Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަނގުރާމައިގެ ޖަރީމާ

ކޮންގޯގައި އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ 14 ސިފައިން މަރާލައިފި

ބުރާސްފަތި ދުވަހުގެ ރޭ ދިން އެ ހަމަލާގައި 53 މީހުން ޒަޚަމްވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2017 | ހޮނިހިރު 04:37
ކޮންގޯގައި މަސައްކަތްކުރާ ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ ޓެންޒޭނިއާ އިން ނަގާފައިވާ ސްޕެޝަލް އިންޓަރވެންޝަން ބްރިގޭޑް ފޯސަސްގެ ސިފައިން

ކޮންގޯގައި މަސައްކަތްކުރާ ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ ޓެންޒޭނިއާ އިން ނަގާފައިވާ ސްޕެޝަލް އިންޓަރވެންޝަން ބްރިގޭޑް ފޯސަސްގެ ސިފައިން

އދ. ގެ ސުލްހަބަލަހައްޓާ ފައުޖުގެ 14 ސިފައިންނާއި ކޮންގޯ އެއަރ ފޯސްގެ ފަސް މެމްބަރަކު ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަރާލައިފި ކަމަށް އދ. އިން ބުނެފިއެވެ.

އދ. އިން ބުނި ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި އެ ޖަމާއަތުގެ ސުލްހަ ބަލަހައްޓާ ފައުޖަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

އެ ޖަމާއަތުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ދިން އެ ހަމަލާގައި 53 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

"މި ހަމަލާ ވަރަށް ފާޅުކަން ބޮޑުކޮށް ކުށްވެރިކުރަން" އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސުލްހަ ބަލަހައްޓާ ފަރާތްތަކާ ދެކޮޅަށް ގަސްތުގައި ދެވޭ މިފަދަ ހަމަލާތަކަކީ ބަލައިގަނެވޭނެ ހަމަލާތަކެއް ނޫން ކަމަށާއި މިއީ ހަނގުރާމައިގެ ޖަރީމާ ހިންގުން ކަމަށް އެ ބަޔާނުގައިވެއެވެ.

"ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިދާރާތަކަށް އަޅުގަނޑު ގޮވާލަން މި ހާދިސާ ތަހުގީގުކޮށް އަދި ހަމަލާދިން ފަރާތްތައް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް. މިފަދަ ހަމަލާތައް ދޭ ފަރާތްތަކަށް މި ގައުމުގަ ނޫނީ އެހެންތަނެއްގައި ވިޔަސް އެއްވެސް ލުޔެއް އޮވެގެން ނުވާނެ."

މި ހަމަލާ ދީފައިވަނީ ނޯތު ކިވޫގައި ގާއިމްކޮށްފައިވާ އދ. ގެ އޯގަނައިޒޭޝަން ސްޓެބިލައިޒޭޝަން މިޝަންގައެވެ. މި ސަރަހައްދަކީ އެލައިޑް ޑެމޮކްރެޓިކް ފޯސަސްގެ ހަނގުރާމަވެރިން ތަކުރާރުކޮށް ހަމަލާ ދީފައިވާ ސަރަހައްދެކެވެ.

އދ. ގެ ތަރުޖަމާނުގެ ނާއިބު ވިދާޅުވީ ސުލްހަ ބަލަހައްޓާ ފައުޖުގެ ސިފައިންގެ ތެރެއިން ގިނަ މީހުންނަކީ ޓެންޒޭނިއާގެ ރައްޔިތުން ކަމަށެވެ.

އެ ސަރަހައްދުގެ ރޭޑިއޯ ސްޓޭޝަނަކަށް އަސްކަރިއްޔާއިން ދީފައިވާ މައުލޫމާތާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަވެރިންނާ ސުލްހަ ބަލަހައްޓާ ފައުޖާ ދެމެދު ހަތަރު ގަޑިއިރުވަންދެން ހަމަލާ ބަދަލުކުރެވުނެވެ.

އދ. ގެ ހިސާބުތަކުން ދައްކާ ގޮތުން 1999 ވަނަ އަހަރު ސުލްހަ ބަލަހައްޓާ ފައުޖުތައް އެގައުމަށް ދިޔަ ފަހުން މިހާތަނަށް އެ ފައުޖުތަކުގެ 300 އެއްހާ ސިފައިން ވަނީ މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު