Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
2017 ރިވިއު

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތަކެއް ކަނޑައެޅުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2017 | ހޮނިހިރު 19:14
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ފާއިތުވެގެން ދިޔަ އަހަރުތަކުގެ ތެރޭގައި މި ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާއަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވެގެން ދިޔައީ ކޯޓުތަކުގެ ނިންމުންތަކާއި ފަނޑިޔާރުންގެ އަމަލުތަކުގައި ސިޔާސީ ކުލަ ހޭކިފައިވުމުންނެވެ. ޝަރުއީ ދާއިރާގެ އިތުބާރާއި ތަސައްވަރު ގުޅިފައިވަނީ އާންމުން އެ ދާއިރާއާ ދެކޭގޮތުގެ މައްޗަށް ކަމަށްވާއިރު، ފާއިތުވެގެން ދިޔަ އަހަރުތަކެކޭ އެއްގޮތަށް 2017 ވަނަ އަހަރަކީވެސް ރާއްޖޭގެ ޝަރުއީ ދާއިރާ "ހަރާބުވަމުންދާ" މިންވަރު ހާމަވެގެން ދިޔަ އަހަރެކެވެ. ސަރުކާރަށް ކުރިމަތިވި ކޮންމެ "ބައްޔަކަށް" "އަވަސް ފަރުވާ" ދިނީ ޝަރުއީ ދާއިރާއިންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވާދަވެރި ސިޔާސީ ބޭފުޅުންނަށް އިއްވަމުންދިޔަ ހުކުމްތަކާއި ހިންގަމުން އައި ޝަރީއަތްތަކުގެ ތެރެއަށް، 2017 ވަނަ އަހަރު އިތުރު ބޮޅުތަކެއް ވަނީ އިތުރުވެފައެވެ. އެގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމް ފާހަގަކޮށްލެވެއެވެ. ގާސިމަށް ހުކުމް އިއްވީ، ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވަނިކޮށް، ޣައިރު ހާޒިރުގައެވެ.

މީގެ އިތުރުން، ރިޝްވަތު ދިނުމުގެ ތުހުމަތުގައި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ތަހުގީގު ނުނިމޭ، ދައުވާ ނުކުރާ، ޝަރީއަތް ނުފަށާ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ބަންދުކުރި ކުރުމަކީ 2017 ވަނަ އަހަރުގެ ތެރޭގައި ހިނގައިދިޔަ ފާހަގަކޮށްލެވޭ ކަމެކެވެ. ފާރިސް ހައްޔަރުކުރި އަމުރާއި ބަންދުކުރި އަމުރުގެ އިސްތިއުނާފު މައްސަލަ ބައްލަވަމުން ގެންދެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެނައި ކުއްލި ބަދަލާއި، އެ ބަދަލާއި ގުޅިގެން މިހާތަނަށްވެސް އިސްތިއުނާފު މައްސަލަ ނިމިފައިނުވާކަން ފާހަގަކުރަންޖެހެ އެވެ. ފާރިސްގެ މައްޗަށް ޝަހްސް އޮޅުވާލުމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާކުރެވި، ޝަރީއަތް ދަނީ ހިންގަމުންނެވެ.

2017 ވަނަ އަހަރު ނިމުނުއިރު، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހުއާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)އާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީއާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)އާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފުއާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުއާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދުގެ މައްޗަށް ދައުވާކޮށްފައިވަނީ، ޖުލައި 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަަލައިގަ އެވެ. މި މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާއެވެ.

2017 ވަނަ އަހަރަކީ ޝަރުއީ ދާއިރާއިން ނެރުނު އަމުރުތަކަކާއި ހުކުމްތަކެއްގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީއިން ވަކިކޮށްފިނަމަ، ނުވަތަ ޕާޓީއިން ވަކިވެއްޖެނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 45 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވަނިކޮށް ކުރި ހުކުމުގެ "ނާޖާއިޒު" ބޭނުން ހިފައި، ޕީޕީއެމްއިން ވަނީ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލާފަ އެވެ. ނުވަތަ އެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ބުނަމުންނެވެ. ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ބައެއް މެންބަރުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް، އެކޯޓުން އެ މައްސަލައިގައި ސާފު ހުކުމެއް ނެރެފައެއް ނުވެއެވެ. ޝަރުއީ ދާއިރާގެ އެންމެ މަތީ މަރުހަލާއިން ސާފުކޮށް، އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނުވަތަ ނޫން ކަމަށް ބުނެފައިނުވާތީ އަހަރު ނިމެންދާއިރުވެސް، "ހަގީގަތުގައިވެސް ގޮނޑި ގެއްލިއްޖެތޯ" ގައުމުގައި ދަނީ ސުވާލުކުރެވެމުންނެވެ. މި މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން، ދަންވަރުގެ ވަގުތެއްގައި ބަންޑާރަނައިބު ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވާ މަންޒަރު ފެނުމާއި، ބައެއް ފަނޑިޔާރުންނަށް ކުރިމަތިވަމުންދިޔަ "އުނދަގޫ ހާލަތުތަކަކީ" އަހަރު ނިމޭއިރުވެސް ރައްޔިތުންގެ ހަނދާނުގައި ހުރި ކަންކަމެވެ.

މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ބަޔާންކޮށް ކުރި ހުކުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކުރާ މައްސަލަތަކުގައި ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި ހުކުމް ސުޕްރީމް ކޯޓުން ކޮށްފައިވަނީ، ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކެއް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނިކޮށެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބަންޑާރަނައިބު ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ ގޮތުގައި، އެކަށީގެންވާ ސަބަބެއް ނެތި ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެއެވެ. އަދި އެކަށީގެންވާ ސަބަބަކާ އެކު ނަގާ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި ނަމަވެސް އެކަމުގެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން ކުރި ހުކުމުގައިވެއެވެ.

މިކަންތައްތަކުގެ އިތުރުން، 2017 ވަނަ އަހަރު ޝަރުއީ ދާއިރާގައި ހިނގި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޝަރުއީ ދާއިރާގައި ހިނގަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، 56 ގާނޫނީ ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓަށާއި ބަންޑާރަނައިބުގެ އޮފީހަށް ޕެޓިޝަނެއް ހުށަހެޅުމެވެ. ސުޕްރީމް ކޯޓުން ޕެޓިޝަން ބަލައިނުގަތްއިރު، ޕެޓިޝަނުގައި ސޮއިކުރި ހުރިހާ ވަކީލުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއާއެކު ޝަރުއީ ދާއިރާއަށް އެތެރެއާއި ބޭރުގެ ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. ސުޕްރީމް ކޯޓަށް ގޮސް މައާފަށް އެދުމުން، ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން، ގިނަ އަދަދެއްގެ ވަކީލުންގެ ސަސްޕެންޝަން އުވާލި އެވެ. އެެހެންނަމަވެސް، އަހަރު ނިމޭއިރުވެސް ބައެއް ވަކީލުން ތިބީ އަދިވެސް ސަސްޕެންޝަނުގަ އެވެ.

މިއީ ޝަރުއީ ދާއިރާގެ ތެރޭގައި 2017 ވަނަ އަހަރު ހިނގައިދިޔަ ބައެއް ކަންތައްތަކެވެ. އަހަރުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކާއެކު، ޝަރުއީ ކޯޓުތަކުން ވަނީ ގާނޫނު އަސާސީ ދިފާއުކުރުމަށް ފަސްޖެހި، ގާނޫނު އަސާސީ އިން ކޯޓުތަކަށް ދީފައިވާ މަނަހުގެ ބޭރަށް ފިޔަވަޅުއަޅައި، އިންސާފާ ދުރުވެގަނެ، ގާނޫނަށްވުރެ ސިޔާސީ މަސްލަހަތަށް ލެނބިގަނެ، އަމަލު ކުރަމުންދަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރެއެވެ. ކޯޓުތަކުގެ ފަނޑިޔާރުންނާމެދު އާންމުންގެ މެދުގައި އުފެދިފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކުން ދުރުވެގަތުމަށް، ކޯޓުތަކުން ނުވަތަ ޖުޑީޝަލް ސަރވިސްކޮމިޝަނުން އިސްނަގައިގެން ކަމެއް ކުރެވިފައެއް ނެތެވެ. ޖުޑިޝަރީގެ އިތުބާރު ހޯދުމަށް ޖުޑިޝަރީގެ އެތެރެއަށް ގެނެވިފައިވާ އިސްލާހެއް ނެތެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް، ޝަރީއަތްކުރުމުގައި ބައެއް ފަނޑިޔާރުން އަމަލުކުރައްވާ ނޭދެވޭ އިޖުރާއަތުތައް އިސްލާހުކުރަން ކަމެއް ކުރެވިފައެއް ނެތެވެ. އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި ފޯމްތައް ހެދުނު ކަމަކަށް ނުވިއެވެ. ކަންކަން ހުރީ ގާނޫނީ އިމުން ބޭރުގައެވެ. ގާނޫނާ ޚިލާފު ކަންކަންކުރަން ހިތްވަރު ލިބޭ ގޮތަށެވެ. ކޯޓުތަކަށް ފާޑުކިޔާ ފަރާތްތަކަށް އިންޒާރުދީ ނޫސްބަޔާން ނެރުމަކުން ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ނުކުރެވޭނެއެވެ. ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކޮށް ކޯޓުތަކަށް އާންމުން އިހުތިރާމުކޮށް އިތުބާރު ކުރާނީ ފަނޑިޔާރުންގެ ސުލޫކާއި ޝަރިއަތްކުރާ ގޮތަށް އިސްލާހު ގެނެވިގެންނެވެ. ސިޔާސީ ނުފޫޒުތަކުންނާ ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްވެ ތިބިކަން ރައްޔިތުންނަށް އަމަލީގޮތުން ދައްކައިދީގެންނެވެ. ވަޒީފާގައި ދެމިތިބުމަށްވުރެ ބޮޑަށް ފަނޑިޔާރުން އިސްކަންދޭނީ އުސޫލުތަކުގައި ހިފަހައްޓައި އުސޫލުތަކުގެ މަތީގައި ދެމިތިބުންކަން އަމަލާއި ބަހުން ދައްކައިދީގެންނެވެ.

މި ކަންތައްތަކާއެކު 2017 ވަނަ އަހަރު ފާހަގަކުރެވިގެންދަނީ ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒުވަދެ، "ހަރާބުވެފައިވާ" މިންވަރު ހާމަވެގެންދިޔަ އަހަރެއްގެ ގޮތުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު