Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޭއެންސީގެ އިންތިޚާބު

ޕާޓީގެ އެތެރޭގެ ތަޅާފޮޅުން ހުއްޓާލުމަށް ޒޫމާ ގޮވާލައްވައިފި

ޕާޓީގެ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2017 | އާދީއްތަ 07:19
ޒޫމާގެ ދައުރު ހަމަވާނީ 2019 ވަނަ އަހަރު

ޒޫމާގެ ދައުރު ހަމަވާނީ 2019 ވަނަ އަހަރު

ޕާޓީގެ ލީޑަރަކު ހޮވުމަށް އިންތިޚާބް ބޭއްވިގެން ދާއިރު އެތެރޭގެ ތަޅާފޮޅުން ހުއްޓާލުމަށް ދެކުނު އެފްރިކާގެ ރައީސް ޖޭކަބް ޒޫމާ ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސްގެ މެމްބަރުންނަށް ގޮވާލައްވައިފިއެވެ.

ޒޫމާވަނީ އޭއެންސީގެ ކުރިމަގުއޮތީ ނުރައްކަލެއްގެ ތެރޭގައިކަމަށް އިންޒާރު ކުރައްވައި އެކަމާ ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާކަމަށް ވިދާޅުވެފައެވެ.

ޒުމާއަށް ފަހު ޕާޓީގެ ލީޑަރުކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ވާދަކުރައްވަމުން ގެންދަވަނީ ނައިބް ރައީސް ސައިރިލް ރަމަފޯސާ އަދި ކުރީގެ ކެބިނެޓް މިނިސްޓަރެއްގެ އިތުރުން ރައީސް ޒޫމާގެ ކުރީގެ އަނބިކަނބަލުން ކޯސޭޒަނަ ދަލަމިނީ ޒޫމާއެވެ.

ކޮންމެ ބޭފުޅަކު މި އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ޒޫމާއަށް ފަހު ވެރިކަމަށް ވަޑައިގެންނެވުމުގެ ފުރުސަތު އެ ބޭފުޅަކަށް ބޮޑުވެގެންދާނެއެވެ. ނަމަވެސް 2019 ވަނަ އަހަރު ބާއްވާ އިންތިޚާބުގެ ކުރިން ޕާޓީގެ އެތެރޭގެ އިންތިޚާބަށްފަހު ޕާޓީ ބައިބައިވެގެން ހިނގައިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ދެން އޮންނަ ރިޔާސީ އިންތިޚާބު ނިމުމާހަމައަށް ރައީސް ޒޫމާއަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވޭނެއެވެ. 2009 ވަނަ އަހަރުންފެށިގެން ވެރިކަމުގައި ޒޫމާ ހުންނެވި އިރު އެ ގައުމުންވަނީ ރިޔާސީ ދައުރަކީ ގިނަވެގެން ފަސް އަހަރުގެ ދެ ދައުރުކަމަށް ކަނޑައަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2017
މިޔަންމާގެ އަސްކަރިއްޔާ އާއި ދެކޮޅަށް "އޭއާރްއެސްއޭ" އިން އެއްމަހަށް ހަމަލާ ބަދަލުކުުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

މިޔަންމާގެ އަސްކަރިއްޔާ އާއި ދެކޮޅަށް "އޭއާރްއެސްއޭ" އިން އެއްމަހަށް ހަމަލާ ބަދަލުކުުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

10 ސެޕްޓެމްބަރު 2017
މިޔަންމާގެ އަމަލުތައް ހުއްޓާލުމަށް ގޮވާލުމަށްޓަކައި އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު މިޔަންމާ އަށް

މިޔަންމާގެ އަމަލުތައް ހުއްޓާލުމަށް ގޮވާލުމަށްޓަކައި އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު މިޔަންމާ އަށް

04 ސެޕްޓެމްބަރު 2017
ރައީސް ޒޫމާގެ ދަރިފުޅުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭނާ ދޮގުކޮށްފި

ރައީސް ޒޫމާގެ ދަރިފުޅުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭނާ ދޮގުކޮށްފި

01 ސެޕްޓެމްބަރު 2017
ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި

ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި

09 އޯގަސްޓު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު