Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ޚާރިޖީ ސިޔާސަތު

ޚާރިޖީ ސިޔާސަތު މުރާޖަޢާކުރާކަށް ނުވޭތޯ؟

ލިޔެފައިވާ ޚާރިޖީ ސިޔާސަތާއި އެއްގޮތަށް އަމަލުކުރާ ތަނެއް ނުފެނޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 14 ޖޫން 2018 | ބުރާސްފަތި 18:34
ޚާރިޖީ ވަޒީރު މުހައްމަދު އާސިމް (ވ): ފެއިލްވެފައިވާ ވަޒީރެއް ކަމަށް ގިނަ ބަޔަކު ސިފަކުރޭ

ޚާރިޖީ ވަޒީރު މުހައްމަދު އާސިމް (ވ): ފެއިލްވެފައިވާ ވަޒީރެއް ކަމަށް ގިނަ ބަޔަކު ސިފަކުރޭ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެވެ. އަވަށްޓެރިން އިސްކުރުމެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގެ ތެރެއަށް ވަދެނުގަތުމެވެ. މިހާރުވެސް، ލިޔެކިޔުމުން ފެންނަ ގޮތުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ އެއީއެވެ. އެހެން ނަމަވެސް ކަން ހިނގަނީ އެހެންތޯއެވެ؟

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބުނާ ގޮތުން ޤައުުމުތަކާއިއެކު އޮންނަ ގުޅުންތަކުގެ ޒަރީޢާއިން ރާއްޖޭގެ ސިޔާދަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެސިޔާސަތުގެ ލަނޑުދަނޑިއެކެވެ. އެހެންނަމަވެސް މިއަދު އެކަން ހިނގަނީ އެމަގުންތޯއެވެ؟ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަކި ބަޔަކަށް ވިއްކާލައިގެން ސިޔާދަތު ވީތަނެއް މިހާރު ނޭނގެއެވެ. ޚާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވަނީ އިތުރު ބިރުވެރިކަމެވެ. އިންޑިއާ ކަނޑުގެ އެންމެ ސްޓްރެޓީޖިކް ލޮކޭޝަންގައި ރާއްޖެ އޮތް އިރު، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއަށް ވަދެ، އެކަމުގައި ވަކިކޮޅެއް ނަގައި، ރާއްޖޭގެ ސަރަހައްދީ އިން ނުރައްކަލުގެ ތެރެއަށް މިވަނީ ހުށަހެޅިފައެވެ.

ޚާރިޖީ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ކުރިއެރުވުން އެއީ ސަރުކާރުން ކުރަން ޖެހޭކަމެކެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ޚާރިޖީ ސިޔާސަތުގެ ތެރެއިން ރާއްޖެ އިޤްތިޞާދީ އަނދަވަޅަކަށް ވައްޓާލާތަނެވެ. ރާއްޖެއަށް ނުދެއްކޭ މިންވަރުން ވަކި ޤައުމަކުން ލޯނު ނަގައިގެން އެޤައުމަށް ރާއްޖެ މިދަނީ އަޅުވެތިވަމުންނެވެ. ރާއްޖެއަށް ލިބޭހާ ފައިސާއެއް ޗައިނާއަށް ދޭން ޖެހޭ ހިސާބަށް ދިޔައީމަ ޚާރިޖީ ސިޔާސަތު އެއޮތީ ވަރަށް ފުރިހަމަވެފައި ނޫންތޯއެވެ؟

ދެކުނު އޭޝިއާ ސަރަހައްދުގެ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަކީވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެކެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ރާއްޖެ މިފެންނަނީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ގުޅުންތައް ގޯސްކުރަން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައެވެ. އަމުދުން ރާއްޖެއިން ދެކުނު އޭޝިއާގެ ޤައުމުތަކާއިއެކު އޮންނަ ގުޅުން ދުވަހަކަށް ވުރެ ދުވަހަކަށް މިދަނީ ކުޑަވަމުންނެވެ. ދެކުނު އޭޝިއާގައި އޮތް ބޮޑު ޤައުމަކީ އިންޑިއާއެވެ. އިންޑިއާއައި ރާއްޖޭގެ ގުޅުން މިއިން ޒަމާނަކު ހީނަރުނުވާހާ މިންވަރަށް މިވަނީ ހީނަރުވެފައެވެ. ޕާކިސްތާނާއި އެކު އޮންނަ ގުޅުން ޗައިނާ މެދުވެރިވެގެން ރަނގަޅުކުރުމަށް މަސައްކަތްކުރިނަމަވެސް، ސަރުކާރުގެ ހުދުމުޚުތާރުކަމުން ޕާކިސްތާނުން މާ ގަޔާވާ ޤައުމަކަަށް ރާއްޖެ ނުވެއެވެ. އަފްޣާނިސްތާނާއިއެކު އޮންނަ ގުޅުން އެއޮންނަ ގޮތަކަށް އެބައޮތެވެ. ސްރީލަންކާއާއިއެކު އޮންނަ ގުޅުންވެސް ފެންނަނީ ދުވަހަކަށްވުރެ ދުވަހެއް ދަށަށް ދާތަނެވެ. ބަންގްލަދޭޝް އާއިއެކު އޮންނަ ގުޅުންވެސް ރަނގަޅުވާތަނެއް ނުފެނެއެވެ. ނޭޕާލާއި ބޫޓާނާއިއެކު އޮންނަ ގުޅުން ރަނގަޅުކުރަން މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.

ބޭރު ޤައުމުތަކުގައި ޤާއިމްކޮށްފައިވާ އެމްބަސީތަކުންވެސް ދިވެހިންނަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ފެއިލްވެފައިވާ ޚާރިޖީ ސިޔާސަތު ޕްރޮމޯޓްކުރެވޭތޯ މަސައްކަތްކުރާތަނެވެ.

ޗައިނާއާއި ސަޢޫދީއަށް ބަރޯސާވެފައިވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން އެހެން ޤައުމުތަކުގައި ޤާއިމްކޮށްފައިވާ އެމްބަސީތަކަށް ދޭން ޖެހޭ އަހައްމިއްޔަތުކަމެއް ދޭތަނެއް ނުފެނެއެވެ.

ރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލައި، ދާދިފަހުން އެވޯޓުން ފެއިލްވުމުން އެއިންވެސް ފެނިގެންދިޔައީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާ މިންވަރެވެ. ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާކަން ސަރުކާރުންވެސް ޤަބޫލުކުރާކަން އެނގެއެވެ. ސަބަބަކީ ޚާރިޖީ ވަޒީރުގެ ބަދަލުގައި ކެމްޕޭންގެ އެންމެ ފަހުގެ ޙަރަކާތްތަކަށް ފިޝަރީޒް މިނިސްޓަރ ޝައިނީ ފޮނުއްވުމެވެ. ރައީސް ޔާމީނަށް އެމަނިކުފާނުގެ ޚާރިޖީ ވަޒީރަށް އިތުބާރު ނެތްކަން އެއިންވެސް ފެނިއްޖެއެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ނުލިބުމަކީ އުފާކުރަން ޖެހޭ ކަމެއް ނޫނެވެ. ހިތާމަކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ ނަން ބޭރު ދުނިޔޭގެ ކުރިމަތީގައި ކިލަނބުވެފައިވާ މިންވަރެވެ. އެހެންނަމަވެސް، ފިލާވަޅު ލިިބިގަންނަން ޖެހޭ އެއްކަމެއް އެބައޮތެވެ. އެއީ މިފަހަރު ފެއިލްވިޔަސް، ޚާރިޖީ ސިޔާސަތު އިސްލާހުކޮށް، އަނެއްކާވެސް ކުރިމަތިލެވިދާނެކަމެވެ. ދެން ފަހަރަކު ގޮނޑި ކާމިޔާބުވެސް ވެދާނެ ކަމެވެ. 1996ވަނަ އަހަރު އިންޑިއާއިން ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލިއެވެ. ލިބުނީ އެންމެ 40 ވޯޓެވެ. 2002ވަނަ އަހަރުވެސް ކުރިމަތިލިއެވެ. ލިބުނީ އެންމެ ވޯޓެކެވެ. ރާއްޖެއިން މިފަހަރު 46 ހޯދުމުން، އިންޑިއާއިން ހޯދި ނަތީޖާތަކަށްވުރެ ތަންކޮޅެއް ނަމަވެސް ރަނގަޅެވެ.

އެހެން ނަމަވެސް 2010 ވަނަ އަހަރު އެގޮނޑި އިންޑިއާ ކާމިޔާބުކުރީ 187 ޤައުމުގެ ރުހުމާއި އެކުގައެވެ. އިންޑިއާއިން ކުރިމަތިލުމުން އެހެން ޤައުމަކުން އެގޮނޑިއަށް ކުރިމަތިނުލީ އިންޑިއާއިން ގެންގުޅުނު ޚާރިޖީ ސިޔާސަތު އެހެން ޤައުމުތަކުން ބަލައިގަތުމުންނެވެ. ކަޒަކިސްތާނުންވެސް ކުރިމަތިލާފައި، ފަހުން ނަން އަނބުރާ ނެގީއެވެ.

ރާއްޖެއާއި ވާދަކޮށް ސަލާމަތީ މަޖިލީހުގެ ގޮނޑި މިފަހަރު ކާމިޔާބުކުރި އިންޑޮނީޝިއާވެސް 2005 ވަނަ އަހަރު ހަމަ އެގޮނޑިއަށް ކުރިމަތިލައިގެން ލިބުނީ އެންމެ ވޯޓެކެވެ. އެހެން ނަމަވެސް ޖެހިގެން އައި އަހަރު ތަފާތު ބޮޑު ނަތީޖާއަކުން ނޭޕާލް ބަލިކޮށް 158 ވޯޓާއިއެކު އިންތިޚާބު ކާމިޔާބުކޮށް 2007ވަނަ އަހަރު ސަލާމަތީ މަޖިލީހަށް ވަނެވެ. އަދި މިފަހަރުވެސް ގޮނޑި ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ދަންނަވަން މިއުޅޭ ވާހަޔަކީ، ޚާރިޖީ ސިޔާސަތަކީ އިސްލާހުކުރެވޭނެ އެއްޗެއް ކަމެވެ. ބައިނަލްއަޤްވާމީ ދުނިޔޭގެ ކުރިމަތީގައި އަދިވެސް ރާއްޖޭގެ ނަން ހިފެހެއްޓިދާނެކަމެވެ. ބޭނުންވަނީ އިޚްލާސްތެރިކަމާއިއެކު އެކަން ކުރާނެ ސަރުކާރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބަށް 66 ދުވަސް: ކެންޑިޑޭޓުން ދައްކައި، ސިޔާސަތުތައް ބުނެދިނީ އެމްޑީޕީ އެކަނި

އިންތިހާބަށް 66 ދުވަސް: ކެންޑިޑޭޓުން ދައްކައި، ސިޔާސަތުތައް ބުނެދިނީ އެމްޑީޕީ އެކަނި

30 ޖެނުއަރީ 2019
ޚާރިޖީ ގުޅުންތަކުގެ ވާހަކަ އޮޅުވާލަން އުޅެނީ ވަކި ބަޔަކު!

ޚާރިޖީ ގުޅުންތަކުގެ ވާހަކަ އޮޅުވާލަން އުޅެނީ ވަކި ބަޔަކު!

01 ޑިސެމްބަރު 2018
ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!

ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!

20 ސެޕްޓެމްބަރު 2018
އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

16 ސެޕްޓެމްބަރު 2018
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: ގަރުނުގެ އެންމެ ބޮޑު ޖޯކު!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: ގަރުނުގެ އެންމެ ބޮޑު ޖޯކު!

02 އޯގަސްޓު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު