Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަޚްތަވާރު ބުއްޓޫ

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

އެއީ މޮޔަބިލެއް ކަމަށް ސިފަކުރެއްވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 15 މެއި 2017 | ހޯމަ 12:13
ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ބަޚްތަވާރު ބުއްޓޫ ޒަރުދާރީ

ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ބަޚްތަވާރު ބުއްޓޫ ޒަރުދާރީ

އާއްމު ތަންތަނުގައި ކެއިން ބުއިން މަނާކުރުމަށް "އިހްތިރާމް ރަމަޒާން ބިލް 2017" ގެ ނަމުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖްލީހަށް ހުށަހެޅި އިސްލާހަކަށް ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ބަޚްތަވާރު ބުއްޓޫ ޒަރުދާރީ ދެކޮޅު ހައްދަވައިފިއެވެ.

ރޯދަމަހު ދުވާލު ގަޑީގައި ކާމީހުންނާއި ގުޅޭގޮތުން، ޕާކިސްތާނުގައި ފުރަތަމަ ޤާނޫނެއް ހަދާފައިވަނީ1981 ވަނަ އަހަރު އެވެ. އެއަހަރު ފާސްކުރި ގާނޫނަކީ "އިހްތިރާމީ ރަމަޒާން" ކިޔާ ގާނޫނެކެވެ. އޭގެ ފަހުން އެކިކަހަލަ އިސްލާހު އެގާނޫނަށް ގެނެސްފައިވެއެވެ.

އެގޮތުން ރޯދަ މަހު ދުވާލު ގަޑީގައި އެއްވެސް މުސްލިމަކު އާއްމު ތަންތަނުގައި ކެއުން ބުއިން މަނާކޮށްފައިވެ އެވެ.

އެ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުގައި ވާގޮތުން ރޯދަ މަހު ދުވާލު ކެޔުމުގެ ޚިދުމަށް ދޭ ތަންތަން 500 އާއި 25،000 ރުޕީސްއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

މިފަހަރުގެ އިސްލާހު ކަމުގައިވާ "އިހްތިރާމް ރަމަޒާން ބިލް 2017" އަށް ދެކޮޅު ހައްދަވާ އެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ބަޚްތަވާރު ވިދާޅުވީ އެއީ އިސްލާމް ދީނާ ޚިލާފު "މޮޔަ ބިލެއް" ކަމަށެވެ.

ބަޚްތާވަރު ވިދާޅުވީ ބަލި މީހުންނާއި ކުޑަކުދިންވެސް އުޅޭނެ ކަމަށާއި ޕާކިސްތާނުގެ ކޮންމެ މީހަކީ ރޯދަ ހިފޭނެ މީހެއް ނޫން ކަމަށެވެ.

މިފަދަ ހޫނުގަދަ ދުވަސްވަރެއްގައި ހީޓް ސްޓްރޯކް ޖެހި މީހުން މަރުވުންފަދަ ކަންކަމާއިމެދު އެ އިސްލާހުގައި ބަލާފައި ނުވާ ކަމަށް ބަޚްތާވަރު ވިދާޅުވިއެވެ.

"ސްކޫލްތަކަށް ދާ ކުޑަ ކުދިންނާއި ސިއްހީ މައްސަލަތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ރޯދައެއް ނުހިފިދާނެ" ބަޚްތާވަރު ވިދާޅުވިއެވެ.

ބަޚްތާވަރު ވަނީ އެފަދަ ހާލަތެއްގައި ހުރި ކުއްޖަކު ނުވަތ މީހަކު ފެންފޮދެއް ބޮއިފިނަމަ ނުވަތަ އެއްޗެއް ކަނިކޮށް ފެނިޖެއްނަމަ ހިފާ ހައްޔަރު ކުރަންވީތޯ ސުވާލު އުފައްދާފައެވެ.

އެންމެ ފުރަތަމަ އެ ގާނޫނު ފަސްކޮށް އަމަލުކުރަން ފެށިއިރު، ހީޓް ސްޓްރޯކް މައްސަލަ ބޮޑުވުމުން ޕާކިސްތާނުގެ ބައެއް އިލްމުވެރިންވަނީ ސިއްހަތަށް ނުރައްކާވާނަމަ ރޯދަ ދޫކޮށްލެވިދާނެ ކަމަށް ފަތުވާ ދީފަ އެވެ.

މިފަހަރުގެ އިސްލާހަށް ބަޚްތާވަރުގެ އިތުރުން ބައެއް އެހެން މެންބަރުންވެސް ދެކޮޅު ހެއްދެވިނަމަވެސް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖްލީހުގެ "ރިލިޖަސް އެފެއާޒް ކޮމިޓީ" އިން ވަނީ އެ ބިލް ފާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2019

ނިއު ޒީލެންޑްގެ ކިޔަވާކުދިންނަށް މެންދުރުގެ ކެއުން ހިލޭ ދޭ ޕްރޮގްރާމެއް ފަށަނީ

30 އޯގަސްޓު 2019
ނިއު ޒީލެންޑްގެ ކިޔަވާކުދިންނަށް މެންދުރުގެ ކެއުން ހިލޭ ދޭ ޕްރޮގްރާމެއް ފަށަނީ
15 މެއި 2019

އަލަބަމާގައި އެބޯޝަން މަނާކުރާ ގާނޫނު ފާސްކޮށްފި

15 މެއި 2019
އަލަބަމާގައި އެބޯޝަން މަނާކުރާ ގާނޫނު ފާސްކޮށްފި
06 މެއި 2019

ރޯދަމަހު ކާބޯތަކެތީގެ އަގު ދަށްކޮށްދޭނެ ކަމަށް އުރުދުން ސަރުކާރުން ވައުދުވެއްޖެ

06 މެއި 2019
ރޯދަމަހު ކާބޯތަކެތީގެ އަގު ދަށްކޮށްދޭނެ ކަމަށް އުރުދުން ސަރުކާރުން ވައުދުވެއްޖެ
02 އޯގަސްޓު 2018

ގަތަރުގެ ރައްޔިތުން ހައްޖަށް ދިއުން އެގައުމުން މަނާކުރާ ކަމަށްކުރާ ތުހުމަތު ދޮގުކޮށްފި

02 އޯގަސްޓު 2018
ގަތަރުގެ ރައްޔިތުން ހައްޖަށް ދިއުން އެގައުމުން މަނާކުރާ ކަމަށްކުރާ ތުހުމަތު ދޮގުކޮށްފި
27 މެއި 2018

އެބޯޝަން މަނާކުރާ ގާނޫނު ބާތިލުކުރުމަށް އަޔަލެންޑްގެ ރައްޔިތުން އާނއެކޭ ބުނެފި

27 މެއި 2018
އެބޯޝަން މަނާކުރާ ގާނޫނު ބާތިލުކުރުމަށް އަޔަލެންޑްގެ ރައްޔިތުން އާނއެކޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު