Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލެސްޓާއަށް ޝެކްސްޕިއާ

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

ޝެކްސްޕިއާގެ އިރުޝާދުގެ ދަށުން ދެ މެޗުން މޮޅުވި

| 14 މާރިޗު 2017 | އަންގާރަ 12:49
 ލެސްޓާ ސިޓީގެ މެޗެއްގައި ޝެކްސްޕިއާ އިރުޝާދު ދެނީ

ލެސްޓާ ސިޓީގެ މެޗެއްގައި ޝެކްސްޕިއާ އިރުޝާދު ދެނީ

ބޮޑެތި ކުލަބުތައް ސިއްސުވާލުމަށްފަހު މިދިޔަ އަހަރު އިނގިރޭސި ލީގު ހޯދުމަށްފަހު މިއަހަރު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ލެސްޓާ ސިޓީގެ ކޯޗަކަށް ކްރެއިގް ޝެކްސްޕިއާ ހަމަޖައްސައިފިއެވެ.

ކުރިން އެސިސްޓެންޓަން ކޯޗުގެ މަޤާމުގައި ހުރި ޝެކްސްޕިއާ ލެސްޓާގެ ކޯޗުގެ ގޮތުގައި މަސައްކަތްކުރާނީ މިއަހަރުގެ ނިޔަލަށެވެ.

ޝެކްސްޕިއާ އެމަޤާމަށް ހަމަޖެއްސީ ލެސްޓާއަށް މިދިއަ އަހަރު އިނގިރޭސި ލީގު ހޯދައިދިން ކްލައުޑިއޯ ރަނިއޭރީ އެމަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.

ރަނިއޭރީ އެމަޤާމުން ވަކިކޮށްފައިވަނީ ފެބްރުއަރީ 23 ގައެވެ. އޭގެ ވަގުތީ ގޮތުން ޓީމަށް އިރުޝާދު ދެމުން އަންނަނީވެސް ޝެކްސްޕިއާއެވެ.

ރެލިގޭޝަންގެ ބިރުވެރިކަމުގެ ތެރެއަށް ވެއްޓިފައިވާ ލެސްޓާގެ ކޯޗުކަމާއި ހަވާލުވި ޝެކްސްޕިވަނީ ރަނިއޭރީއާ އޭގެކުރިން އެކުލަބުގެ ކޯޗުކަމުގައި ހުރި ނިގެލް ޕިއާސަންއާ އެކުވެސް މަސައްކަތް ކޮށްފައެވެ.

ރަނިއޭރީ މަގާމުން ދުރުކުރުމަށްފަހު، ޝެކްސްޕިއާގެ އިރުޝާދުގެ ދަށުން ލެސްޓާ ކުޅުނު ފުރަތަމަ ދެ މެޗުން އެޓީމުވަނީ މޮޅުވެފައިވެއެވެ.

އެގޮތުން 3-1 ލަނޑުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފައިވާއިރު، ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ލެސްޓާ ވަނީ 3-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ

26 ޖޫން 2017
ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
23 މެއި 2017

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
23 މެއި 2017

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު