Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީގެ ލީޑް 10 ޕޮއިންޓަށް

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

ޗެލްސީ އޮތީ ލިބުނު 66 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 08:29
ވެސްޓްހަމް އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ވެސްޓްހަމް އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށް ޕޮއިންޓް ތާވަލުގައި ޗެލްސީން 10 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން ވެސްޓްހަމްއާ ވާދަކޮށް ޗެލްސީ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

ވެސްޓްހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޗެލްސީ އެވެ. އެގޮތުން އެޓީމުން ވަނީ ވެސްޓްހަމްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ވެސްޓްހަމް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ޗެލްސީގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ޗެލްސީން ވަނީ ވަރުގަދަ ޑިފެންސެއްކޮށް އެޓީމުގެ ހަމަލާތައް ދިފާއުކޮށްފައެވެ.

ޗެލްސީން މެޗުގެ ލީޑު ނެގީ 25 ވަނަ މިނެޓުގައި ޕެޑްރޯ ރޮޑްރިގޭޒްގެ އެހީތެރިކަމާ އެކު އެޑެން ހަޒާޑް އެވެ. މި ލަނޑަށް ފަހު ވެސް ޗެލްސީ އަށް ވަނީ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވެސްޓްހަމްގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޗެލްސީން އެޓީމުގެ ކުޅުން ރަނގަޅުކޮށް، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން 50 ވަނަ މިނެޓުގައި ޑިއެގޯ ކޯސްޓާ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ވެސްޓްހަމް އިން ނަތީޖާގެ ފަރަގު ކުޑަކުރީ މެޗުގެ އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެނުއެލް ލަންޒިނީއެވެ. މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 27 މެޗުން ލިބުނު 66 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗން ބަލިވި ވެސްޓްހަމް އޮތީ ކުޅުނު 27 މެޗުން ލިބުނު 33 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު