Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަން އެއަރލައިން

ކޮވިޑް-19ގެ ހާލަތުގައި މި ސަރަހައްދުގައި ހަމައެކަނި އޮޕަރޭޓްކުރި އެއަރލައިނަކީ މޯލްޑިވިއަން: މޯލްޑިވިއަން

އޭޕްރީލް 15 އިން މެއި މަހުގެ ނިޔަލަށް 700 ފްލައިޓްގެ ދަތުރު ކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 ޖޫން 2020 | ބުދަ 08:23
މޯލްޑިވިއަންގެ ފްލައިޓެއް: ކޮވިޑް-19 އެންމެ ނުރައްކާތެރި ދަނޑިވަޅުގައިވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދިޔަ

މޯލްޑިވިއަންގެ ފްލައިޓެއް: ކޮވިޑް-19 އެންމެ ނުރައްކާތެރި ދަނޑިވަޅުގައިވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދިޔަ

ކޮވިޑް-19 ރޯގާގެ އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ދެކުނު އޭޝިޔާ ސަރަޙައްދުގައި ހަމައެކަނި އޮޕަރޭޓްކުރަމުންދިޔައީ ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަންކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާވީ، މިސަރަހައްދުގައި ވެސް ހަމައެކަނި އޮޕަރޭޓް ކުރަމުންދިޔަ އެއަރލައިންއަށް މޯލްޑިވިއަން ވުމަކީ ލިބިގެންދާ ފަހުރެއް ކަމަށެވެ. އެހެންވެ އެކަން ފާހަގަ ކޮށްލާކަމަށެވެ.

ރިޒްވީ ވިދާޅުވީ، މާލެ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތުގެ ތެރެއިން އޭޕްރީލް 15 އިން ފެށިގެން މެއި މަހުގެ ނިޔަލަށް ގާތްގަނޑަކަށް 4،500 ފަސިންޖަރުން އުފުލާފައިވާއިރު، އެއީ ގާތްގަނޑަކަށް 700 ފްލައިޓްގެ ދަތުރު ކަމަށެވެ. އެއީ އިންޓަރނޭޝަނަލް ދަތުރުތަކާއި ރާއްޖޭގެ އެތެރޭގެ ދަތުރުތަކާއި އަދި ސީ ޕްލޭން ދަތުރުތައް އެއްކޮށްލައިގެން ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

ކޮމެޓީގެ މިބައްދަލުވުމުގައި ރިޒްވީ ވިދާޅުވީ ފުރަބަންދު ކުރުމާއި އަދި ރާއްޖެ އަންނަ އެއަރލައިންތަކުގެ ދަތުރުތައް ހުއްޓާލުމުން، ކާރގޯ އޮޕަރޭޝަން ހިންގުމަށް ބޮޑެތި ދަތިތަކެއް ދިމާވި ނަމަވެސް، ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށް ބޮޑު އޮޕަރެޝަނެއް ހިނގަންޖެހުނު ކަމަށެވެ. އެގޮތުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރީ އެއަރބަސްގެ ދެ އެއަރކްރާފްޓް ބޭނުންކޮށްގެން އޭޕްރީލް 15 އިން ފެށިގެން މައި މަހުގެ ނިޔަލަށް ގާތްގަނޑަކަށް 500 ޓަނުގެ ކާރގޯ ރާއްޖެ ގެނެވުނުމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

ރިޒްވީ، ވިދާޅުވީ، ކޮވިޑް-19 ރޯގާ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެރުތެމުންދިޔަ އަދި ރާއްޖޭގައި އެ ރޯގާ ފެތުރެމުންދިޔަ ދަނޑިވަޅެއްގައި ކަމަށްވާތީ، މޯލްޑިވިއަންގެ އޮޕަރޭޝަންތައް ހިންގާފައިވާނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާއި، އަދި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއާޓާ)ގެ ގަވާއިދާގެ ތެރެއިން ކަމަށެވެެ.

ރިޒްވީ ވިދާޅުވީ ކޮވިޑްގެ ތެރެއިން މޯލްޑިވިއަންގެ އޮޕަރޭޝަންތައް މެދުކަނޑާނުލައި، ހިންގިއިރު، މިހާތަނަށް އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން ޕޮޒިޓިވްވީ 4 މުވައްޒަފުން ކަމަށެވެ. އެ 4 މުވައްޒަފުން ޕޮޒިޓިވް ވެފައިވަނީ ވެސް ކުންފުނީގެ މަސައްކަތުގެ މާހައުލުގެ ތެރެއިން ނުވަތަ ކުންފުނީގެ އޮޕަރޭޝަންގެ ތެރެއިން ނޫންކަމަށްވެސް ރިޒްވީ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

29 މެއި 2022

ބޭންކު މިއޮތީ މިހާތަނަށް އޮތް އެންމެ ރަނގަޅު ހާލަތުގައި: ސީއީއޯ، ޓިމް

29 މެއި 2022
ބޭންކު މިއޮތީ މިހާތަނަށް އޮތް އެންމެ ރަނގަޅު ހާލަތުގައި: ސީއީއޯ، ޓިމް
13 ޑިސެމްބަރު 2020

އުންމީދަކީ މާލެ ސަރަހައްދުގައި ގެސްޓް ހައުސްތައް ހުޅުވާލުމާއިއެކު 2500އެއްހާ އެނދު އޮޕަރޭޓްކުރަން ފެށުން - ޓޫރިޒަމް މިނިސްޓްރީ

13 ޑިސެމްބަރު 2020
އުންމީދަކީ މާލެ ސަރަހައްދުގައި ގެސްޓް ހައުސްތައް ހުޅުވާލުމާއިއެކު 2500އެއްހާ އެނދު އޮޕަރޭޓްކުރަން ފެށުން - ޓޫރިޒަމް މިނިސްޓްރީ
03 އޮކްޓޯބަރު 2020

ޓެރިފްތަކުގެ ތެރޭގައި ހިމެނޭ އެހެން ސަރޗާޖްތައް ނަގާނެ، އުވާލީ ހަމައެކަނި ދަންވަރު ނަގާ ސްޓީވްޑޯރިން ސަރޗާޖް: އެމްޕީއެލް

03 އޮކްޓޯބަރު 2020
ޓެރިފްތަކުގެ ތެރޭގައި ހިމެނޭ އެހެން ސަރޗާޖްތައް ނަގާނެ، އުވާލީ ހަމައެކަނި ދަންވަރު ނަގާ ސްޓީވްޑޯރިން ސަރޗާޖް: އެމްޕީއެލް
07 ސެޕްޓެމްބަރު 2020

ހަމައެކަނި ޓޫރިސްޓުންނަށް ގެސްޓްހައުސްތައް ހުޅުވާލައިގެން ދެކޮޅު ނުޖެހޭނެ: ޝިފާހް

07 ސެޕްޓެމްބަރު 2020
ހަމައެކަނި ޓޫރިސްޓުންނަށް ގެސްޓްހައުސްތައް ހުޅުވާލައިގެން ދެކޮޅު ނުޖެހޭނެ: ޝިފާހް
12 އޯގަސްޓު 2020

އެފްއެސްއެމް އީޒީފިލް 2 އަދި 4 އަކުން ހަމައެކަނި ކާޑުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފި

12 އޯގަސްޓު 2020
އެފްއެސްއެމް އީޒީފިލް 2 އަދި 4 އަކުން ހަމައެކަނި ކާޑުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު