Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައިޓީބީ ފެއަރ

އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަސްހުނި ވަރަށް ކަމުދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 މާރިޗު 2019 | ހުކުރު 13:19
އައިޓީބީ ފެއަރގައި ލިޔެލާ ޖެހުމުގެ މަސައްކަތް ދައްކާލަނީ

އައިޓީބީ ފެއަރގައި ލިޔެލާ ޖެހުމުގެ މަސައްކަތް ދައްކާލަނީ

"މިކަހަލަ މަސައްކަތެއް ކުރަން ވަރަށް ގިނައިރު ނަގާނެ، އަސްލު ވަރަށް ކެތްތެރިކަމާއެކު މިކަހަލަ މޮޅު މަސައްކަތެއް ކުރެވޭނީ" މިއީ ދިވެހިންގެ ލިޔެލާޖެހުމުގެ މަސައްކަތް ބެލުމަށްފަހު ރާއްޖެ ސްޓޯލަށް ޒިޔާރަތްކުރި ސައުދީ އަރައްބިއްޔާގެ ރައްޔިތަކު ބުނި ވާހަކައެކެވެ.

ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި އައިޓީބީ ފެއަރ ފަށާފައިވާއިރު، ރާއްޖޭގެ ގިނަ ކުންފުނިތަކުން ވަނީ މި ފެއަރގައި ބައިވެރިވެފައެވެ. ފެއަރއަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިގެން ދިޔައީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ ލިޔެލާ ޖެހުމުގެ މަސައްކަތަށެވެ.

ލިޔެލާ ޖެހުމަށް ލަކުޑި ބޭނުންކުރާއިރު މި މަސައްކަތަކީ ވަރަށް ގިނައިރު ހޭދަވާ ކަމެކެވެ. ލިޔެލާ ޖެހުމުގެ މަސައްކަތްތައް ތަފާތު ސިފަސިފަގައި ފެނިގެންދެއެވެ. އެގޮތުން ލިޔެލާ ޖެހި ގަލަމާއި، ދަޅާއި، ކުރަނޑީގެ އިތުރުން މާޓުކުރި ވެސް އުފައްދައެވެ.

ލިޔެލާ ޖެހުމުގެ މަސައްކަތުގައި 35 އަހަރު ހޭދަކޮށްފައިވާ އުމުރުން 48 އަހަރުގެ އިބްރާހިމް ސޯލިހް ބުނީ، މިތަނަށް ޒިޔާރަތްކުރާ ވަރަށް ގިނަ ފަރާތްތަކަށް ލިޔެލާ ޖެހުމުގެ މަސައްކަތް ކަމުދާ ކަމަށާއި، އާންމުން މި މަސައްކަތް ފެނިފައި ވަރަށް ހައިރާންވާ ކަމަށެވެ.

މި ފެއަރގެ ތެރެއިން އެންމެ ތަފާތުކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ދިވެހި ރަހަތަށް ވަގުތުން ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކާ ހަމައަށް ގެނެސްދިނުމެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ފެއަރގައި ރޮށި ފިހުމުގެ އިތުރުން މަސްހުނި ވަގުތުން ތައްޔާރު ކުރެއެވެ. މި މަސައްކަތުގައި ކޮންމެ ދުވަހަކު ތިން އަންހެނުން ހަރަކާތްތެރިވާއިރު ކޮންމެ ދުވަހަކު ހަތް ފަހަރަށް މަސްހުނި ތައްޔާރުކުރަން ޖެހެއެވެ. އަދި ދުވާލެއްގެ މައްޗަށް 150 ރޮށި ފިހަން ޖެހެއެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ ފާތިމަތު މުހައްމަދު ބުނީ، މަސްހުނީގެ ރަހަ ވަރަށް ގިނަ ބަޔަކަށް ކަމުދާ ކަމަށާއި، ވަގުތުން އެތަކެތި ތައްޔާރުކުރާ ތަން ފެނުމުން އެމީހުން އެކަމަށް ޝައުގުވެރިކަން އިތުރުވެގެންދާ ކަމަށެވެ.

ފެއަރގެ ތެރެއިން ދުފުމުގެ ބާވަތާއި، ތެލުލި ބަނބުކޮޔެ، ކުޅި ރޮށި، އަލަފަދަ ބާވަތްތައް ލިބެން ހުރެއެވެ. މިތަކެތީގެ ތެރެއިން އެންމެ ޑިމާންޑު ބޮޑީ ބަނބުކޭލާއި، ރިހާކުރަށެވެ.

މި ފެއަރގެ ތެރެއިން ރާއްޖޭގެ ސަގާފީ ހަރަކާތްތަކާއި، ނެށުމުގެ އިތުރުން ބޮޑުމަހުގެ ކުޅިވަރުތައް ވެސް ދައްކާލާފައިވެއެވެ.

ރާއްޖޭގެ ޓީމްގެ ފަރާތުން މި ފެއަރގެ ތެރެއިން ފެނިގެން ދިޔައީ ވަރަށް އެކުވެރި އުފާވެރި މަންޒަރެކެވެ. އެއީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ ޓީމްގެ ފަރާތުން ކުރިއަށް ގެންދިޔައި ފޮޓޯ ޝޫޓެވެ. ރާއްޖޭގެ ފަރާތުން މި ފެއަރގައި ބައިވެރިވި ހުރިހާ ކުންފުނިތަކުގެ އަންހެން ކަނބަލުން ވަނީ އެއްތަނަކަށް އެއްވެ ފޮޓޯ ނަގާފައެވެ. މިއީ މިކަހަލަ ފެއަރއެއްގެ ތެރެއިން އެންމެން ވެސް ދެކެން ބޭނުންވާނެ އުފާވެރި މަންޒަރެއްކަން ޔަގީނެވެ.

އިތުރަށް ކިޔާލަން

30 މެއި 2018

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

30 މެއި 2018
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
17 އެޕްރީލު 2018

ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

17 އެޕްރީލު 2018
ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟
15 ފެބުރުއަރީ 2018

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު
12 ޑިސެމްބަރު 2017

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!
10 ޑިސެމްބަރު 2017

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު