Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުވައްމުލަކު

ދިވެހިންގެ ގޮނޑުދޮށްތަކުގައި ދިވެހިންނަށް މަނާ ބޯޑު އެޅުވޭނެތަ؟

ދިވެހިންގެ ބީޗްތަކަށް ދިވެހިންނަށް މިހާރު ވެސް މަނާ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2019 | ހުކުރު 07:26
ފުވައްމުލަކު ތުނޑި ރަށު ފަތުރުވެރިކަމަށް ދޫކުރުމަށްވަނީ ނިންމާފައި

ފުވައްމުލަކު ތުނޑި ރަށު ފަތުރުވެރިކަމަށް ދޫކުރުމަށްވަނީ ނިންމާފައި

ސާފު ފަޅުތަކުން ދޮންވެލި ރީތިތުނޑިތަކުން އުފާ ލިބިގަންނަން ބޭނުންނުވާނީ ފަހެ ކާކުހެއްޔެވެ؟ ދިވެހިންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން މިރާއްޖެ އަންނަނީ ނޫކަނޑާ ދޮންވެލި މިވާ ކުދި ޖަޒީރާތައް ބަލާލާށެވެ. ދޮންވެލި އެފަސްގަނޑުގައި ހިނގާލާ އެމިނިވަންކަމާއި، އުފާ ލިބިގަތުމަށެވެ. ރާއްޖެއަށް ލިބިފައިވާ މިގުދުރަތީ ރީތިކަމުން އެކަމުގެ މަންފާ ދައުލަތުގެ މާލިއްޔަތަށް އެތައް ގުނަ އަކުންދަނީ ކުރަމުންނެވެ. އެވިޔަފާރި ފުޅާވެ ދިވެހިންނަށް ފައިސާ ލިބޭނެ ގޮތްތައް ދަނީ އިތުރުވަމުންނެވެ. ވަޒީފާތައް ދަނީ އިތުރުވަމުންނެވެ. ނަމަވެސް އަޅުގަނޑުމެން އަބަދު ވެސް އެއްކަމެއްގެ މަތިން ހަނދާން ބަހައްޓަންޖެހެއެވެ. ގައުމީ ކޮންމެ ފުކެއްގައި ގައުމީ އިހުސާސްވާ ކަމަށާއި، ރަންރިހި ނޫޓްގެ ކަރުދާސް ބެހިނަމަވެސް ނުވިކޭނެ ކަމަށް ކޮންމެ ދިވެއްސަކު ބުނާނެއެވެ. ނަމަވެސް ކަނޑިޔާ ބަޑިން އަޅުވެތިކުރި ޒަމާން ފާއިތުވެގެން ގޮސް މިއަދު ދިވެހިން އަޅުވެތިމިވަނީ އަމިއްލައަށެވެ. ތަފާތު ގޮތަކަށް އަޅުވެތިކޮށްފިއޭ ބުނެވިދާނެއެވެ. ދިވެހިންނަށް އަމިއްލަ ގައުމުގެ ރީތިކަން ތަޖުރިބާ ކުރުމަށް މިއަދު މަނާވެއްޖެއެވެ. ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކުގައި ހިނގާލުން މަނާވެއްޖެއެވެ. ދިވެހިންގެ ގައުމު ދިވެހިންނަށޭ ބުނެ ވަކާލާތު ކުރި ނަމަވެސް މިއަދުގެ ހަގީގަތަކީ މިއީއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެސްޓްހައުސް ވިޔަފާރިފުޅާވެ، މިއަދު އެރަށްރަށުގެ ބައެއް ސަރަހައްދުތަކުގެ މޫދަށް ފޭބުމަކީ ދިވެހިންނަށް މަނާ ކަމެކެވެ. އެއީ އެރަށުގެ ރައްޔިތުން ނޫން ނަމަވެސް ''ދިވެއްސެއް'' ނަމަ ބީޗްއަށް ފޭބުން މަނަލެވެ. ދިވެހިންގެ އަތްމަތި ތަނަވަސްކޮށްދީ، ގައުމު ކުރިއެރުވުމުގެ ގޮތުން ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި 2009 ވަނަ އަހަރު ނިމެނިކޮށް ޓޫރިޒަމްގެ ގާނޫނުގެ ދަށުން ގެސްޓްހައުސް ވިޔަފާރިއަށް ޚާއްސަ ގަވާއިދާއި، އުސޫލެއް ކަނޑައެޅި، މިވިޔަފާރި ކުރުމަށް ހުއްދަ ދެވިގެންދިޔަ މައިގަނޑު ސަބަބަކީ ވަކި ބަޔަކަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށެވެ. އަމިއްލަ ރަށުން އަމިއްލައަށް އާމްދަނީ ހޯދައިދިނުމަށްޓަކައެވެ. ރަނގަޅު މަގުސަދެއްގައި ފެށި ނަމަވެސް މަދު ބައެއްގެ އަމަލުތަކުން މިއަދު މަގުސަދު ހާސިލްނުވެ ދިވެހިން މިދަނީ އަމިއްލަ ފަސްގަނޑުގައި އަޅުވެތިވަމުންނެވެ. އެއްވެސް އުސޫލެއް ނެތި ރަށުގެ ބޮޑު ބީޗެއް ގެސްޓްހައުސް ވިޔަފާރި ހިންގާ މީހުންގެ އަމިއްލަ މުދަލަށް މިއަދު ހަދައިފިއެވެ. މިއަޑު ނުކެޑިގެން އުޅެނިކޮށް މިއޮތީ އަނެއްކާ ވެސް ރަށު ފަތުރުވެރިކަން ދިވެހިންގެ އަތުގައި ހިފާފައެވެ.

"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ރަށްރަށުން ބީލަމުގެ އުސޫލުން ބިން ދޫކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާންކުރީ ޖުލައި 29 ގައެވެ. އެގޮތުން 11 ރަށަކުން ބިން ދޫކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެ ރައީސް ސޯލިހް ވިދާޅުވީ އެ 11 ރަށަކީ ހއ. ފިއްލަދޫ، ދައްޕަރު ސަރަހައްދާއި، ހއ. އުލިގަން އަދި ހއ. ކެލާގެ އިތުރުން އައްޑޫ ސިޓީގެ 6 ރަށަކާއި ލ. ގަމާއި، ފުވައްމުލަކު ތުނޑީ ސަރަހައްދު ކަމަށެވެ. އަދި މިސަރަހައްދުތައް ކަނޑައަޅާ ހަމަޖެއްސީ އެރަށްރަށުގެ ކައުންސިލާ މަޝްވަރާކުރުމަށްފަހު ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުގެ މިނިންމުމާއެކު ގިނަ ބަޔަކު މިހާރު ދަނީ ނުރުހުންފާޅުކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ނުރުހުންފާޅު ކުރަމުންދަނީ ގިނަ ދިވެހިން މިހާރު ވެސް ގޮސް އުޅޭ ފުވައްމުލަކު ތުނޑީ ސަރަހައްދު ރަށު ފަތުރުވެރިކަމަށް ދޫކުރުމަށް ނިންމީމައެވެ. މިއީ ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ. މިކަން ހުއްޓުވައިދިނުމަށް ވެސް ފުވައްމުލަކު ރައްޔިތުންގެ އިތުރުން ބައެއް ދިވެހިން ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

ރަށު ފަތުރުވެރިކަމަށް 11 ސަރަހައްދެއް ދޫކުރުމަށް ނިންމާފާއިވައިރު ގިނަ ބަޔަކު ފުވައްމުލަކު ތުނޑިދޫކުރުމާ ދެކޮޅަށް ތެދުވާނީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެއެވެ. އެއީ އެހެން ރަށްތަކާއި ހިލާފަށް ގުދުރަތީ ރީތީ މުއްސަނދިކަމެއް ލިބިފައިވާ ފުވައްމުލަކުގެ އެންމެ ހިތްގައިމު އެއް ތަނަކީ އެރަށު ތުނޑި ކަމަށްވާތީއެވެ. ތަނަށް ލައްގާ ވެލިފުށްތަކުގެ ސައިޒާއި އޮމާންކަމާއި ރީތިކަން އެހެން އެއްވެސް ރަށަކަށް ލައްގާ ވެއްޔާ އެއްގޮތެއް ނުވާނެއެވެ. އެރަރަށް ގިނަ މީހުން ދަނީވެސް މިތުނޑި ބަލާލާ އެތަނުގެ ގުދުރަތީކަމުން ހިތްއުފާ ކުރާށެވެ.

ނަމަވެސް ރަށު ފަތުރުވެރިކަމުން އެތަން ނެގުމަށްފަހު ދިވެހިންނަށް އެސަރަހައްދަށް ދިއުން މަނާވާނެ ކަމަށް ބައެއް މީހުންދަނީ ބުނަމުންނެވެ. ގެސްޓްހައުސް ވިޔަފާރިއާއެކު ބައެއް ބީޗްތަކުގައި ދިވެހިން ވަނުން މަނާވި އުސޫލުން ފެންސް ޖަހާ ބަންދުކުރާނެ ކަމަށް އެތަކެއް ދޫތަކަކުން ދަނީ ބުނަމުންނެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިން މާޔޫސްކުރުން ނޫން ނަމަވެސް މިއަދު ދިވެހިން މާޔޫސްވީ މިހާރު ވެސް އެގޮތަށް ކަންތައްތައް ވަމުންދާތީއެވެ.

ހަމަހަމަ އުސޫލެއް ހަދާ, ވިޔަފާރި ހިންގުމަށްދޫކުރި ނަމަވެސް އަމަލެއް ނުކުރެއެވެ. ގަވާއިދާ އެއްގޮތަށް ހިންގާތޯ ބަލައި މޮނިޓަރ ކުރާނެ ބަޔަކު ވެސް ނެތެވެ. އެހެންނަމަ ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ދިވެހިންނަށް ދިވެހިންގެ މޫދަށް އެރުން މަނާކޮށް، ބިކިނީ ލައިގެން އުޅޭ ފަތުރުވެރިން ރަށުގެ ތެރެއިން ނުފެނުނީސްތާއެވެ. ޓޫރިޒަމް މިނިސްޓްރީންނާއި، ރަށު ކައުންސިލްތަކުން ފިޔަވަޅު އަޅާނަމޭ، ހަރުދަނާ ކުރާނަމޭ ބުނުން ނޫން ކަމެއް މިއަދާ ހަމައަށް ކޮށްފައިވާތަން ފެންނާކަށް ނެތެވެ. މައްސަލަ ދަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންނެވެ. އެހެންވީމަ ރަށު ފަތުރުވެރިކަމަށް ފުވައްމުލަކު ތުނޑިދޫކުރުމަށް ގިނަ ދިވެހިން ބޭނުންނުވާނެތާއެވެ.

މިމައްސަލައާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ ކޮންމެ މަސައްކަތެއް ވެސް ކުރިއަށް ގެންދާނީ ރައްޔިތުންނާ ގުޅިގެން ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ތުނޑި ސަރަހައްދު ފަތުރުވެރިކަމަށް ދޫކުރިނަމަވެސް ދިވެހިންނަށް ވަދެވޭނެ ކަމަށާއި، އެއުސޫލު އެކުލަވާލާފައި އޮތީ އެގޮތަށް ކަމަށެވެ.

ލިރާރު ވިދާޅުވީ ރަށު ފަތުރުވެރިކަމުގެ ސަބަބުން ރަށްށަށާއި، ރައްޔިތުންނަށް އެތައް ގޮތަކުން ކުރިއެރުން ލިބޭނެ ކަމަށާއި، އެތަކެއް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި މިއީ ގައުމަށް ލިބޭ ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށު ފަތުރުވެރިކަމަށް ދޫކުރުމަށް ކަނޑައަޅާފައިވާ އައްޑޫ ސިޓީ، ލ.ގަމާއި ހއ. ފިއްލަދޫއާއި، އުލިގަމް އަދި ކެލާގެ ކައުންސިލުން މިކަމަށް ވާނީ ތާއީދުކޮށްފައެވެ. ކައުންސިލުން ބުނީ ރައްޔިތުންނަށް މޫދަށް އެރުން ދަތިނުވާނެ ކަމަށާއި، ޕިކްނިކް ދިއުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅި ހެދިގެންދާނެ ކަމަށެވެ.

ކައުންސިލްތަކުގެ ބަހާއި ސޯޝަލް މީޑިއާގައި އާންމުންފާޅުކުރާ ހިޔާލު ވަރަށް ވެސް ތަފާތެވެ. އުސޫލު ދެފަރާތަށް ހަމަހަމަވި ނަމަވެސް އުސޫލާ އެއްގޮތަށް އަމަލުކުރާނެ ކަމާއިމެދު ގިނަ މީހުން ސުވާލު އުފައްދައެވެ. ގެސްޓްހައުސް ވިޔަފާރިއަށް ޚާއްސަކޮށްފައި އޮންނަ ބީޗަށް ދިވެހިން ދިއުމުން ދިވެހިން ނެރެލާ އުސޫލުން ރަށު ފަތުރުވެރިކަމަށް ޚާއްސަ ކުރާ ސަރަހައްދުތަކުން ވެސް މީހުން ނެރޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިއީ ދިވެހިން ދިވެހިންގެ ގައުމުގައި އަޅުވެތިވުން ނޫންތޯއެވެ؟

ގާނޫނުތަކާއި ގަވާއިދުތައް ހެދި އެއަށް އުސޫލުތައް ބިނާކުރެވިގެންދާއިރު އޭގެ މައްޗަށް އަމަލު ކުރެވިދާތަން މަދުފަހަރަކު ފަހަރަކުއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ގަވާއިދާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅި މިނިޒާމް ހަރުދަނާ ކުރަންޖެހެއެވެ. ރަށްރަށުގައި އުޅޭ ފަތުރުވެރިންނަށް ވެސް އެރަށްރަށުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހިފަހައްޓަން ބާރުއަޅަން ޖެހެއެވެ. ޖަޒީރާވަންތަކޮށް މުޅި ރާއްޖެ ތަރައްގީކުރާނަމަ ބަންދު ބޯޑު އެޅުވުމާއި، ފެންސް ޖެހުން ހުއްޓުވަން ޖެހެއެވެ. ނޫން ނަމަ ފުވައްމުލަކުގެ ތުނޑިއަށް ދިއުމަށް މަނާ ބޯޑު އަޅުވާ މަންޒަރު ފެނުމަކީ މާދުރުގައި ވާނެ ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

03 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު