Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޖާ މުސްލިމުން

މިޔަންމާގެ އަސްކަރިއްޔާ އާއި ދެކޮޅަށް "އޭއާރްއެސްއޭ" އިން އެއްމަހަށް ހަމަލާ ބަދަލުކުުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

މިޔަންމާގެ އަސްކަރިއްޔާއިން ދަނީ މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ގިނަ އަމަލުތަކެއް ހިންގަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2017 | އާދީއްތަ 06:52
ރޮހިންޖާ މުސްލިމުންގެ ތެރެއިން އެތައް ބަޔަކު ދަނީ އެބައިމީހުންގެ ވަޒަން ދޫކުރަން ޖެހިފައި

ރޮހިންޖާ މުސްލިމުންގެ ތެރެއިން އެތައް ބަޔަކު ދަނީ އެބައިމީހުންގެ ވަޒަން ދޫކުރަން ޖެހިފައި

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޮޅު ހަދަމުންދާ ރޮހިންޖާ މުސްލިމުންގެ ހަތިޔާރު އެޅި ހަނގުރާމަވެރިން، އަމިއްލަ އިސްނެގުމަށް އެއްމަސް ދުވަހަށް ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.

ރޮހިންޖާ މުސްލިމުންގެ ތެރެއިން އުފެދިފައިވާ ހަނގުރާމަވެރި ޖަމާއަތް "ދަ އަރްކަން ރޮހިންޖާ ސެލްވޭޝަން އާރމީ (އޭއާރްއެސްއޭ)" އިން ހަަމަލާ ބަދަލު ކުރުން އެއްމަހަށް ހުއްޓާލާފައިވާ ކަން ހާމަކޮށްފައި ވަނީ އެ ފަރާތުގެ ޓްވިޓާ މެދުވެރިކޮށެވެ. މިގޮތުން އޭއާރްއެސްއޭ ގެ ޓްވިޓާ އެކައުންޓުގައި ބުނެފައި ވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރި އޮޕަރޭޝަންތައް ވަގުތީ ގޮތުން އެއްމަސް ދުވަހަށް ހުއްޓާލުމަށް އެއްބަސްވާ ކަމަށާއި އެއީ ހާލުގައިޖެހިފައިވާ ރަކައިން ސްޓޭޓަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހި ކުރުމަށްޓަކައި ކަމަށެވެ. އަދި އިންސާނީ ކާރިސާ ކުރިމަތިވެފައިވާ ހުރިހާ މުސްލިމުންނަށް ހުރިހާ ފާރާތްތަކުން ވެސް އެހީވެ ދިނުމަށް އޭއާރްއެސްއޭ އިން ވަނީ ގޮވާލާފައެވެ. އަދި މީގެ އިތުރުން މިޔަންމާ އަސްކަރިއްޔާގެ ލާ އިންސާނީ އަމަލުތައް ހުއްޓާލުމަށް ވެސް ގޮވާލާފަައިވެއެވެ.

ރޮހިންޖާގެ ހަތިޔާރު އެޅި ހަނގުރާމަވެރިން ވަނީ އޯގަސްޓް މަހު 25 ވަނަ ދުވަހު މިޔަންމާގެ ފުލުހުންގެ ޕޯސްޓްއަކަށް ހަމަލާދީ 12 ފުލުހަކު މަރާލާފައެވެ. މިކަމާ ގުޅިގެން މިޔަންމާގެ އަސްކަރިއްޔާ އިން ރަކައިން ސްޓޭޓުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ލާ އިންސާނީ އެތައް އަމަލުތައް ހިންގާ އަދި މުސްލިމުން އެބައިމީހުންގެ ގެދޮރުން ފައްސާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދޭތެރޭ މިޔަންމާގެ ދައުލަތުން ލާއިންސާނީ އަމަލުތައް ހިންގަމުން ދަނީ އިއްޔެ ނޫނީ މިއަދަކު ނޫނެވެ. ވޭތުވެ ދިޔަ އެތަކެއް އަހަރުތަކުގެ ތެރޭގައި ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށްޓަކައި މިޔަންމާގެ އެތައް ހާސް ރޮހިންޖާ މުސްލިމުން އަވަށްޓެރި ގައުމުތަކަށް އެއްގަމު މަގުން ނުވަތަ ކަނޑުމަގުން ވަނީ ހިޖުރަކޮށްފައެވެ.

މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރި ގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުން ވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު