Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މިއަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީ

މިދިއަ އަހަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 75 ޕަސެންޓް ދަށަށް!

މިއަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 992.72 މިލިއަން ރުފިޔާ، އެއީ މިދިއަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 75.1 ޕަސެންޓް ދަށްވުމެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 އޯގަސްޓު 2020 | ހޮނިހިރު 08:23
މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ބޭލުމުގެ މަސައްކަތް ކުރިއަށް ދަނީ. ކޮވިޑުގެ ހާލަތާ ގުޅިގެން އިމްޕޯޓް ވިޔަފާރި ވެސް ވަނީ ދަށަށް ގޮސްފައި

މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ބޭލުމުގެ މަސައްކަތް ކުރިއަށް ދަނީ. ކޮވިޑުގެ ހާލަތާ ގުޅިގެން އިމްޕޯޓް ވިޔަފާރި ވެސް ވަނީ ދަށަށް ގޮސްފައި

މި އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީ، 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 75 ޕަސެންޓަށްވުރެ ދަށްވެއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ދެވަނަ ކުއާޓާގައި ބަލައިގެންފައިވަނީ 992.72 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި މީރާއިން ވަނީ 3.99 ބިލިއަން ރުފިޔާ ބަލައިގެންފައެވެ. އެހެންކަމުން މިއީ، މިއަހަރުގެ ދެވަނަ ކުއާޓާއާއި މިދިއަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 75.1 ޕަސެންޓް ދަށްވުމެކެވެ.

Advertisement - businessAdvertisement

މީރާއިން ބުނެފައިވާ ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓާގައި މީރާއަށް ބަލައިގަތްފައިވާ އާމްދަނީގެ އަދަދު މިހާބޮޑުތައް ދަށަށް ގޮސްފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓެކްސް އަދި ޓެކްސް ނޫން ފީތައް ދައްކަންޖެހޭ ސުންގަޑި މިއަހަރުގެ ތިންވަނަ ކުއާޓާއަށް ފަސްކޮށްދީފީފައިވާތީ ކަމަށެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީ ބެހިފައިވާ ގޮތަކަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މީރާއަށް 483.36 މިލިއަން ރުފިޔާ ބަލައިގަތްފައިވާއިރު، އެއީ ލިބުނު އާމްދަނީ 48.7 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ރިސޯޓު ކުލިންނެވެ. ރިސޯޓު ކުލީގެ ގޮތުގައި 192.46 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ އާމްދަނީގެ 19.4 ޕަސެންޓެވެ.

މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 47.66 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ އާމްދަނީގެ 4.8 ޕަސެންޓެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 41.42 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ، އާމްދަނީގެ 4.2 ޕަސެންޓެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 41.03 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 4.1 ޕަސެންޓެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓާގައި ޓެކުހުގެ ގޮތުގައި 670.86 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިއަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 79.8 ޕަސެންޓް ދަށްވުމެކެވެ. އަދި ޓެކްސް ނޫން އެހެނިހެން އާމްދަނީގެ ގޮތުގައި 321.86 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ މިދިއަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 60.3 ޕަސެންޓްގެ ދަށްވުމެކެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިޞާދު ހީނަރުވެފައިވާ ދަނޑިވަޅުގައި ރާއްޖޭގެ އިގްތިޞާދު އެއްކޮށް ހުއްޓުމަކަށް އައެވެެ. އެގޮތުން މާރޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާފައި މިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވިނަމަވެސް، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުން މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ކުރިން އަންދާޒާކުރި މިންވަރާ ގާތައް ވެސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރާނެ ކަމަށް ނުބެލެވެއެވެ. ރާއްޖެއަށް ލިބޭ އާމްދަނީގެ 80 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަނޭޝަނަލް ޓޫރިޒަމް ދެވަނަ ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު މަހު ބާއްވަނީ

އިންޓަނޭޝަނަލް ޓޫރިޒަމް ދެވަނަ ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު މަހު ބާއްވަނީ

14 ޖުލައި 2018
ފުޑް ކޯޓްތަކުގެ އެއްވަނަ ބްލޮކް އާއި ދެވަނަ ބްލޮކް މި މަހު ނިމޭނެ: އެސްޓީއޯ

ފުޑް ކޯޓްތަކުގެ އެއްވަނަ ބްލޮކް އާއި ދެވަނަ ބްލޮކް މި މަހު ނިމޭނެ: އެސްޓީއޯ

05 މާރިޗު 2018
ދިރާގަށް ހަތަރު ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 200 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ދިރާގަށް ހަތަރު ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 200 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

31 ޖެނުއަރީ 2018
"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

05 ނޮވެމްބަރު 2017
ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި

ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި

23 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު