Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޢިރާޤުގެ ޤައުމީ ދާރުލްއާޘާރު

ހިޖުރައިގެ ފުރަތަމަ ޤަރުނުގެ ތެރޭގައި ލިޔެފައިވާ ޤުރުއާނުގެ ބައިތަކެއް އާންމުންނަށް ދައްކާލައިފި

އޭގެ ތެރޭގައި، އިސްލާމީ ތާރީޚުގެ ކަލަންޑަރު ޖަހަންފެށީ ފުރަތަމަ ޤަރުނުގެ ދުވަސްވަރުގެ އާޘާރުތައްވެސް ހިމެނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2023 | ބުދަ 06:29
ޢިރާޤުގެ ޤައުމީ ދާރުލްއާޘާރުގައި ކުރިއަށްދާ މި މައުރަޒުގައި ކީރިތި ޤުރުއާންގެ އާޘާރީ މުޞްޙަފުގެ ބައިތަކުގެ އިތުރުން، ފިޤްޙް ޢިލްމާއި، ޤުރުއާން ތަފްސީރުކޮށް މާނަ ކުރުމުގެ ގިންތީގެ ލިޔެކިއުންތައް ފެންނަ

މީސްތަކުންނަށް ހުރި ހިދާޔަތެއް ކަމުގައިވާ، ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތައް ބަޔާންވެގެންވާ ކީރިތި ޤުރުއާން ކިއެވުމަށް ކޮންމެ މުސްލިމަކުވެސް ގަދައަޅާ މަސައްކަތް ކުރަން އެންމެ ފަސޭހަވެގެންދާ އެއް މައްސަރަކީ، ބަރަކާތްތެރި ރަމަޟާން މަހެވެ. ކީރިތި ޤުރުއާން ކިޔަވާ އަޑުއެހުމާއި، ޤުރުއާނާ ބެހޭ ތަފާތު އެކި ކަހަލަ ވާހަކަތަކާއި ތާރީޚުތައް އުނގެނި، ދަސްކުރުމަށްވެސް އެތައް ބައެއްގެ ހިތުގައި، ރަމަޟާން މަހު ހާއްސަ ޝަޢުޤެއް އުފެދެއެވެ. ހިނގަމުން މިދާ 1444 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް، ޢިރާޤުން މި ވަނީ، ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ މައުރަޒެއް ހުޅުވާލާފައެވެ.

ކީރިތި ޤުރުއާންގެ އާޔަތްތައް ލިޔެފައިވާ ތާރީޚީ އެތައް އާޘާރެއް، މި މައުރަޒުން ފެނިގެންދެއެވެ. ބައެއް އާޘާރުތަކަކީ، މީގެ ކުރިން ދައްކާލާފައިވާ އާޘާރުތަކެއްވެސް ނޫނެވެ. ޢިރާޤުގެ ޤައުމީ ދާރުލްއާޘާރުގައި ކުރިއަށްދާ މި މައުރަޒުގައި ކީރިތި ޤުރުއާންގެ އާޘާރީ މުޞްޙަފުގެ ބައިތަކުގެ އިތުރުން، ފިޤްޙް ޢިލްމާއި، ޤުރުއާން ތަފްސީރުކޮށް މާނަ ކުރުމުގެ ގިންތީގެ ލިޔެކިއުންތައް ފެންނަން އެބަހުއްޓެވެ.

ޢިރާޤީ މެނޫސްރިކްޕްޓްސް ޑިޕަރޓްމަންޓްގެ ޑައިރެކްޓަރ ޖެނެރަލް، އަހުމަދު އަލް-އަލްޔާވީ ވިދާޅުވި ގޮތުގައި، މައުރަޒުން ފެންނަންހުރި 80 އާޘާރަކީ ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލާ އާޘާރުތަކެކެވެ. އޭގެ ތެރޭގައި، އިސްލާމީ ތާރީޚުގެ ކަލަންޑަރު ޖަހަންފެށީ ފުރަތަމަ ޤަރުނުގެ ދުވަސްވަރުގެ އާޘާރުތައްވެސް ހިމެނޭ ކަމަށް އަލް-އަލްޔާވީ ފާހަގަ ކުރެއްވިއެވެ.

އަލް-އަލްޔާވީ ވިދާޅުވި ގޮތުގައި، ޖަނަވާރު ހަމުގައި ލިޔެފައިވާ ލިޔުންތަކުގެ އިތުރުން، ޢިރާޤުން އުފެދުނު، އިހުގެ ޢަރަބި ކެލިގްރަފީއެއް ކަމަށް ވާ ކޫފިކް ސްކްރިޕްޓްއިން ލިޔެފައިވާ ލިޔުންތައްވެސް މައުރަޒުގައި ދައްކާލަން ވަނީ ބަހައްޓާފައެވެ.

މާތް ރަސޫލާގެ ޞަޙާބީންނަކީވެސް ރަމަޟާން މަހުގެ ދުވަސްތަކުގައި ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވުމަށް، ވަކިން ހާއްސަ ސަމާލުކަމެއް ދެއްވި ބައެކެވެ. ނަބީކަމާއި ރަސޫލުކަން ޚަތިމް ކުރެއްވި މި ޢުއްމަތުގެ މާތް ސާހިބާ، މުޙައްމަދު ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގެ މާނައިންވެސް ދޭހަވާ ގޮތުގައި، ރޯދައާއި ޤުރުއާން، ޤިޔާމަތް ދުވަހު، ﷲގެ އަޅާގެ މައްޗަށް ޝަފާޢަތްތެރިވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު