އެއޮށްބޮޑުތަން ހިއްކާ ބޮޑެތި މަސައްކަތްތައް ކޮށްފައި ހުއްޓާ ޖީއެމްއާރު ބޭރުކުރި އެވެ. އެތަންހިންގަން ހަވާލުވިއިރުވެސް އެޑްވާންސަށް އެތައް ފައިސާއެއް ދިން އިރުވެސް ހަމަ ލޮލުގެ ހިމަކޮޅުންވެސް ބަލާލާކަށް ބޭނުމެއް ނުވިއެވެ. އަނބިދަރިންނާ އަނބިދަރިން ދޫކޮށްލާފައި ކޮންމެރެއަކު ހެދިގޮނޑުދޮށަށް އެއްވެ ކަރުން ނާރު ނަގަނަގާފައި ހަޅޭލެވީ ތިޔަ މީހުން ބުނިބުނުމަށެވެ. ދިވެހި ޖޯޝް ހުރި ދިވެހި ލޭ ހިނގާ މީހަކަށްވާތީ މިޤައުމުން ހަމަ އެންމެ އިންޗިއެއްވެސް ބޭރުބަޔަކަށް ނުދޭން ބޭނުންވި އެވެ. މަގޭ ޤައުމު އޮންނާންވާނީ މަގޭ އަތުގައޭ ފުރާނަ ހުރިހާ ހިނދަކު އެނޫން ގޮތަކަށް ވިޔަ ނުދޭން ވިސްނައިދިނެވެ. އެއަރޕޯޓަށް އަންނަމުންދިޔަ ކުރިއެރުމަށް ބަލަން ބޭނުން ނުވީ ތިޔަ މީހުންގެ ބަހަށް ހެއްލިގެންނެވެ. މަގޫފަތްކާން ޖެހުނުއިރު ކާބަފައިންވެސް ދިވެހިންގެ ފަސްގަނޑު ދިވެހިންގެ އަތްދަށުން ދޫކޮށްލަން ދެކޮޅުހެދިޔޭ މަވެސް އެކަމަށް ކަމަރު ބަދެގެން ހުންނަން ޖެހޭނެޔޭ ބުނެ ހިތްވަރު ދިނެވެ.

އެކަމަކު ހައިރާންވެ އަންތަރީސް ވެއްޖެއެވެ. މީހަކުވާ އަޖައިބުން ނުވާނެ ހެއްޔެވެ. ނޫނޭވާ އަމިއްލަ އެދުމުން ފޯވާ މީހުން އުޅެއޭ ބުނާތީއަޑުއަހަމެވެ. އެކަމަކު ތިޔަވަރެއް ނުދެކެވެ. އަނެއްކާ ތިޔަތިބީ ހަމަހޭގައި ހެއްޔެވެ. ފައިސާއަށް ބޫތުކެއަސް ތިޔައީވާ ފުކެއް ބޮޑުވަރެވެ. އަހަރެމެން ލައްވާ އެހުރިހާ ގަނޑެއް ތިޔަގެއްނުވީ 25 އަހަރަށް ތަނެއް ހިންގަން ހަވާލުވި ބަޔަކު ބޭރުކުރަން ވިއްޔާއެވެ. އެކަމަކު މިއަދު މިޤައުމުން ބައެއް މުތުލަޤަށް ވިއްކާލާއިރު ތިޔަތިބީ ކަހާތަންވެސް ހިރުވާލާންވެސް ނޭނގިފައެވެ. ބޭރުބަޔަކު މިތަނުގެ މިލްކުވެރިންނަށްވެ އެމީހުންނަށް އަޅުދާސްތުވާން ޖެހިދާނެކަން ބުނެދޭން ނުނިކުމެ ސޮހޮލެއްހެން ތިޔަހެން އޮތީމާ މަހަމަ ކޮސްވެއްޖެއެވެ. ބޯފަން ނުވިއަކަސް މަށަށްވާ މިވަރު ބުނެލަން ކެރުނުއިރު ބޮލުގައި ފަގުޑިއަޅައިގެން ސުއްބުވެސް ނުބުނެ ތިޔަހެން ތިބީމާ މަށަކަށްވާ ބުނާނެ އެއްޗެއް ނޭނގުނެވެ. "މާތްވެގެންވާ އިސްލާމް ދީނޭ، ދިވެހި ސަޤާފަތޭ، އަހަރެމެންގެ ޤައުމިއްޔަތޭ، އަންނާން އޮތް ޖީލުތަކޭ ބުނެ ބަހެއްވެސް ބުނެލާން ނުކެރޭވަރުގެ ފިނޑިން ކަމަކަށް ކުރިއަކުން ހިޔެއް ނުކުރަމެވެ. ތިޔައީވެސް މަށަށް ލިބެންޏާ އޯކޭއޭ، މަވެރިކަމާ މަޤޭ މަޤާމާހެދި ހޭބަލިވާ ބައެއްކަން ކުރިންއެނގުނު ނަމައޭ މިހާރު ހިތަށް އަރައެވެ. އޭރު އެޖެހި ސަކަރާތާއި ކުޅުނުހާ ޑްރާމާއާ، ގޮވިހާ އަންބާއަކީ ތިޔަހާ ބޮޑަށް އަމިއްލަ އެދުމައިގެން ކުރިކަމެއްކަން މަށަށްވެސް އޭރު ފަހުމްވިނަމައޭ ހިތައް އަރައެވެ.

އެކަމަކު މަށަކީވާ ތިޔަކަހަލަ ރަނޑެއް ކަމަށް ހީ ނުކުރާށެވެ. ތިޔަމީހުން އޭރުގޮވި ގޮވެލިފައްޗާ ގަތްހާ ގަނޑެއް ގަންނަން ނޭނގުނަސް މަވެސް ބުނެލާން އެނގޭވަރުގެ ބަހެއް ހަނދާނަށް އައްޔާ މަށަކުވާ ހިމޭނަކުން ނުހުންނާނަމެވެ. ޖީއެމްއާރު ބޭރުކޮށްލި ގޮތާއި މިއަދުވެސް އޮތީ އިހުވެސް އޮތްފަދަ ޖުޑިޝަރީއެކޭ ބުނެ ބިރު ނުދެއްކިއަސް "... نستطيع ترحيله من سعودية..." އޭ ބުނެ ނުލާ މަށެއް ނުހުންނާނަމެވެ. "އަހަރެންގެ މޭ އައްޑަނަ އަކަށް ދިއްކޮށްލުމީ ފަހުނޭވަޔަށް ޖެހެންދެންވެސް މޮޓޯ ކަމުގައި ހަދާނަމޭ" ބުނެ އަޒުމު ކިޔާފައި ފިލާފަދަ މީހަކަށް ވާކަށް މަށަކަށްވާ ލާހިކު ކުޅަދާނައެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017
ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!

ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!

08 ޖުލައި 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު