Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުން ހަތިޔާރު ގަތުން

ގަތަރަށް އެފް15 ބޯޓް އުފައްދައިދޭން 6.2 ބިލިއަން ޑޮލަރަށް ބޯއިންގ ކުންފުންޏާ ހަވާލުކޮށްފި

މި ބޯޓްތައް ގަތުމަށް ގަތަރުން އެމެރިކާއާ އެކު އެއްބަސްވެފައި ވަނީ ޖޫން މަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 ޑިސެމްބަރު 2017 | ހޯމަ 02:43
ގަތަރުން ވަނީ އެފް15ގެ 72 ބޯޓް ގަތުމަށް ނިންމާފައި

ގަތަރުން ވަނީ އެފް15ގެ 72 ބޯޓް ގަތުމަށް ނިންމާފައި

ގަތަރުގެ އަސްކަރިއްޔާއަށް އެފް15 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓް އުފައްދައިދިނުމަށް 6.2 ބިލިއަން އެމެރިކާ ޑޮލަރަށް ބޯއިންގ ކުންފުންޏާ ހަވާލުކޮށްފި ކަމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން އިއުލާނުކޮށްފިއެވެ.

ޕެންޓަގަން އިން ހުކުރު ދުވަހު ބުނީ އެކި ކޮޅުކޮޅަށް ރޯލްކުރެވޭ މި މަތިންދާ ބޯޓްތައް ތައްޔާރުކުރަނީ އެމެރިކާގެ މިސޫރީގެ ސެއިންޓް ލުއިސްގައި ކަމަށްވާ އިރު 2022 ވަނަ އަހަރުގެ ފަހުކޮޅު ބޯޓްތައް ހަވާލުކޮށް ނިންމާލެވޭނެ ކަމަށެވެ.

މި ބުރުގައި 36 ޖެޓް ވިއްކުމަށް ނިންމާފައިވާއިރު މިއީ ގަތަރުން ގަތުމަށް އިއުލާނުކޮށްފައިވާ އެފް15ގެ 72 ޖެޓްގެ ދެބައިކުޅަ އެއްބައެވެ.

އެމެރިކާ އާއި ގަތަރުން 2016 ވަނަ އަހަރު ފެށި މަޝްވަރާތަކަށް ފަހު ދެ ގައުމުން ވަނީ ޖުމްލަ 12 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ޖޫން މަހު ސޮއިކޮށްފައެވެ.

ގަލްފުގެ ގައުމުތަކުން މަތީ ފަންތީގެ ޓެކްނޮލޮޖީގެ ހަތިޔާރު ގަނެ އެއްކުރަމުންދާއިރު، އަށް ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން ޓައިފޫން މަރުކާގެ ހަނގުރާމަމަތީ 24 ބޯޓް ގަތުމަށް ވެސް ގަތަރުން ވަނީ ނިންމާފައެވެ.

ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އިނގިރޭސި ވިލާތާ އެކު ވެވުނު އެއްބަސްވުމުގައި ގަތަރުގެ ފަރާތުން އެ ގައުމުގެ ޑިފެންސް މިނިސްޓަރ ޚާލިދު ބިން މުހައްމަދު އަލް އަތިއްޔާ ސޮއިކުރެއްވިއިރު އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓަރ ގޭވިން ވިލިއަމްސަންއެވެ. މިއީ ނިމިދިޔަ ދިހަ އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޓައިފޫން ޖެޓް ގަތުމަށް ދެވުނު އެންމެ ބޮޑު އޯޑަރެވެ.

ޓައިފޫން ޖެޓްގެ އެއްބަސްވުމުގެ ތެރޭގައި ގަތަރުގެ ވައިގެ ސިފައިންނަށް ތަމްރީނު ދިނުން ވެސް ހިމެނޭ ކަމަށް އެގައުމުން ނެރުނު ބަޔާނެއްގައި ވެއެވެ.

މީގެ އިތުރުން ގަތަރުގެ ވައިގެ ސިފައިންނާއި އިނގިރޭސި ވިލާތުގެ ރޯޔަލް އެއަރ ފޯސް ގުޅިގެން ޖޮއިންޓް އޮޕަރޭޝަން ސްކޮޑްރަންއެއް ފެށުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ޖޮއިންޓް އޮޕަރޭޝަން ސްކޮޑްރަންގެ ތެރެއިން 2022 ވަނަ އަހަރުގެ ވަރލްޑް ކަޕްގައި އޮޕަރޭޝަނަލް ކަވަރޭޖް އަދި ވައިގެ މަގުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބުނެއެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

06 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު