Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފ. އަތޮޅު ވިއްކާލުން

ފ. އަތޮޅު ވިއްކާލުން: އަސް ވިއްކާލިޔަސް ލަގަން ވިއްކާ ނުލާށެވެ.

ފ އަތޮޅު ވިއްކާލުމުގެ އަޑު ގަދަވެފައިވާއިރު ސަރުކާރުގެ ބަހެއް ނެތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2017 | ބުދަ 08:36
ފ. އަތޮޅުގެ ރަށްތައް: 23 ރަށުގައި 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ

ފ. އަތޮޅުގެ ރަށްތައް: 23 ރަށުގައި 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ

އިލާހީ ރަޚުމަތުން، ދުނިޔޭގެ ޗާޓުގައި ދިވެހިންނަށް ލިބިފައިވާ މަގާމަކީ ބޮޑެތި ބާރުތަކުން މި ކުދި ޖަޒީރާތަކަށް އަތްގަދަ ކުރުމަށް ބޭނުންވާ މައިގަނޑު ސަބަބެވެ. މި އަމާޒު ހާސިލުކުރުމަށް ކޮންމެ ޒަމާނެއްގައި ވެސް އެއިރަކު ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމުތަކުން އިންތިހާ އަށް މަސައްކަތް ކޮށްފައިވާކަން ތާރީޚީ ފަތްފުށްތަކުން ފެންނަން އެބައޮތެވެ. ބޭރުގެ ބޮޑެތި ބާރުތަކުން ރަންޒަމާނުން ފެށިގެން ދިވެހިރާއްޖޭގެ ބިމުގެ ކައިވަތަކަށް ނަމަވެސް އިންތިޒާރު ކުރަމުންދިޔަ ކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ.

މާކަނޑުގެ މެދު ތެރޭގައި މި ވާ 1190 އެއްހާ ރަށުގައި މީހުން ދިރިއުޅޭތާ 2500 އަށް ވުރެ ގިނަ އަހަރު ފާއިތުވެއްޖެ ކަމަށް އެކި ރަށްރަށުން ފެނިފައިވާ އާސާރީ ހެކިތަކުން ކަށަވަރުކުރެވެ އެވެ. ރަށްރަށަށް ދަތުރުކޮށް އުޅެން އުނދަގޫވި ޒަމާންތަކާއި، ކާބޯތަކެއްޗަށް ދިވެހިން ޖެހުނު ޒަމާންތަކާއި، ބޭރުގެ އިސްތިއުމާރީ ބާރުތަކުން މި ފަސްގަނޑު ހިފަން އެރި ޒަމާންތަކެއް މާޒީން ފެންނާން އެބައޮތެވެ. އަދި ދިވެހިރާއްޖޭގައި ގޮށްމުށުގެ ބާރުން އަނިޔާވެރިކަމާއެކު ދިވެހިން އަޅުވެތިކުރުވައިގެން ވެރިކަން ކުރި ޒަމާންތަކަކާއި ރައްޔިތުންނަށް ޣައްދާރު ވެރިންތަކެއް ވެސް ފެނިގެން ގޮސްފައި އެބަހުއްޓެވެ.

ނަމަވެސް، މިއިން އެއްވެސް ޒަމާނެއްގައި ދިވެހީންގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށްވާ ދިވެހިންގެ މި ޖަޒީރާގެ އެއްވެސް ބިމެއް ބޭރުގެ އެއްވެސް ބާރެއްގެ އަތްދަށުވިޔަ ދީފައެއް ނުވެ އެވެ. ދިވެހިންގެ ބިމަށް ވެރިވެގަތް ހަމަ ކޮންމެ ބާރެއް ވެސް ޖެހުނީ، ދިވެހިންގެ އަތްދަށުން ބަލިގަބޫލުކޮށް މި ފަސްގަނޑުން ފައިބައިގެން ދާށެވެ. މިފަދަ ބާރުތަކަކަށް ދިވެހިންގެ ބިމުން ކައިވަތެއް ވިޔަސް ވެދުންކުރާހާ ޣައްދާރު ވެރިޔަކު މިގައުމުގެ ތާރީޚުން މިހާތަނަށް ފެންނަން ނެތެވެ.

ނަމަވެސް، ހިތުހުރި ގޮތަކަށް ހިތު ހުރި ގައުމެއް ހިފި ޒަމާން ފާއިތުވެދިޔަތާ އެތައް ސަތޭކަ އަހަރެއް ފަހުން މިއަދު ދިވެހީންނަށް މިވަނީ ދިވެހިންގެ ބިމުގެ ބައެއް ގެއްލިދާނެ ކަމުގެ ބިރު ހީވެފަ އެވެ. ތަރައްގީ އާއި އިގްތިސާދުގެ މަޅީގައި މެހި، ދިވެހިންގެ ބިމުން ބޮޑު ބައެއް އަރަބި މަހުޖަނުންގެ އަތަށް ދޫކޮށްލަފާނެ ކަމުގެ ނިޝާންތައް ފެންނަން ފަށައިފި އެވެ.

ޖުމްލަ 23 ރަށެއްގެ މައްޗަށް އެކުލެވޭ ފ. އަތޮޅުގެ މިލްކުވެރިކަން ސައުދީ އަރަބިއްޔާގެ ޝާޚީ އާއިލާގެ ތަޚުތައް ދޫކޮށްލަން އުޅޭ ކަމަށް ފެތުރިފައިވާ އަޑުތަކަށް ބާރު ލިބޭ ގޮތަށް، ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ފ. އަތޮޅުގައި ހުރީ ކުދިކުދި ރަށްރަށް ކަމަށާއި އެފަދަ ކުދި ރަށްރަށުގައި ކުރިއަށް ދެވޭނެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.

އޭގެ ފަހުން ރައީސް ޔާމީން ވަނީ ސައުދީ އަރަބިއްޔާގެ ޝައުގުވެރިކަން ފ. އަތޮޅަށް އެބައޮތް ކަމަށާއި ބޮޑު މަޝްރޫއެއް އެ އަތޮޅުގައި ހިންގުމަށް ކުރެހުންތަކާއި ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސައުދީ ރަސްގެފާނު ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް ކުރައްވާނެ ކަމަށް އެގައުމުގެ ދައުލަތުގެ ނޫހުން މިވަނީ ހާމަކޮށްފަ އެވެ.

ފ. އަތޮޅުގެ 4119 ރައްޔިތުން ހުޅުމާލޭ ހިއްކި ބިމަކަށް ބަދަލުކުރުމަށް ސަރުކާރުގެ ވިސްނުން ހުރިކަން ދައްކާ ވާހަކަތަކުން ހާމަވެ އެވެ. އެ ރައްޔިތުންގެ ބައިވެރިވުން ވެސް ހިމެނޭ ގޮތަށް އިންތިޚާބުވެފައިވާ ސަރުކާރުން މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު، އެ ރައްޔިތުންގެ ބަހެއް ހޯދާފައެއް ނުވެ އެވެ. މިކަމާ ދެކޮޅަށް ބަހެއް ބުނުމުގެ ހައްގު ވެސް އެ ރައްޔިތުންނަށް ނެތެވެ. އެ ރައްޔިތުން ތަމްސީލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ތިބި މެންބަރުންގެ އަޑެއް އަމުދުން ނެތެވެ.

ފ. އަތޮޅު ސައުދީގެ ޝާޚީ އާއިލާއަށް ވިއްކާލަން އުޅޭ ކަމުގެ އަޑުތައް މިވަރަށް ގަދަވެފައިވާއިރު، މިކަމާ ގުޅޭ ގޮތުން ސަރުކާރު ހަނު އޮތުމުން ސާފު ޖަވާބެއް ލިބެ އެވެ. ރައްޔިތުންނާ ހިސާބަށް މީގެ ވާހަކަތައް ކިޔައިދެއްވާނީ ސައުދީ ރަސްގެފާނުގެ ހާޒިރުގަ އެވެ. އޭރު އޮންނާނީ ވާނެ އެއްޗެއްވެ ނިމި، ދިވެހިންގެ ޗާޓުން ފ. އަތޮޅު ނޮޅާލާފަ އެވެ.

އަދަށް ވުރެ މާ ތަދު ދުވަސްތަކެއް ދިވެހިން ތަޖުރިބާކުރި ނަމަވެސް، އެއިން އެއްވެސް ޒަމާނެއްގައި މި ބިމުން ވެލިފުކެއްވެސް ދޫކޮށްލާފައެއް ނުވެ އެވެ. މި ބިމުގެ ހައްގުގައި، ކާބަފައިން ވި މަތިވެރި ގުރުބާނީގެ އަގު އަދާކޮށް ނުދެވުނުއިރު، މި ބިން ތެލުގެ މަހުޖަނުންނަށް ދޫކޮށްލަނީ އެވެ.

މިވަރުގެ ކަމެއްވާއިރު ވެސް، މިއަދަކު އިހުތިޖާޖެއް ކޮށްލަން ދިދަ ދަނޑިއެއް ހިފައިގެން ނިކުންނާނެ މީހަކު ވެސް ނެތެވެ. ދިވެހި ގައުމު ލޭކަރުނަ އަޅަމުންދާއިރު، އެ އަޑު އަހާލާނޭ ކަންފަތެއް ވެސް މި ބިމަކު ނެތެވެ. ގައުމު ރޮމުން އާދޭސްކުރަނީ، މި ބިމަށް ތެދުވެރިވެ އިޚުލާސްތެރިވުމަށެވެ. މާދަމާ ކަންވާނެ ގޮތަކަށް ވިސްނާލުމެއް ނެތި، ވަގުތީ އުފަލަކަށް ގައުމަށް ޣައްދާރު ނުވުމަށެވެ. މައިމީހާގެ ހައްގުގައި މިފަދަ ޚިޔާނާތެއް ނުވުމަށެވެ. އަސް ވިއްކާލިޔަސް ލަގަން ވިއްކާނުލުމަކީ މި ފަސްގަނޑުގެ އާދޭހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު