Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާ

މިޔަންމާގެ އަމަލުތައް ހުއްޓާލުމަށް ގޮވާލުމަށްޓަކައި އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު މިޔަންމާ އަށް

މިޔަންމާގެ ސިފައިންގެ ޝިކާރައަކަށް ރޮހިންޖާ މުސްލިމުން ވަނީ ވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 4 ސެޕްޓެމްބަރު 2017 | ހޯމަ 05:45
ރޮހިންޖާ މުސްލިމުންގެ ބަޔަކު ސަލާމަތް ހޯދުމަށް ބަންގްލާދޭޝް އަށް އައުމުން އަނބުރާ ފޮނުވާލާތީ އެކަން ނުކުރުމަށް އެދި މީހަކު ރޮއެ އާދޭސް ކުރަނީ

ރޮހިންޖާ މުސްލިމުންގެ ބަޔަކު ސަލާމަތް ހޯދުމަށް ބަންގްލާދޭޝް އަށް އައުމުން އަނބުރާ ފޮނުވާލާތީ އެކަން ނުކުރުމަށް އެދި މީހަކު ރޮއެ އާދޭސް ކުރަނީ

މިޔަންމާ ސަރުކާރުން އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލުމަށްޓަކައި އިންޑޮނޭޝިއާގެ ސަރުކާރުން އެގައުމުގެ ފޮރިން މިނިސްޓަރު ރެޓްނޯ މާސުޑީ މިޔަންމާ އަށް ފޮނުއްވައިފިއެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އާދިއްތަ ދުވަހު މިކަން އިއުލާން ކުރައްވާފައިވާއިރު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ މިޔަންމާގެ އެމްބަސީއަށް ވަނީ ޕެޓްރޯލް ބޮމެއް އުކުމުގެ ހާދިސާއެއް ވެސް އާދީއްތަ ދުވަހު ހިނގާފައެވެ. މި ޕެޓްރޯލް ބޮން އުކުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައިވާއިރު، 202 މިލިއަން މުސްލިމުން ދިރިއުޅެމުން އަންނަ އިންޑޮނޭޝިއާގައި ވަނީ މިޔަންމާގެ ސަރުކާރަށް ރުޅިވެރިކަމާއި ނަފްރަތު އަމާޒުވެފައެވެ.

މިޔަމަންމާގެ މުސްލިމް ކުޑަކުދިންނާ އަންހެނުންނާ ފިރިހެނުން ރޯމާ ދުވާލު ކަތިލަމުން މަރަމުން އެމީހުންގެ ގެދޮރާ މުދާ ސުންނާފަތިކޮށް އަންދާ އަޅިޔަށް ހަދަމުންދާ ދިޔުމަކަށް ހުއްޓުމެއް ނެތެވެ.

ރިޕޯޓުތައް ބުނާގޮތުން އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު ރެޓްނޯ މާސުޑީ ބަންގްލަދޭޝްއަށްވެސް ވަޑައިގަންނަވާނެއެވެ. ގިނަ އަދަދެއްގެ މިޔަންމާ މުސްލިމުން، މިޔަންމާގައި އެބައިމީހުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އެމަލުތަކުން ސަލާމަތްވުމަށްޓަކައި ބަންގްލަދޭޝްއަށް ދެއެވެ. ރިޕޯޓުތައް ބުނާގޮތުން ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ 73000 މީހުން ބަންގްލަދޭޝްއަށް ގޮސްފައިވެއެވެ. އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ ބަންގްލަދޭޝްގައި ތިބި މިޔަންމާ މުސްލިމުންނަށް އިތުރު އެހީ ދިނުމާ ބެހޭ މަޝްވަރާ ކުރުމަށްޓަކައެވެ.

މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އެމީހުންގެ އަވަށުން ބޭރަށްވެސް ދެވެނީ ހުއްދަ ހޯދައިގެންނެވެ.

ރޮހިންޖާ އަކީ މިޔަންމާގެ މައިނޯރިޓީ ނަސްލަކަށް ނިސްބަތްވާ ބައެކެވެ. އެ މީހުން ވަޒަންވެރިވެފައިވަނީ މިޔަންމާގެ ހުޅަނގުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ރަޚައިން ގައެވެ. ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަމަންމާ އަކުން ރޮހިންޖާ މީހުންނަކީ މިޔަމަންމާގެ ރައްޔިތުން ކަމަކަށް ނުދެކެއެވެ. ރޮހިންޖާ މުސްލިމުންގެ ގޮތުގައި ބެލޭ 1.1 މިލިއަން މީހުންނަށް އަމިއްލަ ގައުމެއް ނެތެވެ.

-

އިތުރަށް ކިޔާލަން

16 ޖޫން 2017

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
08 ޖޫން 2017

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ
08 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ
07 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

07 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ
07 ޖޫން 2017

މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ

07 ޖޫން 2017
މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު