Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެޑް ކަޕް

17 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާއިން ފެޑް ކަޕް ކާމިޔާބު ކޮށްފި

13 ނޮވެމްބަރު 2017 | ހޯމަ 12:14

އެމެރިކާ ވަނީ ފައިނަލުގައި ބެލާރޫސް ތިން މެޗު ދެ މެޗުން ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 ނޮވެމްބަރު 2017 | ހޯމަ 12:14
އެމެރިކާގެ ކުޅުންތެރިން މި މުބާރާތް ކާމިޔާބު ކުރުމަށް ފަހު

އެމެރިކާގެ ކުޅުންތެރިން މި މުބާރާތް ކާމިޔާބު ކުރުމަށް ފަހު

ދުނިޔޭގެ ގައުމުތަކުގެ ގައުމީ އަންހެން ޓެނިސް ކުޅުންތެރިންގެ މެދުގައި ކުޅެވޭ ފެޑް ކަޕްގެ ޗެމްޕިއަންކަން 17 އަހަރަށް ފަހު އެމެރިކާއިން ހޯދައިފިއެވެ.

ވިލިއަމްސް ދެބެއިން ކަމަށްވާ ސެރޭނާ އާއި ވީނަސްއާ ނުލައި މި މުބާރާތާއި ކުރިމަތިލި އެމެރިކާއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބެލާރޫސްގެ މައްޗަށް ތިން މެޗު ދެ މެޗުން ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން ކުޅޭ ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކުރާ ޓީމަކަށް ޗެމްޕިއަންކަން ކަށަވަރު ވެގެންދެއެވެ. އެމެރިކާއިން ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ ސެމީގައި ތިން މެޗު ދެ މެޗުން ޗެކް ރިޕަބްލިކް ބަލިކޮށްގެންނެވެ. އަދި ބެލާރޫސް ފައިނަލުން ޖާގަ ހޯދީ ސެމީގައި ތިން މެޗު ދެ މެދުން ސްވިޓްޒަލޭންޑް ބަލިކޮށްގެންނެވެ.

ބެލާރޫސްގައި ކުޅުނު ފައިނަލްގެ ފުރަތަމަ މެޗުގައި އެމެރިކާގެ ކޯކޯ ވެންޑެހޯ ވަނީ ސީދާ ދެ ސެޓުން ބެލާރޫސްގެ އެލެކްސެންޑްރާ ސަސްނޮވިޗް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވެންޑެހޯ ގެންދިޔައީ 6-4 އަދި 6-4 އިންނެވެ. ބެލާރޫސްއަށް ފައިނަލްގެ ނަތީޖާ ހަމަހަމަ ވެގެންދިޔައީ ދެވަނަ މެޗުގައި އެ ޓީމުގެ އަރީނާ ސަބަލެންކާ ދެ ސެޓު އެއް ސެޓުން އެމެރިކާގެ ސްލޮއާން ސްޓެފަންސް ބަލިކުރުމުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-3 އިން ސަބަލެންކާ ގެންދިޔަ ނަމަވެސް ސްޓެފަންސް ވަނީ ދެވަނަ ސެޓު 6-3 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސަބަލެންކާ މި މެޗު ކާމިޔާބުކުރީ ފަހު ސެޓު 6-4 އިން ގެންގޮސްގެންނެވެ.

އެމެރިކާއަށް ފައިނަލްގެ ލީޑު އަލުން އަނބުރާ ލިބިގެންދިޔައީ ތިން ވަނަ މެޗުގައި ކޯކޯ ވެންޑެހޯ ސީދާ ދެ ސެޓުން ބެލާރޫސްގެ އަރީނާ ސަބަލެންކާ ބަލިކުރުމުންނެވެ. މި މެޗުގެ ސެޓުތައް ވެންޑެހޯ ގެންދިޔައީ 7-6 އަދި 6-1 އިންނެވެ. އެހެނަސް ބެލާރޫސްގެ ސަސްނޮވިޗް ވަނީ ތިން ސެޓު އެއް ސެޓުން އެމެރިކާގެ ސްލޮއާން ސްޓެފަންސް ބަލިކޮށް ފައިނަލްގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދީފައެވެ.

ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމާއި ވިދިގެން ފައިނަލްގެ ނަތީޖާ ނެރުމަށް ކުޅެފައިވަނީ ޑަބަލްސް މެޗެކެވެ. އެގޮތުން މި މެޗުގައި އެމެރިކާގެ ޝެލްބީ ރޯޖާސްއާއި ކޯކޯ ވެންޑެހޯގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ބެލާރޫސްގެ ސަބަލެންކާ އާއި ސަސްނޮވިޗްގެ ޕެއާ ބަލިކޮށް ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާއަށް މި މުބާރާތުގެ ތަށި ހޯދައިދީފައެވެ. މި މެޗުގެ ސެޓުތައް އެމެރިކާގެ ކުޅުންތެރިން ގެންގޮސްފައިވަނީ 6-3 އަދި 7-6 އިންނެވެ.

މިއީ 2000 ވަނަ އަހަރު ލީސާ ރޭމޮންޑް އާއި ލިންޑްސޭ ޑޭވެންޕޯޓް އާއި މޮނިކާ ސޭލްސް އަދި ޖެނިފާ ކަޕްރިއާޓީގެ މައްޗަށް އެކުލެވުނު އެމެރިކާގެ ޓީމުން މި މުބާރާތް ކާމިޔާބު ކުރި ފަހުން އެ ގައުމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެމެރިކާއަކީ 18 ތައްޓާއެކު މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ގައުމެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް