Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލެ ލީގު

ގްރީން ޓްރީޓަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރު ވެއްޖެ

ގްރީންއަށް ޖާގަ ކަށަވަރުވީ ޓީސީ އަތުން ވިކްޓްރީ ބަލިވުމުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 18 ޖުލައި 2017 | އަންގާރަ 19:08
ކްލަބް ގްރީން ސްޓްރީޓް

ކްލަބް ގްރީން ސްޓްރީޓް

އެސްޓީއޯ މާލެ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކްލަބް ގްރީން ސްޓްރީޓަށް ކަށަވަރު ވެއްޖެއެވެ.

ގްރީން ސްޓްރީޓަށް ޖާގަ ކަށަވަރުވީ އަންގާރަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ކުޅުނު މެޗް ބޮޑު ތަފާތަކުން ޓީސީ ކާމިޔާބު ކުރުމުންނެވެ. ގަދަ 4 ގެ ޖާގައެއް ހޯދުމަށް މި ދެޓީމުންވެސް މެޗަށް ނިކުތްއިރު ވިކްޓްރީއަށް މެޗު ކާމިޔާބުކޮށްލައިގެން ގަދަ 4 އިން ޖާގަހޯދުމުގެ ފުރުސަތު އެޓީމަށް އޮތެވެ. ނަމަވެސް ޓީސީއަށް ގަދަ 4 އިން ޖާގަ ލިބެން އޮތީ ވިކްޓްރީ އަތުން 3 ޕޮއިންޓް ހޯދައި އަދި، ބުދަ ދުވަހު ގްރީން ސްޓްރީޓާއި އީގަލްސް ބައްދަލުކުރާ މެޗުން އީގަލްސް ބަލިވެއްޖެ ނަމައެވެ. އެގޮތުން އީގަލްސް މޮޅު ވެއްޖެ ނަމަ ނުވަތަ އެއްވަރު ވެއްޖެ ނަމަވެސް ގަދަ 4 އިން ފުރުސަތު ލިބޭނީ އީގަލްސް އަށެވެ.

ކުރިއަށް އަދި ބާކީ އެއް މެޗް އޮއްވާ ގްރީން ސްޓްރީޓަށް ގަދަ 4 އިން ޖާގަ ލިބެނީ އެޓީމަށް ކުޅުނު 13 މެޗުން 24 ޕޮއިންޓް ލިބިފައި ވާއިރު އީގަލްސް އަތުން އެޓީމު ބަލިވި ނަމަވެސް ދަށްވެގެން އެޓީމަށް ތާވަލުގެ 4 ވަނަ ލިބޭނެތީއެވެ. އެގޮތުން ޓީސީ އާއި ވިކްޓްރީ 14 މެޗު ކުޅެ ނިމުނުއިރު އެ ދެޓީމަށްވެސް ލިބިފައިވަނީ 22 ޕޮއިންޓެވެ.

އަންގާރަ ދުވަހުގެރޭ ޓީސީ އާއި ވިކްޓްރީ ބައްދަލުކުރި މެޗް ޓީސީ އިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ރީތި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގައި ޓީސީއިން ވަނީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިންނެވެ. ފުރަތަމަ ހާފް ނިމިގެންދިޔައި 1-0 އިން ޓީސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެންވެސް ޓީސީގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރުގަދަ ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ 56 ވަނަ މިނެޓުގައި 2 ވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދް ހަސަނެވެ. މި ލަނޑަށް ފަހުގައި ޓީސީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ވިކްޓްރީއިން ވަނީ ސުން ކަނޑުވާލައި ފަރަގު ކުޑަކޮށްފައެވެ. އެޓީމަށް ފަރަގު ކުޑަކޮށްދިނީ 76 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ ކެރިޗް އެވެ.

ޓިސީ އިން ވަނީ ދެވަނަ ހާފުގެ ފަހުކޮޅުގައި މުޅި މެޗުގެ ކޮންޓްރޯލް އެއްކޮށް އަތުލާފައެވެ. އެޓީމުން ދިޔައީ ކައިރިކައިރީގައި ހަމަލާތަށް ތަނަވަސް ކުރަމުންނެވެ. އެގޮތުން 80 ވަނަ މިނެޓުގައި މުހަންމަދު އައްޒާމް ވަނީ 3 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު އައްޒާމް ވަނީ ފާއިތުވި ދެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އައްޒާމްގެ ލަނޑަށްފަހު އޭގެ 3 މިނެޓު ފަހުން ޓީސީގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޑް ވަނީ އެޓީމަށް 4 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާ އާއެކު ވިކްޓްރީއަށް ވަނީ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ އާއި އެކު މާލެ ލީގު ޕްލޭއޮފްގައި ކުޅެން ޖެހިގައެވެ.

މާލެ ލީގުގެ އެންމެ ފަހު ދެމެޗް ބުދަ ދުވަހު ކުޅެވޭއިރު، ބުދަ ދުވަހުގެރޭ ކުޅޭ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ ލީގުގައި އެންމެ ވާދަވެރި ދެޓީމް ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. މި ދެޓީމުންވެސް ލީގުގެ ތަށި ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު މި މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު