Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީންގެ މެސެޖް

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017 | އަންގާރަ 09:19

މެމްބަރުން ރަށުން ބޭރަށް ވަޑައިނުގަތުމަށް ވަނީ އެދިވަޑައިގެންފައި

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 14 މާރިޗު 2017 | އަންގާރަ 09:19
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާއަށް ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް މަސީހް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާއަށް ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް މަސީހް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ހަމައެކަނި އެ މަނިކުފާނުގެ މައްޗަށް ނަގާ ވޯޓެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހުރިހާ ޕާޓީތަކެއް ތަމްސީލްވާ ގޮތަށް 26 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހު މަޖިލީހަށް ވައްދާފައިވާއިރު، އެކަމާ ގުޅޭ ގޮތުން ރައީސް ޔާމީން ފުރަތަމަ ފަހަރަށް ވާހަކަފުޅެއް ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ވައިބާ ގްރޫޕްގައި ހޯމަ ދުވަހުގެ ރޭގަ އެވެ.

"އެކުވެރި މެމްބަރުންނޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވޯޓް ނެގުމުގެ ތިން ދުވަސް ކުރިން މާލޭގައި ނުހުރެވޭ ގޮތަށް ދަތުރުފުޅު ނުކުރެއްވުން އެދެން. މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ކަމަށް ގަބޫލު ނުކުރައްވާ،" އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކޮށް، ރައްޔިތުންގެ ބާރު ހިނގާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ހަދައި، ރައީސް އަބްދުﷲ ޔާމީން ވެސް ޒިންމާދާރުކޮށް، އަދި ރައްޔިތުންގެ އަގުތައް ގެއްލޭ ގޮތަށް ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތައް ބަދަލުކުރާނެ ކަމަށް "ގުޅިފައިވާ ކޯލިޝަނުން"ގެ މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.

ޕީޕީއެމްގެ ވައިބާ ގްރޫޕްގައި ރައީސް ލިޔުއްވި މެސެޖް ހޯމަ ދުވަހުގެ ރޭ ވަގުތުން ލީކްވުމާއެކު އެކަމާ ހިތްހަމަޖެހިވަޑައިނުގެން ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު އެ ވައިބާ ގްރޫޕްގައި ލިޔުއްވި ކަމަށް ވެސް ޕީޕީއެމްގެ މެމްބަރަކު ވިދާޅުވި އެވެ.

"މައްސަލައަކަށް ދިމާ މިވަނީ މިތަނުގެ އެތެރޭގައި [ޕީޕީއެމް] އެކަކު އަނެކަކަށް ވެސް އިތުބާރު ނުކުރާތީ،" މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ރާއްޖެޓިވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުކުރަން ބޭނުންވާ އަދަދަށް ވުރެ އިތުރަށް ވެސް މެމްބަރުން ހަމަވެފައިވާ ކަމަށެވެ. އެހެންވެ، މިފަހަރު މި ވޯޓް ކާމިޔާބުކުރެވޭނެ ފުރިހަމަ އިތުބާރު އޮތް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

މަސީހު މަގާމުން ދުރުކުރަން 42 މެމްބަރުންގެ ވޯޓް ބޭނުންވެއެވެ. މި އަދަދަށް މެމްބަރުން ހަމަވާނީ ޕީޕީއެމް އާއި އެމްޑީއޭގެ މެމްބަރުންގެ ވޯޓާއެކު އެވެ.

މި ވޯޓާ ގުޅިގެން ސަރުކާރުން ދައްކަފާނެ ބިރަކަށް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށާއި ޖަލު ގޮޅިއަށް ދާން ޖެހުނަސް ތައްޔާރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވި އެވެ.

"މަޖިލީހުގެ މެމްބަރުންގެ އަތުގައި މިހާރު މިއޮތީ ގައުމުގެ މުސްތަގުބަލު،" ފާރިސް ވިދާޅުވި އެވެ.

މިކަމަށް ވިޔަފާރިވެރިންގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން މެމްބަރުންނަށް ހިތްވަރު ދެއްވުމަށް ފާރިސް އެދިވަޑައިގެންނެވި އެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް