Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަދިވެސް ނުލިބޭ!

17 ޖޫން 2019 | ހޯމަ 21:55

އައު ރަންވޭގައި ޓެސްޓް ފްލައިޓްޖެއްސުން ފިޔަވައި އިތުރު ބޭނުމެއް ހިފިފައެއް ނުވޭ

| 17 ޖޫން 2019 | ހޯމަ 21:55
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މީގެ 7 އަހަރު ކުރިން އެންމެ ގަދަޔަށް ދެކެވެމުން ދިޔަ އެއް ވާހަކަޔަކީ ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް ހޯދައިދޭ ވާހަކައެވެ. އިންޑިއާގެ ޖީއެމްއާރްއާއި ހުޅުލެ އެއަރޕޯޓް ހަވާލުކުރުމުން އެކަމާއި ދިވެހިންގެ ތެރެއިން ބަޔަކު ނުރުހި، "ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް" ކަމަށް ބުނެ ކުރި މުޒާހަރާތައް ދިވެހިން އަދިވެސް ހަނދާން އެބަހުއްޓެވެ. އެހެންނަމަވެސް ސުވާލަކީ ޖީއެމްއާރް ބޭރުކޮށްލުމުން ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް ހަޤީގަތުގައިވެސް ލިބުނުތޯއެވެ؟

އެއަރޕޯޓް އެމްއޭސީއެލްގެ ބެލުމުގެ ދަށަށް ގެންގޮސް، އަބްދުﷲ ޔާމީންގެ ސަރުކާރުން ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން އެއަރޕޯޓް ތަރައްޤީކުރުމުގެ ނަމުގައި މަސައްކަތްތަކެއް ކުރިއެވެ. އެއަރޕޯޓްގައި އިތުރު ރަންވޭއެއްވެސް އެޅިއެވެ. އެހެންނަމަވެސް މިއަދާއި ހަމަޔަށްވެސް ޓެސްޓް ފްލައިޓް ޖެއްސުން ފިޔަވައި އިތުރު ބޭނުމެއް އެ ރަންވޭއަކުން ނުހިފެއެވެ. ސަބަބެއްކަމަށްވަނީ ރަންވޭ ޖެހިގެންކަހަލަ ގޮތަކަށް އޮތް ޓީއެމްއޭގެ ސީޕްލޭން ބޭސް އެތަނުން ދުރަށް ނުޖެއްސުމެވެ. އެމަސައްކަތް ކުރަމުންދާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ބޭރު މީހުންގެ ވާހަކަ އަންނަނީ މިހިސާބުންނެވެ.

ޓީއެމްއޭއަކީ ނަމުގައި މޯލްޑިވިއަން ހިމެނުނަސް، އަދި ރާއްޖޭގައި އޮޕަރޭޓް ކުރިޔަސް ބޭރު ކުންފުންޏެއްގެ ބްރޭންޑެކެވެ. އެމެރިކާގެ ބެއިން ކެޕިޓަލްއިން ކުންފުނީގެ މެޖޯރިޓީ ހިއްސާ ނަގާފައިވާއިރު، އެކުންފުނި ރާއްޖޭގައި އޮޕަރޭޓްކުރުމުގައި އެއަރޕޯޓްސް ކޮމްޕެނީގެ ބައެއް އިސްވެރިންގެ އެހީތެރިކަން ލިބޭކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ރާއްޖޭގައި ޓީއެމްއޭއާއި ވާދަކުރަން އިތުރު ކުންފުނިތަކެއް ހުރިނަމަވެސް އެހެން ކުންފުނިތަކަށް ސީޕްލޭން މާކެޓްގެ ބައެއް ދޫކޮށްލާކަށް އެކުންފުނިން ބޭނުމެއް ނުވެއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ސީޕްލޭން ފްލީޓެއް ގެންގުޅުނަސް، އެއިން އުފުލަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ފަތުރުވެރިންނެވެ. އަމިއްލަ 2 އެއަރލައިންކަމަށްވާ މަންތާ އެއަރއާއި ފްލައިމީ އިންވެސް ސީޕްލޭންގެ ޚިދުމަތް ދޭން ބޭނުންވާއިރު، އެކަމަށް ހުރަސްތަކެއް އެބަހުއްޓެވެ. އަދި ޤައުމީ އެއަރލައިން މޯލްޑިއަންގެ ފްލީޓް ބޮޑުކުރަން ބޭނުން ވިޔަސް، އެކަމަށް އޮތް އެއް ހުރަހަކަށް ވެގެންދަނީ ސީޕްލޭން ޓަރމިނަލްގެ ޖާގައިގެ ދަތިކަމެވެ.

ސީޕްލޭން ޓަރމިނަލްގެ ބޮޑު ބައެއް މިހާރުވެސް ޓީއެމްއޭގެ ބާރުގެ ދަށުގައި އޮތްއިރު، އައު ރަންވޭ އާއި ދުރުގައި އެކުންފުނިން ހަދާ އެކުންފުނީގެ އަމިއްލަ ޓަރމިނަލްގެ މަސައްކަތް ނުނިމި އެދަނީ ދިގުލައިގެންނެވެ. އެކަމުގެ ސަބަބުން އައު ރަންވޭ ބޭނުން ނުކުރެވުމުގެ އިތުރަށް، އަމިއްލަ އެއަރލައިންތަކަށް ސީޕްލޭން އޮޕަރޭޓްކުރުމަށް ބޭނުންވާ ޖާގަވެސް ނުލިބި ދަނީ ލަސްވަމުންނެވެ.

ފަތުރުވެރިކަމުގެ ސީޒަން ބޯމަތިވެގެން އަންނައިރު، ކޮންމެ އަހަރަކު ކުރިމަތިވާ އެއަރޕޯޓްގެ ޖާގައިގެ ދަތިކަމާއި، ފަތުރުވެރިން އުފުލުގައި ދިމާވާ ދަތިތަކަށް އަދިވެސް އޮތީ ހައްލެއް ނުލިބިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ސީދާ ނަފާ ލިބޭ ފަރާތްތައް ރާއްޖޭގެ މައި ދޮރާށިކަމަށް ވެލާނާ އެއަރޕޯޓް ހިންގާ އެމްއޭސީއެލްގެ ބޯޑުގައި ތިބެގެން މިކަމަށް ލިބޭ ހައްލެއް ނެތެވެ. ބޭރުގެ ކުންފުންޏަކުން ހިންގާ ޓީއެމްއޭ އަށް އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ފަރާތުން އެހީތެރިކަމާއި މަދަދު ލިބޭކަމަށް އޭވިއޭޝަން ދާއިރާގެ ފަރާތްތަކުން ތުހުމަތުކުރަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް ލިބުމުން ވީ ފައިދާއެއް އެބައޮތްތޯ އަހަން ޖެހެނީ މިހެންވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2017

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!
05 އޮކްޓޯބަރު 2017

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން
09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
04 ޖުލައި 2017

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

04 ޖުލައި 2017
ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
24 ފެބުރުއަރީ 2017

އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު

24 ފެބުރުއަރީ 2017
އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
10 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

10 ޖެނުއަރީ 2017
މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް