Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިހް އިމްރާން އަބްދުﷲ

މި އަނިޔާވެރިކަމާއި ވައްކަން ހުއްޓުވޭނެ ހަމައެކަނި މަގަކީ ސަރުކާރު ބަދަލުކުރުން: އިމްރާން

27 ޑިސެމްބަރު 2017 | ބުދަ 02:18

ދިވެހިންނަށް ހައްގުވާ މިންވަރަކީ އިމެއް ނެތް އަނިޔާވެރިކަމެއް ނޫން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 27 ޑިސެމްބަރު 2017 | ބުދަ 02:18
ޝެއިހް އިމްރާން އަބްދުﷲ

ޝެއިހް އިމްރާން އަބްދުﷲ

މި ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަން ގޮސްފައިވާ ހިސާބަށް ބަލާއިރު އެކަން ހުއްޓުވުމަށް ދެން އޮތް ހަމައެކަނި މަގަކީ މި ސަރުކާރު ބަދަލުކުރުން ކަމަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޖަލަށްލާފައިވާ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބަވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ޝެއިހް އިމްރާން ވިދާޅުވީ 21 ވަނަ ގަރުނުގެ ދިވެހިންނަށް ހައްގުވާ މިންވަރަކީ އިމެއް ނެތް އަނިޔާވެރިކަން ނޫން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ދިވެހިން އެދޭ ކުރިއެރުން ހޯދޭނެ ސާދާ މަގަކީ އަމާންކަމާއި ހަމަހަމަކަމާއި އަދުލު އިންސާފު ކަށަވަރުކޮށްދޭ މަގު ކަމަށެވެ. މި ސަރުކާރު ބަދަލުކުރުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރަމުންދާއިރު އަދާލަތު ޕާޓީ އޮތީ ދޫދޭން ޖެހޭ އެންމެ ބޮޑަށް ދޫދޭން ތައްޔާރަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement
"ދިވެހި ރައްޔިތުންނަށް އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަމާ ދެކޮޅަށް މަސައްކަތްކުރާ އެންމެހާ ފަރާތްތައް ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިބުކޮށް ރައްޔިތުން އެދޭ ފަދަ އަމާން އައްސޭރިއަކަށް ގައުމު ގެންދިއުމަށްޓަކައި ހިންގަން ޖެހުނު ކޮންމެ މަގަކުން ހިނގަން އަޅުގަނޑާއި އަދި އަދާލަތު ޕާޓީ ތައްޔާރަށް އޮތް ކަން،" އިމްރާން ވިދާޅުވެފައިވެއެވެ.

މި ވަގުތަކީ ސިޔާސީ ލީޑަރުންގެ އަމިއްލަ ވިސްނުންތަކަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށާއި މި ފަދަ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރަނީ ކޮންބައެއްކަން ރައްޔިތުން ފާހަގަ ކުރާނެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީން އިސްވެ އޮވެ މި ސަރުކާރާ ދެކޮޅަށް މާލެގައި ބޭއްވި މޭޑޭ މުޒާހަރާގެ ތެރެއިން

އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު މެދުވެރިކޮށް ދެއްވި މި މެސެޖްގައި އިމްރާން ވަނީ ކޮންކްރިޓާއި ބޮޑު ހިލަ އާއި ބޮޑު ދަނގަނޑަކީ އަނިޔާވެރިކަމާއި ބޭ އިންސާފާއި ވައްކަމާއި ފަސާދައިގެ ބޭރު ގިރިޓީ ކުރާ އެއްޗަކަށް ހެދުމަށް ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

ރައްޔިތުންގެ ވިސްނުމާއި ފިކުރު އޮބަހައްޓައިގެން އަނިޔާގެ ކުރިއެރުމެއް ނުހޯދޭނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"ދިވެހި ގައުމަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުމުގެ އަސާސަކަށް ވާންޖެހޭނީ މަދު ބަޔަކަށް މަންފާކުރާ ހީލަތްތެރި ވިޔަފާރީގެ މުއާމަލާތްތަކާއި ދޯހަޅި އަދި ދަރަނިވެރިވެފައިވާ އިގުތިސާދަކާއި އަދުލު އިންސާފް ގެއްލި ނަހަމައިން ނޫން ގޮތަކަށް ކަންކަން ހިންގޭނެ އެއްގޮތެއް ވެސް ނޯންނަ އުސޫލުތަކެއް ނޫން،" އެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ކުރިމަތިވި ސުނާމީއާ ގުޅިގެން ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަމުގެ ހަނދާންތައް އާކުރާއިރު ގައުމަށް މިއަދު ކުރިމަތިވެފައިވާ ހާލަތާ މެދު ވިސްނައި ފިކުރުކޮށް މުސްތަގުބަލައްޓަކައި އަމާން އަލިމަގެއް ހޯދުމަކީ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ މައްސޫލިއްޔަތެއް ކަން އިމްރާންގެ މެސެޖްގައި ހަނދާން ކޮށްދެއްވާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
28 ފެބުރުއަރީ 2017

ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި

28 ފެބުރުއަރީ 2017
ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި
10 ފެބުރުއަރީ 2017

ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި

10 ފެބުރުއަރީ 2017
ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް