Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާ - ޗެލްސީ

ހަޒާޑް އަދި މޮރާޓާއަކީ ނުރައްކާތެރި ކުޅުންތެރިން: ވަލްވާޑޭ

12 ޑިސެމްބަރު 2017 | އަންގާރަ 11:18

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 ޑިސެމްބަރު 2017 | އަންގާރަ 11:18
މޮރާޓާ (ވ) ހަޒާޑް (މ) - މި ދެ ކުޅުންތެރިންނަށް ބާސާއިން ފަރުވާތެރިވާނެ ކަމަށް އެ ޓީމުގެ ކޯޗު ވަނީ ބުނެފައި

މޮރާޓާ (ވ) ހަޒާޑް (މ) - މި ދެ ކުޅުންތެރިންނަށް ބާސާއިން ފަރުވާތެރިވާނެ ކަމަށް އެ ޓީމުގެ ކޯޗު ވަނީ ބުނެފައި

އިނގިރޭސިވިލާތުގެ ޗެމްޕިއަން ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި ފޯވާޑް އެޑެން ހަޒާޑް އަދި ހަމަ އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާއަކީ ވަރަށް ނުރައްކާތެރި ދެ ކުޅުންތެރިން ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދާނެއެވެ. މި ދެ ޓީމު ގަދަ ހިފުމަކަށް ނުކުންނައިރު މި ސީޒަނުގައި ބާސާ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް އިނގިރޭސި ޗެމްޕިއަންގެ ގޮތުގައި މި ސީޒަނާއި ކުރިމަތިލި ޗެލްސީއަށް މި ސީޒަނުގައި މާ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ޗެލްސީ ގްރޫޕް ސްޓޭޖުވެސް ނިންމާލީ ގްރޫޕުގެ ދެވަނައިގައި އޮވެގެންނެވެ.

އެއްވެސް މެޗަކުން ބަލިނުވެ ބާސާ ދެވަނަ ބުރަށް ކޮލިފައިވިއިރު ވަލްވާޑޭ ބުނީ ޗެލްސީއަކީ ފިޒިކަލީ އަދި ޓެކްޓިކަލީ ވެސް ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާއި ދެކޮޅަށް ކުޅެން ޖެހުން ދެކެނީ ބޮޑު ޗެލެންޖެއްގެ ގޮތުގައި ކަމަށެވެ. ޗެމްޕިއަންސް ލީގު ހޯދުމުގައި ވަރުގަދަ ޓީމުތައް ބަލިކުރަން ޖެހޭކަން ފާހަގަކުރަމުން ވަލްވާޑޭ ބުނީ ޗެލްސީ ބަލިކުރުމަށް ފަހު ކުއާޓާއަށް ދަތުރުކުރުމަކީ އަމާޒެއް ކަމަށެވެ.

ޗެލްސީއަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އެނގޭ ކަމަށާއި އެ ޓީމާއި ދެކޮޅަށް ކުޅޭ ދެ ލެގުވެސް ވެގެންދާނީ އުނދަގޫ އަދި ބުރަ މެޗުތަކަށް ކަމަށް ވަލްވާޑޭ ހާމަކުރިއެވެ. އެހެން ނަމަވެސް މިއީ ކުޅުންތެރިންނަށް މެޗުން މޮޅުވާން ލިބޭ ބާރެއް ކަމަށާއި ސަޕޯޓަރުންނަށް ރީތި މެޗެއް ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަލްވާޑޭ ވަނީ ދީފައެވެ.

ހަމައެހެންމެ އެ ޓީމުގެ އެޓޭކުގައި މޮރާޓާ ހަރަކާތްތެރިވާ ކަމަށާއި އޭނާއަކީ ކޮންމެ ވަގުތެއްގައި ވެސް މެޗު ބަދަލުކުރުމުގެ ހުނަރު ލިބިގެންވާ ކުޅުންތެރިޔެއް ކަމަށް ވަލްވާޑޭ ބުނެފައިވެއެވެ. އަދި ހަޒާޑްއަކީ ހަލުވި ކުޅުންތެރިޔެއް ކަމަށާއި އޭނާ ހުއްޓުވުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމަށް ވަލްވާޑޭ މި އިންޓަވިއުގައި ބުނެފައިވެއެވެ. މި ދެ ކުޅުންތެރިންނަށް ފަރުވާތެރިވެގެން ބާސާގެ ކުޅުން ބިނާކުރާނެ ކަމުގެ އިޝާރާތެއް ވަލްވާޑޭ ވަނީ ދީފައެވެ.

މި ދެ ޓީމު ވެސް މިފަހަރުގެ މުބާރާތާއި ކުރިމަތިލީ ފެވަރިޓުންގެ ގޮތުގައި ކަމަށްވާއިރު މީގެ ކުރިން ވެސް ޗެމްޕިއަންސް ލީގުގައި މި ދެ ޓީމުގެ ކުރިމަތިލުންތައް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން 2009 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައ މި ދެ ޓީމު ކުޅުނު މެޗުތަކަކީ ތާރީހުން ޖާގަ ހޯދާފައިވާ މެޗުތަކެކެވެ.

ޗެލްސީއާ ދެކޮޅަށް ބާސާ އަށް މެޗު ކުޅެފައިވާއިރު އޭގެތެރެއިން އެންމެ މެޗެއްގައި ވެސް ބާސާގެ ތަރި ލިއޮނެލް މެސީއަށް ލަނޑު ޖެހިފައި ނުވުމަކީ މި މެޗުގެ ޚާއްސަކަން އިތުރު ވެގެންދާ ކަމެކެވެ.

މި ދެ ޓީމު ކުޅޭ ފުރަތަމަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޗެލްސީގެ ދަނޑުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް