Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެލްބަރޓް އެއިންސްޓެއިން

އެއިންސްޓެއިންގެ "އުފާވެރިކަމުގެ ސިއްރު" ލިޔެފައިވާ ނޯޓް ދޮޅު މިލިއަން ޑޮލަރަށް ނީލަން ކިޔައިފި

ނޯޓްކޮޅު ނީލަންކިޔާފައިވަނީ 1.56 މިލިއަން ޑޮލަރަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 28 އޮކްޓޯބަރު 2017 | ހޮނިހިރު 12:48
ޖަރުމަނު ބަހުން އެލްބަރޓް އެއިންސްޓެއިން ލިޔެފައިވާ ނޯޓް

ޖަރުމަނު ބަހުން އެލްބަރޓް އެއިންސްޓެއިން ލިޔެފައިވާ ނޯޓް

މަޝްޙޫރު ސައިންޓިސްޓް، އެލްބަރޓް އެއިންސްޓެއިން، އޭނާގެ "އުފާވެރިކަމުގެ ސިއްރުގެ ފަލްސަފާ"ގެ ޚުލާސާއެއް ލިޔެފައިވާ ނޯޓެއް ދޮޅު މިލިއަން ޑޮލަރަށް ވުރެ އަގުބޮޑުކޮށް ނީލަން ކިޔައިފިއެވެ.

ގުދުސްގައި ކުރިއަށް ދިޔަ ނީލަމުގައި އެއިންސްޓެއިންގެ އަތުލިޔުމުން ލިޔެފައިވާ މި ނޯޓްކޮޅު ނީލަންކިޔާފައި ވަނީ 1.56 މިލިއަން ޑޮލަރަށެވެ. މިއީ މި ނޯޓު ވިކޭނެ ކަމަށް ލަފާކުރެވުނު އަގަށް ވުރެ ވަރަށް ބޮޑަށް އިތުރު އަދަދެކެވެ. ނީލަން ކިއުމަށް މި ނޯޓު ހުށަހެޅުނު އިރު ލަފާކުރެވިފައި އޮތީ، މި ނޯޓު އެންމެ އަގުބޮޑުކޮށް ވެސް ވިއްކާލެވޭނީ 5000 ނުވަތަ 8000 ޑޮލަރަށް ކަމަށެވެ.

ނީލަންކީ ފަރާތުން ބުނީ މި ނޯޓު ގަނެފައިވަނީ ޔޫރަޕުގެ މީހެއް ކަމަށާ، ނަމަވެސް އެއީ ކާކުކަން ހާމަ ނުކުރުމަށް އެފަރާތުން އެދިފައިވާ ކަމަށެވެ. އެފަރާތުން އިތުރަށް ބުނެފައިވަނީ، ކުރިއަރަމުންދާ މިއަދުގެ ދުނިޔޭގައި ވެސް ސައިންސާއި ތާރީޚަށް ޝަޢުޤުހުރި ފަރާތްތައް ތިބި ކަމަށްޓަކާ އުފާކުރާ ކަމަށެވެ.

ޓޯކިޔޯގެ އިމްޕީރިއަލް ހޮޓެލްގެ ލެޓަރހެޑް ކަރުދާހެއްގައި ޖަރުމަނުބަހުން ލިޔެފައިވާ މި ނޯޓުގައި އެއިންސްޓެއިން ލިޔެފައިވަނީ "ކާމިޔާބުގެ ފަހަތުން ދުވާ، ހަމަނުޖެހުން ބޮޑު ދިރިއުޅުމަކަށް ވުރެ، މަޑުމައިތިރި، ހަމަހިމޭން ދިރިއުޅުމަކުން ލިބޭ އުފާ އިތުރު" ކަމަށެވެ.

މީގެ އިތުރުން ހަމަ އެދުވަސްވަރު އެއިންސްޓެއިން ލިޔެފައިވާ މިފަދަ އިތުރު ނޯޓެއް ވެސް ވަނީ 240،000 ޑޮލަރަށް ވިކިފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2023

ހިޖުރައިގެ ފުރަތަމަ ޤަރުނުގެ ތެރޭގައި ލިޔެފައިވާ ޤުރުއާނުގެ ބައިތަކެއް އާންމުންނަށް ދައްކާލައިފި

12 އެޕްރީލު 2023
ހިޖުރައިގެ ފުރަތަމަ ޤަރުނުގެ ތެރޭގައި ލިޔެފައިވާ ޤުރުއާނުގެ ބައިތަކެއް އާންމުންނަށް ދައްކާލައިފި
02 މެއި 2021

ޓޯނީ ބްލެއަރގެ ދިގު އިސްތަށިގަޑުގެ ސިއްރު މިއޮތީ

02 މެއި 2021
ޓޯނީ ބްލެއަރގެ ދިގު އިސްތަށިގަޑުގެ ސިއްރު މިއޮތީ
16 ސެޕްޓެމްބަރު 2020

ކަރީނާގެ އިންސްޓަގްރާމްގައި ސިއްރުން ފުރިގެންވާ ސްޓޭޓަސްއެއް

16 ސެޕްޓެމްބަރު 2020
ކަރީނާގެ އިންސްޓަގްރާމްގައި ސިއްރުން ފުރިގެންވާ ސްޓޭޓަސްއެއް
13 އެޕްރީލު 2020

އަތު ލިޔުމުން ލިޔެފައިވާ ބީޓްލްސް ލަވައެއްގެ ލިރިކްސް 910،000 ޑޮލަރަށް ވިކިއްޖެ

13 އެޕްރީލު 2020
އަތު ލިޔުމުން ލިޔެފައިވާ ބީޓްލްސް ލަވައެއްގެ ލިރިކްސް 910،000 ޑޮލަރަށް ވިކިއްޖެ
31 މާރިޗު 2019

ކާޑޭޝިއަން-ޖެނަރ އާއިލާގެ ސިއްރުތައް 'ލީކް' ކުރަނީ ކާކު؟

31 މާރިޗު 2019
ކާޑޭޝިއަން-ޖެނަރ އާއިލާގެ ސިއްރުތައް 'ލީކް' ކުރަނީ ކާކު؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު