Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ އެތެރެކޮށްފައިވާ ތަކެތީގެ ތަފާސް ހިސާބު

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އެންމެ ގިނަ އިން އެތެރެކުރީ ސިއްހީ ސާމާނާއި ފޭސް މާސްކް

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފޭސް މާސްކު ގަތުމަށް 17 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 މެއި 2020 | ހޮނިހިރު 07:47
އައިޖީއެމްއެޗްގައި ހުންނަ ލެބޯޓްރީ

އައިޖީއެމްއެޗްގައި ހުންނަ ލެބޯޓްރީ

މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެންމެ ގިނައިން އެތެރެ ކޮށްފައިވަނީ ފޭސް މާސްކާއި ސިއްހީ ސާމާނުކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ އިމްޕޯޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު 4،974،267 (ހަތަރު މިލިއަން ނުވަ ލައްކަ ހަތްދިހަ ހަތަރު ހާސް ދުއިސައްތަ ފަސްދޮޅަސް ހަތް) ފޭސް މާސްކް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެތެރެކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފޭސް މާސްކަށް ހޭދަކޮށްފައިވަނީ 0.6 މިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފޭސް މާސްކު ގަތުމަށް 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ދެން އެންމެ ގިނަ އަދަދަށް ހޭދަ ކޮށްފައިވަނީ ސިއްހީ ސާމާނު ގަތުމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު 22 މިލިއަން ސިއްހީ ސާމާނު ގަތުމަށް ހޭދަކުރިއިރު މިއަހަރުގެ ތިން މަސް ދުވަހު ހޭދަ ކޮށްފައިވަނީ 138 މިލިއަން ރުފިޔާ އެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އައިސްފައިވާ ބަދަލުތަކެވެ.

ރާއްޖެ އެތެރެކޮށްފައިވާ އެހެން ތަކެއްޗަށް ބަލާއިރު ކާޑުގެ ބާވަތްތައް އެތެރެކޮށްފައިވާ މިންވަރުވެސް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 16 އިންސައްތަ މައްޗަށް ޖެހިފަ އެވެ. އެގޮތުން ކާޑުގެ ބާވަތްތައް ގަތުމަށް މިދިޔަ އަހަރު 151 މިލިއަން ރުފިޔާ ފުރަތަމަ ތިން މަސްދުވަހު ޚަރަދު ކުރިއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ހޭދަކޮށްފައިވަނީ 176 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދެން އެންމެ ގިނައިން އެތެރެ ކޮށްފައިވަނީ ގަނޑުކުރި ކުކުޅެވެ. އެގޮތުން 3462 ޓަނުގެ ކުކުޅު ވަނީ އެތެރެކޮށްފަ އެވެ. މިދިޔަ އަހަރު 396 މިލިއަން ރުފިޔާ ހޭދަ ކުރިއިރު މިއަހަރު ހޭދަކޮށްފައިވަނީ 423 މިލިއަން ރުފިޔާ އެވެ.

ޒަރޫރީ މުދާތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރު ދަށަށް ގޮސްފައިވާ ތަކެއްޗަކީ، އަލުވި، ޕެޑު، ނެޕީ އަދި ކައްކާ ގޭހެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!
14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު