Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ މައްސަލަ

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

ދެގައުމުގެ ވެރިން މި ގޮތަށް އެއްބަސްވީ މިހާރު ކުރިއަށް ދާ ޖީ20 ސަމިޓުގެ ހަވާސާގައި ކުރެއްވި ބައްދަލުވުމެއްގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 8 ޖުލައި 2017 | ހޮނިހިރު 05:45
ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓީން ބައްދަލުކުރެއްވުން

ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓީން ބައްދަލުކުރެއްވުން

ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ ޑީލަކަށް ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑީމިއާ ޕޫޓިން އެއްބަސްވެއްޖެއެވެ.

ދެގައުމުގެ ވެރިން މި ގޮތަށް އެއްބަސްވީ މިހާރު ކުރިއަށް ދާ ޖީ20 ސަމިޓުގެ ހަވާސާގައި ކުރެއްވި ބައްދަލު ކުރެއްވުމެއްގައި ހުކުރު ދުވަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން ދެގައުމުގެ ވެރިން، ވި އެއްބަސްވުމަށް އަމަލު ކުރަން ފަށާނީ ޖީއެމްޓީ ގަނޑިން އާދީއްތަ ދުވަހު 9:00 ގައެވެ. އެއީ ސީރިޔާ ގަނޑިން މެންދުރު 12:00 އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސަަރްގޭ ލަވްރޯވް އާއި ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން، އެމެރިކާ އިން ވަނީ ސީރިޔާގެ ދެކުނުހުޅަނގުގައި ހަރަކާތްތެރިވާ ހުރިހާ ގްރޫޕްތަކެއް ހަަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުމަށް އަމަލު ކުރާނެ ކަމަށް ބުނެފައެވެ.

އެމެރިކާ އާއި ރަޝިޔާގެ އެއްބަސްވުމާއި ގުޅޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވީ ދެގައުމުން ކުރާ މަސައްކަތުގައި ޖޯޑަން ވެސް ބައިވެރިވާނެ ކަމަށެވެ.

މިހާތަނަށް ސީރިޔާގައި ހަަމަލާތައް ބަދަލު ކުރަން ވި އެއްބަސްވުންތައް ވަނީ ފެއިލްވެފައި ނޫނީ ހަމަނުުޖެހުމުން ހުއްޓިފައި މާ ގިނަ ދުވަހަކު ނެތެވެ.

ސީރިޔާ ހަނގުރާމާއިގައި މިހާތަނަށް ބައިމިލިއަނެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި މިލިއަނުން މީހުން ވަނީ ގެދޮރުދޫކޮށްދާން ޖެހިފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު