Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

އިރާނަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެބޮޑު ތެލުގެ ރިޒާވް ހިމެނޭ ގައުމު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 20 ފެބުރުއަރީ 2017 | ހޯމަ 15:19
އިރާނުގެ ދިދައިގެ ފަހަތުން ފެންނަނީ ތެޔު އުފައްދާ ޕްލެޓް ފޯމެއްގެ ބައެއް

އިރާނުގެ ދިދައިގެ ފަހަތުން ފެންނަނީ ތެޔު އުފައްދާ ޕްލެޓް ފޯމެއްގެ ބައެއް

އީރާނުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ލޮރެސްތާނުން، ތެލުގެ ބާވަތެއް ކަމަށްވާ ޝޭލް ނަމަކަށް ކިޔާ ތެލުގެ ބާވަތެއް ފެނިއްޖެ ކަމަަށް އޮފިޝަލުން ބުނެފިއެވެ.

ދެ ބިލިއަން ބެރަލްސްގެ ތެލުގެ ރިޒާވް ފެނުނު ކަން ހާމަކުރައްވާފައި ވަނީ، އިރާނުުގެ ދައުލަތުން ހިންގާ ތެޔޮ ކުންފުންޏެއް ކަމަށްވާ ނެޝެނަަލް އިރާނިއަން އޮއިލް ކޮމްޕެނީ (އެންއައިއޯސީ) ގެ ޑެޕިއުޓީ ޑައިރެކްޓާ ފޯ އެކްޕްލޮރޭޝަން، ބަހްމާން ސުލެއިމާނީއެވެ. އިރާނުން އެތައް ބިލިއަން ބެރަލްސްގެ ތެޔޮ ފެނުނުކަން ހާމަކޮށްފައިވަނީ އިރާނުގެ ތަސްނިމް ނިއުސް އެޖެންސީންނެވެ. ސުލެއިމާނީއާ ހަވާލާދީ ތަސްނިމް ނިއުސް އެޖެންސީން ބުނީ "ޝޭލް އޮއިލް" ވަޅުތައް ހުރި ކަމަށް ބެލެވޭ ސަރަހައްދުތަކުގައި މިހާރު ވެސް ދިރާސާއެއް ހަދަމުންދާ ކަމަށެެވެ. އެ ދިރާސާތައް ނިމޭނީ މިއަހަރުގެ އޮކްޓޫބަރު މަހު ކަމަށް ސުލައިމާނީ ވިދާޅުވިއެވެ.

އިރާނަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެބޮޑު ތެލުގެ ރިޒާވް ހިމެނޭ ގައުމު ކަމަށްވާއިރު އިރާނުގައި މިހާރު ހުރި ކަމަށް ޔަގީންވާ ތެލުގެ ރިޒާވުގައި 160 ބިލިއަން ބެރަލްސް އެބަހުއްޓެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި

20 ޖޫން 2017
އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު