Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕް ސައުދީގައި

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

އެންމެ ބޮޑު އެއްބަސްވުމެއް ވެފައިވަނީ ބްލެކްސްޓޯން އާއި ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާއި ދެމެދު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 09:29
އެމެރިކާ އާއި ސައުދީ އާއި ދެމެދު ވިޔަފާރީގެ އެއްބަސްވުންތައް ވުމުގެ ތެރެއިން

އެމެރިކާ އާއި ސައުދީ އާއި ދެމެދު ވިޔަފާރީގެ އެއްބަސްވުންތައް ވުމުގެ ތެރެއިން

އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް މިހާރު ސައުދީ އަރަބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ ދުވަހު ދެ ޤައުމުގެ ދެމެދުގައި 280 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ވިޔަފާރި އެއްބަސްވުންތައް ވެއްޖެއެވެ.

ދެ ޤައުމުގައި އެތައް ލައްކަ ވަޒީފާއެއް ޤާއިމްވުމަށް ފުރުޞަތު ހުޅުވިގެންދާ ގޮތަށް ވެފައިވާ މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ހޮނިހިރު ދުވަހު ރިޔާދުގައި، ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދާއި، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ހާޒިރުގައެވެ. ރައީސް ޓްރަމްޕް ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ވަފުދުގައި އެމެރިކަގެ ސިޔާސީ އިސްވެރިންނާއި، އެމެރިޚާގެ ބޮޑެތި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އިޤުތިޞާދީ ނަޒަރަކުން ބަލާއިރު ސައުދީއާއި އެމެރިކާ އާއި ދެމެދު ވެފައިވާ އެންމެ ބޮޑު ވިޔަފާރީގެ އެއްބަސްވުމަކީ، އެމެރިކާގެ އެންމެ ބޮޑު އެސެޓް މެނޭޖްމަންޓް ކުންފުނި، ބްލެކްސްޓޯން އާއި ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާއި ދެމެދު ވެފައިވާ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ އަގު ކުރިއަށް އޮތް 10 އަހަރު ތެރޭގައި 350 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.

މި އެއްބަސްވުމުގެ އިތުރުން ދެން ސައުދީ އާއި އެމެރިކާ އާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރެއިން ފާހަގަކޮށްލެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ؛

  • ސައުދީ އަރަމްކޯ: އެމެރިކާގެ ކުންފުނިތަކާއެކު 50 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުން
  • އެމެރިކާގެ ޖެނެރަލް އިލެކްޓްރިކުން ކޮންސްޓްރަކްޝަނާއި، މައިނިންގެ ދާއިރާއިން 15 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުން
  • ރޭތިއޯން ކުންފުނީގެ ގަލްފް ގޮފިން ސައުދީގައި އެއާ ޑިފެންސް ސިސްޓަމާއި، ޒަމާނީ ހަތިޔާރު އުފެއްދުން
  • އެކްސޯންމޯބިލް އާއި ސެބިކް: ޕެޓްރޯކެމިކަލް އުފެއްދުމުގެ އެއްބަސްވުން
  • ލޮކްހީޑް މާޓީން: ބްލެކްހޯކް S-70 މަރުކާގެ 150 ހެލިކޮޕްޓަރު، ސައުދީގައި އެސެމްބަލް ކުރުމަށް އެއްބާރުލުންދިނުން
  • ސައުދީގައި ޑިޒަންކޮށް، އުފައްދާ އާމަރޑް ކޮމްބެޓް އުޅަނދުތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެހީވުމަށް ޖެނެރަލް ޑައިނަމިކްސްއާއެކުވި އެއްބަސްވުން
  • ރޯވަން ކޯ: 7 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އޯފްޝޯ ޑްރިލިންގ ޕްލެޓްފޯމެއް ޤާއިމްކުރުން
  • ގުޅިގެން ތެޔޮ ނެގުމުގެ މަސައްކަތް ފުޅާކުރުމަށް ނޭބަރޒް އިންޑަސްޓްރީސްއާއެކުވި 9 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުން
  • އަރަމްކޯ އާއި ނޭޝަނަލް އޮއިލްވެލްގެ ދެމެދުގައި އާ ޖޮއިންޓް ވެންޗަރއެއް އުފެއްދުމަށްވި 6 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުން
  • ވެދަރފޯޑް: ތެޔޮ ނެގުމާއި ގުޅޭ 2 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުން
  • ޑޯ ކެމިކަލް ކޮމްޕެނީގެ، ޕޮލިމަރ އުފައްދާ ފެސިލިޓީއެއް ސައުދީގައި ޤާއިމްކޮށް، އެހެން ދާއިރާތަކުން ދިރާސާތައް ހިންގުން
  • މެކްޑަރމޮޓް އާއި އަރަމްކޯ އާއި ދެމެދު ވެވުނު 2.8 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުން
  • ހަނީވެލް އާއި އަރަމްކޯ އާއި ދެމެދު ވެވުނު 2.8 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުން
  • މަތިންދާ ބޯޓު ގަތުމަށް ސައުދީ އެއާލައިންސް އާއި ބޯއިންގ އާއި ދެމެދު ވެވުނު އެއްބަސްވުން
  • ޖެކޮބްސް އިންޖިނިއަރިންގ އާއި އެކު 250 މިލިއަން އެމެރިކާ ޑޮލަރުގެ ފަހުމުނާމާ

މި އެއްބަސްވުންތަކުގެ އިތުރުންވެސް ރައީސް ޓްރަމްޕްގެ ދަތުރުފުޅުގައި އެމެރިކާ އާއި ސައުދީ އަރަބިއާ އާއި ދެމެދު ގިނަ އެއްބަސްވުންތަކެއް ވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު