Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޓީޕީ ވޯލްޑް ޓުއާ

ޕެރިސް މާސްޓާސް: ކުއާޓާގެ ޖާގައެއް ކަށަވަރުވެފަ އޮއްވާ ނަދާލް މުބާރާތުން ވަކިވެއްޖެ

ކުއާޓާގެ ޖާގައެއް ނަދާލް ކަށަވަރުކުރީ އުރުގުއޭގެ ޕަބްލޯ ކުއޭވާސް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ނޮވެމްބަރު 2017 | ހުކުރު 13:59
ނަދާލް -  ކުއާޓާގެ ޖާގައެއް ކަށަވަަރުވެފައި އޮއްވާ އޭނާ ވަނީ ޕެރިސް މާސްޓާސްއިން ވަކިވެފައި

ނަދާލް - ކުއާޓާގެ ޖާގައެއް ކަށަވަަރުވެފައި އޮއްވާ އޭނާ ވަނީ ޕެރިސް މާސްޓާސްއިން ވަކިވެފައި

ޕެރިސް މާސްޓާސްގެ ކުއާޓާގެ ޖާގައެއް ކަށަވަރުވެފެއި އޮއްވާ ސްޕެއިންގެ ރަފައޭލް ނަދާލް އެ މުބާރާތުން ވަކިވެއްޖެއެވެ.

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިޔަށްދާ އޭޓީޕީ ވޯލްޑް ޓުއާގެ ޕެރިސް މާސްޓާސްގެ ކުއާޓާގެ ޖާގައެއް ނަދާލް ކަށަވަރުކުރީ ރައުންޑް އޮފް 16 ގައި ދުނިޔޭގެ ރޭންކިންގެ 36 ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް އުރުގުއޭގެ ޕަބްލޯ ކުއޭވާސް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-3 އިން ނަދާލް ގެންދިޔަ ނަމަވެސް ކުއޭވާސް ވަނީ ދެވަނަ ސެޓު 7-6 އިން ގެންގޮސް މެޗު ތިން ވަނަ ސެޓަކަށް ގެންގޮސްފައެވެ. މި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު 6-3 އިން ގެންގޮސް ނަދާލް ވަނީ މި މުބާރާތުގެ ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

އެހެނަސް ކުއާޓާގެ ފުރުސަތު ލިބުމަށްފަހު ނަދާލް ވަނީ މި މުބާރާތުން ވަކިވެފައެވެ. އެގޮތުން އޭނާ މި މުބާރާތުން ވަކިވީ އޭނާގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ނަދާލް ކުއާޓާގައި ވާދަކުރުމަށް ހަމަޖެހިފައި އޮތީ ސާބިއާގެ ފިލިޕް ކްރަޖްނޮވިޗްއާ ދެކޮޅަށެވެ. ކުއޭވާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާގެ ކަކުލުގައި ބެންޑޭޖް އަޅާފައި ހުރިއިރު އޭނާ ބުނެފައިވަނީ މުބާރާތުން ވަކިވާން ޖެހުމުން ވަރަށް ދެރަވާ ކަމަށާއި މި މަހުގެ 12 ވަނަ ދުވަހު ލަންޑަންގައި ފަށާ އޭޓިޕީ ވޯލްޑް ޓުއާ ފައިނަލްސްއަށް ފިޓުވުމަށް މަސައްކަތް ކުރާ ކަމަށެވެ.

މިހާތަނަށް އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްއަށް ކޮލިފައި ވެފައިވަނީ ނަދާލްގެ އިތުރުން ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާއާ ޖަރުމަނުގެ އެލެގްޒެންޑާ ޒަވަރޭވްއާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވްއާ އޮސްޓްރިއާގެ ޑޮމިނިކް ތިއެމްއާ ކްރޮއޭޝިއާގެ މަރިން ސިލިޗްގެ އިތުރުން ބެލްޖިއަމްގެ ޑޭވިޑް ގޮފިންއެވެ.

މި މުބާރާތުގެ ކުއާޓާގައި ވާދަކުރާ އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯއާ އެމެރިކާގެ ޖޯން އިސްނާއަށް ވެސް އޭޓީޕީ ފައިނަލްސްއަށް ކޮލިފައި ވުމުގެ ފުރުސަތު އެބައޮތެވެ. އޭޓިޕީ ވޯލްޑް ޓުއާ ފައިނަލްސްއަށް ކޮލިފައިވުމަށް އިސްނާ މި މުބާރާތް ކާމިޔާބު ކުރަން ޖެހޭއިރު ޑެލް ޕޮޓްރޯ އިސްނާއާ ދެކޮޅަށް ކުޅޭ ކުއާޓާގެ މެޗު ކާމިޔާބުކޮށް އޭނާ ސެމީއަށް ދަތުރުކޮށްފިނަމަ އޭޓީޕީ ވޯލްޑް ޓުއާގެ ޖާގައެއް އޭނާއަށް ލިބޭނެއެވެ.

ނަދާލް ޕެރިސް މާސްޓާސްއިން ވަކިވެފައިވާއިރު އޭނާ ވަނީ މި މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ކަށަވަރު ކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2017

ޕެރިސްގައި ސަންޗޭޒްއާ އެކު ޕީއެސްޖީން މަޝްވަރާކޮށްފި

22 ޖުލައި 2017
ޕެރިސްގައި ސަންޗޭޒްއާ އެކު ޕީއެސްޖީން މަޝްވަރާކޮށްފި
18 ޖުލައި 2017

ގްރީން ޓްރީޓަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރު ވެއްޖެ

18 ޖުލައި 2017
ގްރީން ޓްރީޓަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރު ވެއްޖެ
04 ޖުލައި 2017

މާލޭ ލީގު: މާޒިޔާ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރިއިރު، ޓީސީ އަށް ހުރަސްތަކެއް

04 ޖުލައި 2017
މާލޭ ލީގު: މާޒިޔާ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރިއިރު، ޓީސީ އަށް ހުރަސްތަކެއް
03 މެއި 2017

މޮނާކޯވެސް އޮތީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި: ޖާޑިމް

03 މެއި 2017
މޮނާކޯވެސް އޮތީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި: ޖާޑިމް
17 އެޕްރީލު 2017

ޗެމްޕިއަންސް ލީގް: ކުއާޓާގެ ދެވަނަ ލެގަށް ނުކުންނައިރު ކޯޗުންނަށް ހާސްކަން

17 އެޕްރީލު 2017
ޗެމްޕިއަންސް ލީގް: ކުއާޓާގެ ދެވަނަ ލެގަށް ނުކުންނައިރު ކޯޗުންނަށް ހާސްކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު