Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެސްޓް ހޭމް ޔުނައިޓެޑް

ވެސްޓް ހޭމްގެ ކޯޗަކަށް މޯއިސް އައްޔަނުކޮށްފި

7 ނޮވެމްބަރު 2017 | އަންގާރަ 11:29

ވެސްޓް ހޭމްގެ ކޯޗުކަމާ މޯއިސް ހަވާލުވިއިރު އެ ޓީމު މިވަގުތު އޮތީ ރެލިގޭޝަން ޒޯނުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 ނޮވެމްބަރު 2017 | އަންގާރަ 11:29
ޑޭވިޑް މޯއިސް: މިއީ އޭނާ ޕްރިމިއާ ލީގުގެ ކްލަބަކަށް އިރުޝާދު ދޭ ހަތަރު ވަނަ ފަހަރު

ޑޭވިޑް މޯއިސް: މިއީ އޭނާ ޕްރިމިއާ ލީގުގެ ކްލަބަކަށް އިރުޝާދު ދޭ ހަތަރު ވަނަ ފަހަރު

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް ޑޭވީޑް މޯއިސް އައްޔަނުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ލިވަޕޫލް އަތުން އެ ޓީމު ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ސްލެވަން ބިލިޗް އެ މަގާމުން ވަކި ކުރުމަށް ފަހު މޯއިސް ކޯޗުކަމުގެ މަގާމަށް އައްޔަނުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެދުނުގެ ވަގުތެއްގައެވެ.

ވެސްޓް ހޭމްގެ ކޯޗުކަމާ މޯއިސް ހަވާލުވިއިރު އެ ޓީމު މިވަގުތު އޮތީ ރެލިގޭޝަން ޒޯނުގައެވެ. އެގޮތުން ޕްރިމިއާ ލީގުގައި ކޮންމެ ޓީމެއް ވެސް 11 މެޗު ކުޅެފައިވާއިރު، ވެސްޓް ހޭމް އޮތީ ނުވަ ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ. މިސީޒަނުގައި ވެސްޓް ހޭމް ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. ދެ މެޗެއް އެއްވަރުވެގެން ނިމުނުއިރު، ވެސްޓް ހޭމް ވަނީ ހަތް މެޗުން ބަލިވެފައެވެ. އަދި ޕްރިމިއާ ލީގުގައި ޓީމެއްގެ ކޮޅަށް އެންމެ ގިނަ ލަނޑު ވަދެފައި ވަނީ ވެސް ވެސްޓް ހޭމްގެ ކޮޅަށެވެ.

ބިލިޗްގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނުނު އެ ޓީމުގެ ގޯލްކީޕިންގ ކޯޗު ކްރިސް ވުޑްސް އެ މަގާމުން ބިލިޗްއާ އެކު ވަކި ނުކުރުމުން ގިނަ މީޑިއާތަކުން ވަނީ މޯއިސް އެ މަގާމާ ހަވާލުވާން އުޅޭ ކަމަށް ރިޕޯޓު ކޮށްފައެވެ. އެއީ މޯއިސް އެވަޓަން އަދި މެންޗެސްޓާ ޔުނައިޓެޑަށް އިރުޝާދު ދިން އިރު، ވުޑްސް އެ ޓީމުތަކުގެ ގޯލްކީޕިންގ ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފައިވާތީއެވެ.

ވެސްޓް ހޭމްގެ ޖޮއިންޓް ޗެއާމަން ޑޭވިޑް ސުއްލިވަން ބުނެފައި ވަނީ ޓީމަށް އަލުން އަނބުރާ ރަނގަޅު ނަތީޖާ ހޯދައިދިނުމަށް އެންމެ ރަނގަޅު މީހަކީ މޯއިސްކަން ގަބޫލްކުރާ ކަމަށާއި ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނެރުމަށް މޯއިސްއަކީ އެންމެ އެދެވޭ ކޯޗު ކަމަށެވެ. ހަމައެހެންމެ މިވަގުތު ވެސްޓް ހޭމްއަށް ބޭނުން ވަނީ ޕްރިމިއާ ލީގުގެ ތަޖުރިބާ އާއި މައުލޫމާތު ރަނގަޅަށް ލިބިފައި ހުރި ކޯޗެއް ކަމަށާއި އެހެން ކަމުން މޯއިސްއަކީ މި މަގާމަށް އެންމެ ގާބިލު މީހާކަން ގަބޫލް ކުރެވޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ އެވަޓަންގެ ކޯޗުކަމުގެ މަގާމުގައި އޭނާ ހުރިއިރު ވެސް ރަނގަޅު ނަތީޖާތަކެއް ނެރުނު ކަމަށާއި ވެސްޓް ހޭމްގައި ވެސް އެފަދަ ނަތީތަކެއް އޭނާ ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ވެސްޓް ހޭމްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު މޯއިސް ބުނެފައި ވަނީ ކުޅުންތެރިންނާ ޓީމުގެ މެނޭޖްމަންޓާ އެކު މަސައްކަތް ކުރުމަށް ކެތްމަދު ވެފައި ހުރި ކަމަށާއި ރަނގަޅު ނަތީޖާ ހޯދުމަށް ސަޕޯޓަރުންގެ ސަޕޯޓު ވަރަށް މުހިންމު ވާނެ ކަމަށެވެ.

ވެސްޓް ހޭމްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން މޯއިސް ވަނީ ސަންޑަލޭންޑާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން އެވަޓަންގެ ކޯޗުކަމުގެ މަގާމު ވެސް އަދާކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ވެސްޓް ހޭމް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ނުކުންނާނީ ވޮޓްފޯޑްއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް