Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހާބަރު ކަޑަތައް

ހާބަރު ސަރަހައްދުގައި އަޅާ ފުޑްކޯޓުގެ ކައުންޓަރުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ހާބަރު ކަޑަތައް ނަގައި، މިއަހަރުގެ މެއި މަހު މަސައްކަތް ފެށީ އެއް މަސްދުވަހުން މަސައްކަތް ނިންމާގޮތަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2017 | ބުދަ 23:23
ހުޅަނގު ދެކުނު ހާބަރު ސަރަހައްދު ތަރައްޤީކޮށް ނިމޭއިރު ހުންނާނެ ގޮތުގެ ޚިޔާލީ ކުރެހުމެއް

ހުޅަނގު ދެކުނު ހާބަރު ސަރަހައްދު ތަރައްޤީކޮށް ނިމޭއިރު ހުންނާނެ ގޮތުގެ ޚިޔާލީ ކުރެހުމެއް

ހާބަރު ކަޑަތައް ހުރި ސަރަހައްދުގައި ހަދާ ފުޑް ކޯޓުގައި ކެއިން ބުއިމުގެ ޚިދުމަތް ދޭނެ ފަރާތްތައް ހޯދުމަށް އެސްޓީއޯއިން އިއުލާންކުށްފިއެވެ.

ބުދަ ދުވަހު އެސްޓީއޯއިން ކޮށްފައިވާ އިއުލާނުގައި ވަނީ ފުޑް ކޯޓުގައި ޚިދުމަތް ދޭން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީކުރުން އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހު ހެނދުނު 8:30އިން 2:00އަށް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެ ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 2:00އާއި ހަމަޔަށް މައުލޫމާތު ސާފުކުރެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރުމަށް އެދޭ ފަރާތްތަކަށް ޑިސެމްބަރު މަހުގެ 6ވަނަ ދުވަހުގެ 2:00ގެ ކުރިން ޖަވާބު ފޮނުވާނެކަމަށް އެސްޓީއޯއިން ބުނެއެވެ. ފުޑް ކޯޓު ހިންގަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 12ވަނަ ދުވަހެވެ. ޕްރޮޕޯސަލްއާއެކު އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ.

މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކުރިން ހާބަރު ކަޑަތައް ހިންގި ސަރަހައްދުގައި ހުރި 40 ވަރަކަށް ކަޑަ ނެގުމަށްފަހު އެތަނުގައި ފުޑް ކޯޓުތައް އެޅުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ މެއި މަހުއެވެ. އޭރު ހައުސިން މިނިސްޓްރީއިން ބުނީ މަހެއްގެ ތެރޭގައި އެމަސައްކަތް ނިމޭނެކަމަށެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2020

މިދިއަ އަހަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 75 ޕަސެންޓް ދަށަށް!

15 އޯގަސްޓު 2020
މިދިއަ އަހަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 75 ޕަސެންޓް ދަށަށް!
17 ޖޫން 2020

ކޮވިޑް-19ގެ ހާލަތުގައި މި ސަރަހައްދުގައި ހަމައެކަނި އޮޕަރޭޓްކުރި އެއަރލައިނަކީ މޯލްޑިވިއަން: މޯލްޑިވިއަން

17 ޖޫން 2020
ކޮވިޑް-19ގެ ހާލަތުގައި މި ސަރަހައްދުގައި ހަމައެކަނި އޮޕަރޭޓްކުރި އެއަރލައިނަކީ މޯލްޑިވިއަން: މޯލްޑިވިއަން
23 މެއި 2020

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އެންމެ ގިނަ އިން އެތެރެކުރީ ސިއްހީ ސާމާނާއި ފޭސް މާސްކް

23 މެއި 2020
މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އެންމެ ގިނަ އިން އެތެރެކުރީ ސިއްހީ ސާމާނާއި ފޭސް މާސްކް
23 އެޕްރީލު 2020

ރަށްރަށުން ގެންނަ މުދާ ޑިސްޓްރިބިއުޓް ކުރަން ނޯތް ހާބަރުގައި ސެންޓަރެއް

23 އެޕްރީލު 2020
ރަށްރަށުން ގެންނަ މުދާ ޑިސްޓްރިބިއުޓް ކުރަން ނޯތް ހާބަރުގައި ސެންޓަރެއް
13 އެޕްރީލު 2020

އެހީގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫން: އާޓާ

13 އެޕްރީލު 2020
އެހީގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫން: އާޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު