Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ރައީސް ނަޝީދު ވާދަ ނުކުރައްވަން އުޅުއްވަނީ އެހެން ސިޔާސީ ބޭފުޅުންނަށްޓަކައި:ޝަރީފް

29 އޮކްޓޯބަރު 2017 | އާދީއްތަ 03:05

ރައީސް ނަޝީދަށް ކުރިމަތިލެއްވޭނެކަން ކަށަވަރުވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 އޮކްޓޯބަރު 2017 | އާދީއްތަ 03:05
ޝަރީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ޝަރީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެއްވޭނެ ކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށާއި ނަމަވެސް އެމަނިކުފާނު ވާދަ ނުކުރައްވަނީ އެހެން ސިޔާސީ ބޭފުޅުން ޖަލުގައި ބައިތިއްބަވާފައި އެކަން ކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިހާރު އޮތް ގޮތުން އެއްބުރުން ކާމިޔާބު ލިބޭނެ ގޮތަކީ އެއް ކެނޑިޑޭޓަކު ނެރުން ކަމަށާއި އިދިކޮޅު ފަރާތްތަކުން ތަފާތު ކެނޑިޑޭޓުން ނެރޭކަމަށް ވަނީ ވިއްޔާ ވަރަށް ބޮޑެތި މައްސަލަތައް ނުކުންނާނެ ކަމަށެވެ. އޭރުން ވާނޭ ގޮތަކީ ދެބައިމީހުން ތަޅާފޮޅަމުންގޮސް ދެވަނަ ބުރަކަށް ގޮސްގެން ނަތީޖާ ލިބޭނެ ގޮތެއް ނޭނގުން ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތަށް ކަންކަން ހިނގެއްޖެ ނަމަ އެކޯލިޝަންގައި ނޫޅެވޭ ހިސާބަށް މަޝްރަހު ވިހަވެގެންދާނެ ކަމަށާއި އެހެންވެ، ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތްތަކަކަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެބޭފުޅުންގެ ޒާތީ މަސްލަހަތު ދޫކޮށްލައްވާފައި އެއްބޭފުޅަކު ނެރުން ކަމަށެވެ. އެނޫން ގޮތަކަށް ކެނޑިޑޭޓުން ނެރެން ވެއްޖިއްޔާ އިންތިޚާބު އިދިކޮޅު ފަރާތްތަކުގެ އަތުން ގެއްލިގެން ހިނގައިދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރުގެ ސަރުކާރުގެ ފަރާތުން ބޮޑު ބިރުވެރި ކަމެއް އޮތްއިރު އަދި ހުރިހާ ބާރުވެރިކަމެއް އޮތް ބޭފުޅަކާ އަޅުގަނޑުމެން ވާދަކުރަން ޖެހޭއިރުގައި އަޅުގަނޑުމެން އެކަތިގަނޑެއްގެ ގޮތުގައިނެތި އިންތިޚާބު ކާމިޔާބު ކުރަން ދަތިވާނޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޝަރީފް ވިދާޅުވީ ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތައް ވެސް ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތުން ކަމަށާއި އަދި ރައީސް ޔާމީނަކީ ބާރުގަދަ ވެރިއެއް ކަމަށެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބު ކުރެވޭނެ އެންމެ ލުއި ފަސޭހަ ގޮތަކީ އެއް ކެނޑިޑޭޓަކު ނެރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ 2018 ގައި ރައީސް ނަޝީދަށް އިންތިޚާބަށް ކުރިމަތިލެއްވޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި އދ އާއި ބޭރުގެ އެހެނިހެން ޖަމްއިއްޔާތަކުންވެސް އެކަން ކަށަވަރުކޮށްދޭކަމަށެވެ.

ޝަރީފް ވިދާޅުވީ ޔޫއެންއާއި ބޭރުގެ އެހެނިހެން ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ނަޝީދަށް ކުރިމަތި ލެއްވޭ ވަރަށް މިނިވަން ކުރައްވާނެ ކަމަށާއި ނަމަވެސް ޖަލުގައި ތިއްބެވި ހުރިހާ ބޭފުޅުން ނެރުއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނޭ ގޮތް ހެއްދެވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ރައީސް ނަޝީދު ވާދަ ކުރެއްވުމުގެ ބަދަލުގައި އެއްކެނޑިޑޭޓަކު ނެރެން އެމަނިކުފާނު ގޮވާލައްވާ މައިގަނޑު ސަބަބަކީ ޖަލުގައި ތިއްބެވި ސިޔާސީ އެހެން ބޭފުޅުންގެ ޙައްޤުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް މިއޮތީ ޔޫއެންއާއި އީޔޫއިން އަދި އިންޑިއާ ފަދަ ތަންތަނުން ވަރކިން ގްރޫޕުގެ ނިންމުން ތަންފީޒް ކޮށްގެން، ޤާނޫން ތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކުރިމަތިލުމުގެ ފުރުސަތު ހޯދުން. ރައީސް ނަޝީދު ޤަބޫލުފުޅެއް ނުކުރައްވާ މިހާރު މިވަގުތު މިފުރުސަތުގެ ބޭނުން ކުރައްވާކަށް. ސަބަބަކީ ކޯލިޝަންގައި ތިއްބަވާ އެހެން ބޭފުޅުން ބަންދުގައި ތިއްބެވީމަ. އެމަނިކުފާނު މިނިވަން ވެގެން ރިޔާސީ އިންތީކާބުގައި ކުރިމަތިލައްވައިފިނަމަ ކޯލިޝަންގެ ބަދަހި ކަމަށް ލޮޅުމެއް އައިސްދާނެތީ،" ޝަރީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް