Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރަށް 4 އަހަރު

2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

ރައީސުލްޖުމްހޫރިއްޔާ އދއަށް ފިއްލަވައިގެން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2017 | ހޮނިހިރު 03:38
ހާރިޖީ ވަޒީރަށް ފަތްކޮޅު އަރުވަނީ

ހާރިޖީ ވަޒީރަށް ފަތްކޮޅު އަރުވަނީ

ރަައީސް އަބްދުﷲ ޔާމީނުގެ ވެރިކަމަށް ހަތަރު އަހަރު ވީއިރު ބައިނަލްއަގްވާމީ ދުނިޔޭގައި ދިވެހިން ތިބެން ޖެހިފައިވަނީ "ބާކީ ބޯޑް" އަޅުވައިގެންނެވެ. ލިޔެ އާއްމުކޮށްފައިވާ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު ދިވެހިރާއްޖެއަކީ ވަކިއަތަކަށް ނުޖެހޭ ގައުމެކެވެ. ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަމާޒުތަކެއް ކަނޑައަޅާފައިވާއިރު މަދު ކަމަކުން ނޫނީ އަމާޒު ހުރީ ކައްސާލާފައެވެ.

"ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރުން" މިއީ ޚާރިޖީ ސިޔާސަތުގެ ހަތަރުވަނަ އަމާޒެވެ. ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ އަވަށްޓެރި އިންޑިޔާގެ ރުހުން ރާއްޖެއާމެދު ނެތްކަމުގެ ހެކިތައް ހުރީ ފެންނާށެވެ. ދުންޔާ މައުމޫން ޚާރިޖީ ވަޒީރުކަމުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރެއްވީ ދެ ގައުމުން ތައްޔާރުވާން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށް އެ ކަމަނާ އޭރުވިދާޅުވިއެވެ. އޭގެ ފަހުން ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ ތައްޔާރީތައް ނުނިމިގެން ނަމަވެސް މޯދީ ރާއްޖެވަޑައެއް ނުގަންނަވައެވެ. ދުނިޔޭގެ ގައުމުތަކުގެ ވެރިން ޒިޔާރަތް ކުރައްވުން އިންތިހާއަށް މަދުއިރު އަދި އަމުދުން ނުމެ ނެތްއިރު އަވަށްޓެރި ގައުމެއްގެ ވެރިޔަކަށް ވަޑައިގެންފައިވަނީ ކޮރަޕްޝަނާ ފަސާދައިގެ ތުހުމަތުގައި މަގާމުން ދުރުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްއެވެ. އެ ދަތުރުފުޅު ވެގެން ދިޔައީ އެމަނިކުފާނު ބޮޑުވަޒީރުކަމުގައި ހުންނަވައިގެން ކުރެއްވި ފަހު ދަތުރުފުޅަށެވެ. އަވަށްޓެރި ސްރީ ލަންކާއަށް ބަލާއިރު އެގައުމުން މެސެޖް ދެނީ ތަފާތު ގޮތަކަށެވެ. ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ރާއްޖޭގައި ނުދޭ ފަދަ މިނިވަންކަމަކާ ހިމާޔަތެއް އެ ގައުމުންވަނީ އިދިކޮޅު ފަރާތްތަކަށް ދީފައެވެ. ރާއްޖޭގައި މުޒާހަރާ ނުކުރެވޭއިރު ލަންކާ ސަރުކާރުންވަނީ އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތުވެސް ދީފައެވެ. މީގެއިތުރުން ދިވެހި ސަރުކާރުން ހޯދަން ބޭނުންވެގެން އުޅޭ އެތައް ސިޔާސީ ކުށްވެރިންނެއް އެގައުމުގައި އުޅެމުންދާއރު މިހާތަނަށް އެ ގައުމުން ސަރުކާރަށް އަތުލައިގަނެވުނީ ސޯޝަލް މީޑިއާއެކްޓިވިސްޓެއް އެކަންޏެވެ. އެ ކަމަކީ އުސޫލުން ބޭރުން ހިންގާފައިވާ ކަމެއްގެ ގޮތުގައި ވަނީ ތުހުމަތު ކުރެވިފައެވެ.

މި ކަންކަމަށް ބަލާއިރު ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރުމުގެ އަމާޒު ހާސިލް ނުވާކަން އެނގެއެވެ.

ރައީސުލްޖުމްހޫރިއްޔާ އދއަށް ފިއްލަވައިގެން

"އ.ދގެ އާންމު މަޖިލީހުގައާއި އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލާއި އ.ދގެ އެހެނިހެން ޖަމްޢިއްޔާތަކުގައި ޙަރަކާތްތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ މައްސަލަތަކަށް ޙައްލު ހުށަހެޅުން." މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހިކުމަތްތަކުގެ ތިންވަނަ ސްޓްރެޓެޖީއެވެ. ޕީޕީއެމް އިއްތިހާދުގެ ސަރުކާރަށް އަހަރެއްވީއިރު އެ ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާއަށް އދގެ ޢާއްމު މަޖިލީސް ފެނިވަޑައިގަންނަވާނީ ޓީވީއިންނެވެ. އެ މަނިކުފާނު އދ އަށް ވަޑައެއް ނުގަންނަވައެވެ. ރާއްޖެއިން އދއަށް ފޮނުވާ ވަފްދު ފަނޑު ގޮތަކަށް ފެނިގެންދާއިރު ބައިނަލްއަގްވާމީ މައްސަލަތަކަށް ހައްލެއް ހުށަހެޅޭހާ ހަރަކާތްތެރިކޮށް ދިވެހިވަފްދު ނުފެނެއެވެ.

އިސްލާމީ ދުނިޔެއާ އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުން

ގަލްފުގެ މުއްސަދި އަދި ސައުދީ އަރަބިއްޔާގެ ބަހަށް ބޯލަނބާ ގައުމުތަކަށް ދައުލަތުގެ ވަޒީރުން ދަތުރު ކުރައްވާފައިވެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ވެސްވަނީ އެކުވެރި އަރަބި އިމާރާތަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގެ ފޮޓޯތަކާއެކު ސަރުކާރުން ބުނަމުން ދަނީ މި ސަރުކާރުގެ އަމާޒަކީ އަރަބި އިސްލާމީ ދުނިޔެއާ ގުޅުން ބަދަހި ކުރުން ކަމަށެވެ. އެ ވާހަކަ އެއީ ހަމަ ތެދެއްތޯ ދެވަނަ ފަހަރަށް ވިސްނާލާފަދަ ކަމެއް ސަރުކާރުންވަނީ ކޮށްފައެވެ. ޖޫން މަހުގެ 5 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާއި އެ ގަމުގެ ބަސްވިކޭ ގައުމުތަކަކުން ވަނީ ގަތަރާ ގުޅުން ކަނޑާލާފައެވެ. ހުއްޖަތަކީ އެ ގައުމުން ޓެރެރިޒަމަށް ވާގިދީ ޓެރެރިޒަމަށް ފަންޑު ކުރުމެވެ. ބޭރުގެ މީޑިޔާތަކުގައި މިވާހަކަ ހޫނުކޮށް އޮއްވައި ރާއްޖެއިން ވަނީ ގަތަރާ ގުޅުން ކަނޑާލިކަން އިއުލާނު ކޮށްފައެވެ.

ޤަތަރާ ގުޅުން ކަނޑާލީ ސައުދީ ރުއްސަން ކަމަށް ތުހުމަތު ކުރެވޭއިރު ގަތާރާއެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލާކަށް ސަރުކާރަކަށް ނުކެރުނެވެ. ޓެރެރިޒަމަށް ފަންޑުކުރާކަމުގެ ތުހުމަތުގައި ގުޅުންކަޑާލިއިރު އެފަދަ ބަޔަކާއެކު ވިޔަފާރި ކުރަން ސަރުކާރަށް ހަމަ އެންމެ ރަނގަޅެވެ. ނަމަވެސް މިޔަންމާގެ ރަޚައިން ސްޓޭޓްގައި ރޮހިންޖާ މުސްލިމުންނަށް އަނިޔާކޮށް ހައްދު ފަހަނައަޅާފައިވާ ލާއިންސާނީ އަމަލުތައް ހިންގަމުންދާ މިޔަންމާ ސަރުކާރާ ރާއްޖެއިންވަނީ ވިޔަފާރީގެ ގުޅުން ކަނޑާލާފައެވެ. ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ނެތް ގައުމަކާ ވިޔަފާރީގެ ގުޅުން ކަނޑާލީއެވެ. އެކަމަކު ލާއިންސާނީ އަމަލުތައް ހައްދު ފަހަނައަޅާފައިވާ މިންވަރަށް ހިންގި ކަމަށް އދ އާ އެމްނެސްޓީ ފަދަ ޖަމާއަތްތަކުން ބުނެފައިވާ އެ ގައުމާ ޚާރިޖީ ގުޅުން ކަނޑާލާކަށް ސަރުކާރަށް ނުކެރުނެވެ. ރައްޔިތުންގެ ސުވާލަކީ އެ ގައުމާ ގުޅުން ކަނޑާނުލީ ސަރުކާރުން އެ ގައުމަކަށް މިހާރު އެންމެ ބަރޯސާވާ އަދި ޗައިނާއިން ދިފާއުކުރާ ގައުމަކަށް ވީމާ ތޯއެވެ. ގަލްފުގެ އިސްލާމީ ގައުމަކަށްވުރެ މިޔަންމާގެ ޚާރިޖީ ގުޅުން މުހިންމުވީ ކީއްވެތޯ ރައްޔިތުން ސުވާލު ކުރެއެވެ. މީގެ އިތުރުން މިޔަންމާގެ މައްސަލަ އެންމެ ހޫނުވެފައި އޮތް ދަނޑިވަޅުގައި، ގަތުލް އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް އދ. ގައި ނެގި ވޯޓަށްވެސް ރާއްޖެ ވަނީ ފިލާފައެވެ. ނަސްލު ނައްތާލުމުގެ ގިނަ ޖަރީމާތަކުގެ ޝިކާރައަކަށް އެއް ދީނެއްގެ އެންމެ ގިނަ މީހުންވެފައިވަނީ އިސްލާމް ދީނުގެ މީހުން ކަމަށްވާއިރު، ސެޕްޓެމްބަރު މަހުގެ 16 ގައި ނެގި އެ ވޯޓަށް ފިލުމުން ސަރުކާރަށް މުހިއްމީ ޗައިނާގެ ފަހަތުން އެ ގައުމު ނިންމާ ގޮތަކަށް ކަންތައް ނިންމަންތޯ ނުވަތަ އިސްލާމީ ދުނިޔެއާ އޮތް ގުޅުން ބަދަހި ކުރަންތޯ އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާރިޖީ ސިޔާސަތު މުރާޖަޢާކުރާކަށް ނުވޭތޯ؟

ޚާރިޖީ ސިޔާސަތު މުރާޖަޢާކުރާކަށް ނުވޭތޯ؟

14 ޖޫން 2018
އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

28 މާރިޗު 2018
2017 ގައި ރާއްޖެއަށް \"ޑިސެމްބަރު\" ނާދޭ، އައިނަމަ \"ފިނި މޫސުން\" އަންނާނެ!

2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!

01 ޖެނުއަރީ 2018
ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

31 ޑިސެމްބަރު 2017
2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

30 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު