Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤުދުސްގެ މައްސަލަ

އެމެރިކާއާއި ދެކޮޅު ވުމަކީ ބޭނުންކަމެއް ނޫން: ބަހްރައިން

ބަޙްރައިން އިން ޔަހޫދީންނާއި ގުޅުން ބަދަހިކުރުމުގެ މައްސަލަ ވަނީ ފަހަކަށް އައިސް ބޮޑުވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 21 ޑިސެމްބަރު 2017 | ބުރާސްފަތި 13:46
ބަޙްރައިންގެ ޚާރިޖީ ވަޒީރުގެ ޓްވީޓް

ބަޙްރައިންގެ ޚާރިޖީ ވަޒީރުގެ ޓްވީޓް

އަރަންވީ ކޮޅެއްގެ މައްސަލައިގައި އެމެރިކާއާއި ދެކޮޅުވުމަކީ ބޭނުންކަމެއް ނޫން ކަމަށް ބަޙްރައިންގެ ޚާރިޖީ ވަޒީރު ޚާލިދު އަލް ޚަލީފާ ވިދާޅުވެއްޖެއެވެ.

ބަޙްރައިންގެ ޚާރިޖީ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރާނުގެ ނުރައްކަލާއި ކުރިމަތިލާން ގުޅިގެން މަސައްކަތް ކުރާ ދަނޑިވަޅެއްގައި އެމެރިކާއާއި ދެކޮޅުވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަރަންވީ ކޮޅެއްގެ މައްސަލަ ކަމަށް ޚާލިދު ސިފަކުރައްވާފައި ވަނީ ޤުދުސްގެ މައްސަލައިގައި އދގެ ޢާއްމު މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރާއި އެއްކޮޅަށް ވޯޓު ދޭ ޤައުމުތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން ދީފައިވާ އިންޒާރަށް ކަމަށް ބެލެވެއެވެ.

އެމެރިކާއަށް ފަހިވާގޮތަށް ބަޙްރައިންގެ ޚާރިޖީ ވަޒީރު ވާހަކަ ދައްކަވާފައި މިވަނީ އިސްރާއީލުގެ ޔަހޫދީ ދައުލަތުގެ ވެރިރަށަކީ ޤުދުސް ކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވަނިކޮށް، ބަހްރައިންގެ ވަފުދެއް އިސްރާއީލަށް ޒިޔާރަތް ކުރި މައްސަލަ ހޫނުވެފައިވަނިކޮށެވެ. އަދި ހަމައެއާއި އެކު، އިސްރާއީލާއި ގުޅުން ޤާއިމް ކުރުމަށް އިސްލާމީ ޤައުމުތަކަށް ބަޙްރައިންގެ ރަސްގެފާނު ގޮވާލައްވާފައިވާ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ. އަދި އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ޢަރަބި ޤައުމުތަކުން ނިންމި ނިންމުން ކުށްވެރި ކުރައްވާ ކަމަށާއި، ބަހްރައިންގެ ރައްޔިތުންނަށް އިސްރާއީލަށް ޒިޔާރަތް ކުރެވޭނެ ކަމަށް ބުނެ ބަޙްރައިންގެ ޚާރިޖިއްޔާއިން ޓްވީޓް ކުރި މައްސަލައެއް ވެސް ފެންމަތިވިއެވެ.

ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންގެ ނުފޫޒުގައި ޢަރަބި ޤައުމުތަކުން ގެންދަނީ އީރާނުގެ ބިރުވެރިކަމުން ސަލާމަތްވުމުގެ ނަމުގައި އިސްރާއީލާއިއެކު ގުޅުން ބަދަހި ކުރަމުންނެވެ. އަދި ޤުދުސްއަށް އެމެރިކާގެ އެމްބަސީ ބަދަލުކުރަން ނިންމި ނަމަވެސް، ޢަރަބި އިސްލާމީ ޤައުމުތަކުން އެކަށީގެންވާ ވަރުގެ ދެކޮޅު ހެދުމެއް އެކަމުގައި ނުފެންނާތީ މުހައްލިލުން ގެންދަނީ ފާޑުކިޔަމުންނެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
15 މެއި 2017

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!
05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު