Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަލާމަތީ މަޖިލިސް

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ އަދަދު އިތުރުކުރަން ރާއްޖެއިން ގޮވާލައިފި

8 ނޮވެމްބަރު 2017 | ބުދަ 05:46

ރާއްޖެއިން ދަނީ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް މަސައްކަތް ކުރަމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 8 ނޮވެމްބަރު 2017 | ބުދަ 05:46
އަދިވެސް އަމަލުކުރެވެމުންދަނީ ޒަމާންވީ މުސްކުޅި ގޮތަށް ކަމަށް މަންދޫބުވަނީ ވިދާޅުވެފަ

އަދިވެސް އަމަލުކުރެވެމުންދަނީ ޒަމާންވީ މުސްކުޅި ގޮތަށް ކަމަށް މަންދޫބުވަނީ ވިދާޅުވެފަ

1979 ން ފެށިގެން ދިވެހިރާއްޖެއިން އަންނަނީ ސަލާމަތީ މަޖިލީސް އިސްލާހު ކުރުމަށް ގޮވާލަމުންކަމަށާއި އެ މަޖިލީހުގެ ދާއިމީ މެމްބަރުންގެ އަދަދު އިތުރުވާން ޖެހޭކަމަށް ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައިވާ މަންދޫބު ގޮވާލައްވައިފިއެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުންދާއިރު ހަމަހަމަގޮތެއްގައި ތަމްސީލް ކޮށްދެވޭތޯ ކުރެވޭ ސުވާލާއި ސަލާމަތީ މަޖިލީހުގެ އެހެނިހެން ކަންކަމާ ބެހޭ ގޮތުން އޮތް ބަހުސްގައި ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ އަލީ ނަސީރު ވިދާޅުވީ 1945 ގައި އދ އުފެދުނު އިރު ތިބީ މިނިވަން މަދު ގައުމެއް ކަމަށެވެ.

ނަސީރު ވިދާޅުވީ ވީޓޯ ބާރު އޮންނަ މެމްބަރުންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށެވެ.

" އަޅުގަނޑުމެން ގަބޫލުކުރާ މިހާރު އަޅުގަނޑުމެން މިތިބި ދުވަސްވަރުގެ ސިޔާސީ އަދި އިގްތިސާދީ ހަގީގަތަށް ބެލުމަށް ފަހު ކޮންމެ ބައްރަކަށްވެސް މަދުވެގެން އެއްގޮނޑިދާއިމީ ކުރެވެންޖެހޭ" ޑރ ނަސީރު ވިދާޅުވިއެވެ.

އދގެ ކުޑައިގެ ދަށުން ގައުމުތަކަށް ފައުޖުފޮނުވުން ނުވަތަ އަދަބު ދިނުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ ބާރު ދީފައިވާ ހަމައެކަނި ގުނަން ކަމަށްވާ ސަލާމަތީ މަޖިލީހަކީ ވަގުތާ ހާލަތަށް ބަލައިގެން އުފައްދާފައިވާ އޮނިގަނޑަކަށްވާއިރު އެ ހާލަތާއި އެ ވަގުތާއި ދުނިޔެ ބަދަލުވެއްޖެ ކަމަށް ރާއްޖޭގެ މަންދޫބު ވަނީ ވިދާޅުވެފައެވެ.

ދުނިޔެ ބަދަލުވެއްޖެ ކަމަށާއި އދ ބަދަލުވެއްޖެ ކަމަށާއި މިއަދު ރައްކާތެރިކަން މާނަކުރާ ގޮތް ބަދަލުވެއްޖެ ކަމަށް މަންދޫބު ވިދާޅުވިއެވެ. އަދި އދގެ މެމްބަރުންގެ އަދަދުވެސް ބަދަލުވެފައިވާއިރު އަދިވެސް އަމަލުކުރެވެމުން ދަނީ ޒަމާންވީ މުސްކުޅި ގޮތަށް ކަމަށް މަންދޫބުވަނީ ވިދާޅުވެފައެވެ.

އިންސާނީ ހައްގުތަކަށް ރާއްޖޭގެ ސަރުކާރުން އަރައިގަންނަމުންދާދިއުން ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ތަކުރާރުކޮށް ގޮވާލަމުންދާއިރު ރާއްޖެއިން މި އަހަރުވަނީ ހިއުމަން ރައިޓްސް ކަންސިލަށް ވާދަ ކުރުމަށްފަހު ނަން އަނބުރާ ގެންގޮސްފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ނަން އަނބުރާ ނަގާފައިވަނީ ގައުމުތަކުގެ ތާއީދު ނެތުމުންނެވެ.

ރާއްޖެއިން ދަނީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
14 އެޕްރީލު 2017

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

14 އެޕްރީލު 2017
އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް