Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަރީރީގެ އިސްތިއުފާ

ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި

ފްރާންސް ދަތުރުފުޅަށްފަހު ހަރީރީވަނީ މިނިވަން ދުވަސް ފާހަގަކުުރުމަށް ގައުމަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 ނޮވެމްބަރު 2017 | ބުދަ 00:38
އަންގާރަ ދުވަހުގެ ރޭ ހަރީރީ އެނބުރި ބެއިރޫތައް ވަޑައިގެން އެއަރޕޯޓަށް ފައިބައިވަޑައިގަންނަވަނީ

އަންގާރަ ދުވަހުގެ ރޭ ހަރީރީ އެނބުރި ބެއިރޫތައް ވަޑައިގެން އެއަރޕޯޓަށް ފައިބައިވަޑައިގަންނަވަނީ

ސައުދީ އަރަބިއްޔާގައި ހުންނަވައި ލުބުނާނުގެ ބޮޑުވަޒީރުކަމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަހަށްފަހު ސައުދުލް ހަރީރީ އެނބުރި ބެއިރޫތައް ވަޑައިގެންފިއެވެ.

ވެރިރަށް ލުބުނާނުގެ ބައިނަލްއަގްވާމީ އެއަރޕޯޓަށް ހަރީރީ ވަޑައިގެންފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ލުބުނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވިކަން ހަރީރީ އިއުލާނު ކުރައްވާފައިވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ހުންނަވައިގެންނެވެ. ލުބުނާނުގެ ރައީސް އަދި ސަރުކާރުން ހަރީރީގެ އިސްތިއުފާ ގަބޫލުކުރައްވާފައެއް ނުވެއެވެ.

އިސްތިއުފާގެ ތަގުރީރުގައި ހަރީރީވަނީ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ ލުބުނާނުގެ ދާހިލީ ކަން ކަމަށް އިރާނާއި އަދި އިރާނާ ރަހްމަތްތެރި ހިޒްބުﷲ ޖަމާއަތުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އަވާހަރާކޮށްލަން ބަޔަކު އުޅޭ ކަމަށް ވެސް ހަރާރީ ތުހުމަތު ކުރެއްވިއެވެ.

ހަރީރީގެ އިސްތިއުފާ ވެގެންގޮސްފައިވަނީ ލުބުނާނު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓި، ނިމުމެއް ނެތް ހަމަނުޖެހުމަކަށް ވެއްޓިދާނެކަމުގެ ބިރު އުފެދުނު ކަމަކަށެވެ.

މީގެ އިތުރުން ލުބުނާނު ކުރީސަފުގައި ބާއްވައިގެން ސައުދީ އަރަބިއްޔާއާއި އިރާނާ ދެމެދު އިތުރު ކޯޅުންގަޑެއް އުފެދިދާނެކަމުގެ ބިރު އޮތީ ހީވެފައެވެ.

ލުބުނާނުގެ އޮފިޝަލުން ކުރިން ވިދާޅުވެފައިވަނީ ހަރީރީގެ އިސްތިއުފާ ގަބޫލުކުރައްވާނެ ހަމައެކަނި ގޮތަކީ އެ ގައުމުގެ ފަސްގަނޑުގައި ހުންނަވައިގެން އިސްތިއުފާ ދެއްވުންކަމަށެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގައި ހަރީރީ ހުންނެވީ ގޭ ބަންދުގައިކަމަށްވެސް ލުބުނާނުގެ އޮފިޝަލުންވަނީ ތުހުމަތުކުރައްވާފައެވެ. ނަމަވެސް އެ ތުހުމަތުތައް ހަރާރީ ދޮގުކުރައްވައެވެ.

ހަރާރީއާއެކު ތިއްބެވި ސިޔާސީ ލީޑަރުން ވާދަވެރި ސިޔާސީ ފަރާތްތަކުންވެސް ޑިމާންޑްކޮށްފައިވަނީ ގައުމަށް އެނބުރި ވަޑައިގެން ރަސްމީކޮށް އިސްތިއުފާ ހުށަހެޅުއްވުމަށެވެ.

ހޮނިހިރު ދުވަހު އާޢިލާއާއެކު ފްރާންސަށް ވަޑައިގެން އެގައުމުގެ ރައީސް އެމަނުއެލް މެކްރޮން އާ ބައްދަލުކުރެއްވުމަށްފަހު ހަރީރީ ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
03 މާރިޗު 2017

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި

03 މާރިޗު 2017
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި
03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު