Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕެރަޑައިސް ލީކްސް

އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!

އިނގިރޭސި ރާނީ ކުއީން އެލިޒަބަތާއި، އުރުދުންގެ ރާނީ ނޫރުލް ހުސެއިންގެ މާލީ ސިއްރުތައް ހިމެނޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2017 | ހޯމަ 08:13
ޕެރަޑައިސް ލީކްސް: 120 ސިޔާސީ ފަރާތެއްގެ މާލީ ސިއްރުތައް ލީކްވެފައިވޭ

ޕެރަޑައިސް ލީކްސް: 120 ސިޔާސީ ފަރާތެއްގެ މާލީ ސިއްރުތައް ލީކްވެފައިވޭ

ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ވިޔަފާރިވެރިން ހިންގަމުންދިޔަ ސިއްރު ވިޔަފާރީގެ މުއާމަލާތްތަކާއި ސިއްރު ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް ޕެނަޕާ ޕޭޕަރސްގެ ނަމުގައި ލީކްކޮށްލުމާއި ގުޅިގެން ދިމާވި ކަންތައްތަކުން އެމީހުން ސަލާމަތް ނުވެވިގެން އުޅެނިކޮށް އަނެއްކާވެސް އެފަދަ އެތައް މިލިއަން ލިޔެކިޔުންތަކެއް ފަޅާއަރުވާލައިފިއެވެ.

ޖަރުމަންވިލާތުގެ ނޫހަކުން ހޯދި 13.4 މިލިއަން ފައިލްގައި ހިމެނިފައިވާ މި ލިޔެކިޔުންތައް ތަހުޤީޤްކޮށް ފަޅާއަރުވަމުންދަނީ ތަހުޤީޤީ ނޫސްވެރިންގެ ޖަމްއިއްޔާ، އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް އާއި އެޖަމްއިއްޔާއާއި ގުޅިފައިވާ 95 މީޑިއާއެއް ގުޅިގެންނެވެ. މި ޑޮކިއުމަންޓްތަކަކީ އޯފްޝޯ މާލީ ކަންކަމަށް ޚާއްސަ ޤާނޫނީ ޚިދުމަތްދޭ ކުންފުންޏެއްކަމަށްވާ އެޕަލްބީސްއިން ލީކްވި ފައިލްތަކެކެވެ. މި ކުންފުނީގެ އޮފީސްތައް ދުނިޔޭގެ އޯފްޝޯ މާލީ މަރުކަޒުތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ގިނަ ޤައުމުތަކުގައި ހުރެއެވެ.

ލީކްވެފައިވާ ޑޮކިއުމަންޓްތަކުގެ ތެރޭގައި ލޯން އެގްރީމަންޓްތަކާއި، މާލީ ބަޔާންތަކާއި، އީމެއިލްތަކާއި އަދި ފަންސާހަކަށް އަހަރު ވަންދެން އެކުންފުނިން ބަލަހައްޓަމުން އައި އެހެނިހެން ބައެއް މާލީ ލިޔެކިޔުންތައް ހިމެނެއެވެ.

މިޑޮކިއުމަންޓްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނާއި ސިޔާސީ އިސް މީހުންގެ ގޮތުގައި ފާހަގަކުރެވޭ 120 މީހެއްގެ ސިއްރު ލިޔެކިޔުންތައް ހިމެނެއެވެ. އޭގެ ތެރޭގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނަ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެބިނެޓާއި ގާތްބޭފުޅުންގެ ތެރޭގައި ހިމެނޭ މަދުވެގެން 13 ބޭފުޅަކާއި، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ އަރިސް ބޭފުޅުން ހިމެނެއެވެ. މި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެމެރިކާގެ ވިޔަފާރިއާއި ބެހޭ ވަޒީރު އަދި ބިލިއަނަރު ވިލްބަރ ރޮސްއަކީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި ގުޅުން އޮންނަ ކުންފުނިތަކަކާއިއެކު ވިޔަފާރީގެ ގުޅުން އޮންނަ ބޭފުޅެކެވެ.

މީގެ އިތުރުން ދުނިޔޭގެ ގިނަ ޤައުމުތަކުގެ މަޖިލިސް މެމްބަރުން ޝާހީ އާއިލާތަކުގެ ބޭފުޅުންގެ މާލީ މައުލޫމާތުވެސް މި ލީކްގައި އާއްމު ކޮށްފައިވެއެވެ.

ސިޔާސީ ލީޑަރުންގެ އިތުރުން ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުގެ މާލީ ހިސާބުތަކާއި ބަޔާންތަކުގެ ތަފްޞީލް ވެސް މި ޑޮކިއުމަންޓްތަކުގައި ހިމެނެއެވެ. އޭގެ ތެރޭގައި އެޕަލް، ނައިކީ، އޫބަރ އަދި ޓްވިޓަރފަދަ ކުންފުނިތައް ހިމެނެއެވެ. އަދި ލީކްވެފައިވާ ޑޮކިއުމަންޓްތަކުން ދައްކާ ގޮތުގައި ޓެކްސްއަށް މަކަރު ހެދުމަށް އޯފްޝޯ މާލީ އިދާރާތަކުގައި ރައްކާކުރާ ފައިސާ ބޭނުންކޮށްގެން ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުގައި ބައެއް ފަރާތްތަކުން އިންވެސްޓްކޮށްފައި އެބަހުއްޓެވެ. މީގެ ތެރޭގައި ޓްވިޓަރ އަދި ފޭސްބުކް ފާހަގަކޮށްލެވެއެވެ.

މި ޑޮކިއުމަންޓްތައް ލީކްކޮށްލި ނޫސްވެރިން އަދިވެސް ހުރިހާ މައުލޫމާތެއް ހާމަކޮށްފައިނުވާއިރު، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ގިނަ މައުލޫމާތުތަކެއް ހާމަކުރަމުންދާނެކަމަށް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު