Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސައުދީ

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އެއް ބައިވެރިއަކީ ސައުދީ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 14 މެއި 2017 | އާދީއްތަ 08:49
އެމެރިކާ އިން ސައުދީ އަށް މިހާތަނަށް ގިނަ އަދަދެއްގެ އެފް-15 ފައިޓާ ޖެޓް ވިއްކާފައިވޭ

އެމެރިކާ އިން ސައުދީ އަށް މިހާތަނަށް ގިނަ އަދަދެއްގެ އެފް-15 ފައިޓާ ޖެޓް ވިއްކާފައިވޭ

އެމެރިކާ އިން ސައުދީ އަށް، އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކުމުގެ ކަންކަން ނިމުމުގެ މަރްހާލާ އާއި ގާތްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާ އިން ސައުދީ އަށް ފޯރުކޮށްދޭ ހަތިޔާރުގެ އަގު 100 ބިލިއަން ޑޮަލަރަށް އަރާނެ ކަމަށް ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާާލާދީ މީޑިއާ ރިޕޯޓުތައް ބުނާއިރު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީއަށް ދަތުރުފުޅެއް ކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިހާރު ފަހުގެ މަރުހަލާގައިވާ 100 ބިިލިއަން ޑިޮލަރުގެ ހަތިޔާރުގެ އެއްބަސްވުމާއެކު، ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެމެރިކާއިން ސައުދީއަށް ފޯރުކޮށްދީފައިވާ ހަތިޔާރުގެ އަގު 300 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެމެރިކާއިން ސައުދީއަށް ހަތިޔާރު ދޭނީ އިޒްރޭލަށްވުރެ ސައުދީގެ އަސްކަރީ ގާބިލުކަން އިތުރު ނުވާ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއްބަސްވުންތަކުގެ ދަށުން އެމެރިކާއިން ސައުދީއަށް ފޯރުކޮށް ދޭ ހަތިޔާރުގެތެރޭގައި ހިމެނެނީ، ޒަމާނީ ހަތިޔާރާއި، އެތަކެތީގެ މެއިންޓެނެންސްއާއި، މިސައިލް ޑިފެންސް ނިޒާމުތަކާއި ކަނޑުމަގުން ސަލާމަތީ ކަންތައްތައް ބަލަހައްޓާނެ ވަސީލަތްތަކެވެ.

އެމެރިކާއަކީ ސައުދީ އަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމެވެ. ރައީސް ޓްރަމްޕްގެ ދައުރުގައިވެސް އަދި ނިމިދިޔަ ރައީސް، އޮބާމާގެ ދައުރުގައިވެސް މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އެއް ބައިވެރިއަކީ ސައުދީއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު