Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

6 ޖޫން 2017 | އަންގާރަ 00:42

މިއީ އިޒްރޭލަށް ލިބުނު ރަނގަޅު ފުރުސަތެއް

| 6 ޖޫން 2017 | އަންގާރަ 00:42
އިޒްރޭލުގެ ދިފާއީ ވަޒީރު ލެބަމަން

އިޒްރޭލުގެ ދިފާއީ ވަޒީރު ލެބަމަން

މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ކަމަށާއި ޓެރަރިޒަމް އަށް ހިތްވަރުދޭ ކަމަށްބުނެ ގަލްފްގެ ބައެއް ގައުމުތަކުންނާއި އިތުރު އެހެން ބައެއް ގައުމުތަކުން ހޯމަ ދުވަހު ގަތަރާ ގުޅުން ކަނޑާލި މައްސަލަގައި އިޒްރޭލުން މަރުހަބާ ކިޔައިފިއެވެ.

އިޒްރޭލްގެ ދިފާއީ ވަޒީރު ވިދާޅުވީ މިއީ ޓެރަރިޒަމްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ތަނަވަސްވި ރަނގަޅު ފުރުސަތެއް ކަމަށާއި، ގަތަރާއި ގުޅުން ކަނޑާލުމުން ސަރަހައްދުގެ އެހެން ގައުމުތަކާ ގުޅިގެން އިޒްރޭލުން މަސައްކަތް ކުރަން މިހާރު ބޭނުންވާ ކަމަށެވެ.

"މިހާރު އަރަބި ގައުމުތަކަށް ވިސްނިއްޖެ ސަރހައްދަށް އޮތް ނުރައްކަލަކީ އިޒްރޭލެއް ނޫންކަން އެއާ ޚިލާފަށް އެއީ ޓެރަރިޒަމް ކަން" އިޒްރޭލްގެ ޑިފެންސް މިނިސްޓަރ ލިބަމަން ވިދާޅުވިއެވެ.

ލިބަމަން ހޯމަ ދުވަހު މެންދުރުފަހު ގަތަރުގެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ކަމަށް ޖެރޫސަލަމް ޕޯސްޓްގައި ވަނީ، ބިރު ކަނޑާލުމަށްފަހު ގަތަރާ ގުޅުން ކަނޑާލި ގައުމުތަކާއި އިޒްރޭލުން ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްވެއްޖެ ކަމަށެވެ.

އިޒްރޭލްގެ ޑިފެންސް ފޯސްގެ ކާނަލެއްގެ ގޮތުގައި މަސައްކަތް ކުރި ބާ ލެވް ވިދާޅުވީ، ސުންނީ ގައުމުތަކުން ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްރެޝަރުގެ ސަބަބުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އަރަބި ގައުމުތަކުން އެމެރިކާ އިން ފުމޭ ދުންމާރީގެ ރާގަށް ދަނީ ނަށަމުން ކަމަށެވެ.

ބާ ލެވް ވިދާޅުވީ ގަތަރަކީ ހައްދުފަހަނަ އަޅާފައިވާ އިސްލާމީ ގްރޫޕްތަކަށް ފައިސާގެ އެހީ ފޯރުކޮށްދޭ ގައުމެއް ކަމަށާއި އަދި އެއީ ފަލަސްތީންގެ ގާޒާ އާރާސްތު ކުރުމަށްވެސް ފައިސާގެ އެހީ ދެމުންދާ ގައުމެއް ކަމުގައެވެ. އޭނާ ވިދާޅުވީ ގަތަރަށް އެންމެ ފައިދާހުރި ގޮތަކީ ޓެރަރިސްޓުންގެ ލެބޯޓްރީއަކަށް ވުމުގެ ބަދަލުގައި އިޒްރޭލް ތެރެއިން ކަންކަން ކުރުން ކަމަށެވެ.

އެމެރިކާއަށް އިޒްރޭލުން ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު މައިކަލް އޮރެން ވިދާޅުވީ، އަރަބި މުސްލިމް އެތައް ގައުމަކުން ގަތަރާއެކު ގޮތް ގުޅުން ކަނޑާލުމަކީ މެދުއިރުމަތީގެ ބިމުގައި ކުރެހިގެން ދިޔަ އައު ރޮނގެއް ކަމުގައެވެ. އޭނާ ވިދާޅުވީ، މިހާރު އިޒްރޭލާ އަރަބި ގައުމުތަކުން މިތިބީ ގަތަރުން ހިންގާ ޓެރަރިޒަމަށް ހިތްވަރުދޭ އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ގުޅި ލާމެހިފައި ކަމުގައެވެ.

އިޒްރޭލުގެ ޒައިނިސްޓް ޔުނިއަން އަށް ނިސްބަތްވާ އިޒްރޭލްގެ ޑިފެންސްފޯސް ގެ ކުރީގެ މޭޖާ ޖެނެރަލް އިޔާލް ބެން ރެއުވެން ޖެރޫސަލަމް ޕޯސްޓަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، އީރާނާ ދެކޮޅަށް މަސައްކަތް ކުރާ މެދު މިނުގެ އަރަބި ގައުމުތަކާ އިޒްރޭލާ ވިސްނުން އެއްގޮތް ކުރެވިއްޖެ ކަމަށެވެ. އަދި ފުރުސަތުގެ ބޭނުން ރަނގަޅަށް އިޒްރޭލުން ހިފަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ގަތަރާއެކު އޮތް ގުޅުން ބައެއް އަރަބި ގައުމުތަކުން ކަނޑާލީ އެގައުމުން ދެކޭ ގޮތުގައި ފޭކް ޚަބަރެއްގެ ސަބަބުންނެވެ.

ގަތަރާ ގުޅުން ކަނޑާލި ގައުމުތަކަކީ ސައުދީ އަރަބިއާ، މިސްރު، ބަހުރޭން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔަމަން، ލީބިޔާ، ދިވެހިރާއްޖެ އަދި މޮރިޝަސް އެވެ.

ތަޖުރިބާކާރުން ސިފަ ކުރާ ގޮތުގައި މިއީ މެދުއިރުމަތީގެ ސިޔާސީ ގުޅުންތަކަށް މި ފަހުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

08 ޖޫން 2017

ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

08 ޖޫން 2017
ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
07 ޖޫން 2017

ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި

07 ޖޫން 2017
ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
18 އެޕްރީލު 2017

އޮރުދޮޣާން އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

18 އެޕްރީލު 2017
އޮރުދޮޣާން އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް