Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޑްރޭކް

ޑްރޭކްގެ އާ އަލްބަމް:'ސިއްރު' ދަރިއެއްގެ ވާހަކަ އާއި މައިކަލް ޖެކްސަންގެ އަޑާއެކު ރިކޯޑްތައް މުގުރަނީ!

ޑްރޭކްގެ "ސްކޯޕިއަން" އަލްބަމް ރިލީޒް ކޮށްފައިވަނީ ނިމިގެން ދިޔަ ހަފްތާ ބަންދުގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 1 ޖުލައި 2018 | އާދީއްތަ 06:38
ޑްރޭކް

ޑްރޭކް

ދުނިޔޭގެ މަޝްހޫރު ރެޕް އާޓިސްޓް، ޑްރޭކްގެ އާ އަލްބަމެއް ރިލީޒްކޮށްފިއެވެ.

ކެނެޑާއަށް ނިސްބަތްވާ މި ފަންނާނުގެ އަލްބަމް "ސްކޯޕިއަން" ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހުއެެވެ. އަދި ރިލީޒް ކުރުމާ އެކު ވަނީ ރިކޯޑްތަކެއް މުގުރާލާފައެވެ.

އެ ގޮތުން، އެޕަލް މިއުޒިކްއާ ސްޕޮޓިފައިގެ އެއް ދުވަހުގެ ސްޓްރީމިންގ ރިކޯޑް "ސްކޯޕިއަން"އިން ވަނީ މުގުރާލާފައެވެ. ރިލީޒް ކުރިތާ ފުރަތަމަ 24 ގަޑި އިރުގެ ތެރޭގައި އެ އަލްބަމް 170 މިލިއަން ފަހަރު ސްޓްރީމް ކުރެވިފައިވާ ކަމަށް އެޕަލް މިއުޒިކްއިން ހާމަކޮށްފައިވާ އިރު، ސްޕޮޓިފައިއިން ބުނީ އަލްބަމްގެ 25 ލަވަ 132 މިލިއަނަަށް ވުރެ ގިނަ ފަހަރު ފުރަތަމަ ދުވަހު ސްޓްރީމް ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އެ ރިކޯޑް އޮތީ 79 މިލިއަން ވިއުސްއާ އެކު މަޝްހޫރު ރެޕް އާޓިސްޓް ޕޯސްޓް މަލޯންގެ އަތުގަައެވެ.

ޑްރޭކްގެ "ސްކޯޕިއަން" އަލްބަމުން މުގުރަމުންދާ ރިކޯޑްތަކަށް ވުރެ ބޮޑަށް، އޭގެ ލަވަތަކުން އޭނާ ހާމަކޮށްފައިވާ ވާހަކަތައް މާ ވަރުގަދައެވެ.

އެގޮތުން، "އިމޯޝަންލެސް" ކިޔާ ލަވައެއްގައި 31 އަހަރުގެ ޑްރޭކް ވަނީ އޭނާގެ "ސިއްރު" ކުއްޖެއް ހުންނަކަން ހާމަކޮށްފައެވެ. މީގެ ކުރިން އެފަދަ ވާހަކަ ފެތުރިފައިވީ ނަމަވެސް، މިއީ އެކަމާ ގުޅޭ ގޮތުން ޑްރޭކް އެއްޗެކޭ ބުނެފައިވާ ފުރަތަމަ ފަހަރެވެ.

"އަހަރެން ދުނިޔެއަކަށް ދަރިއެއް ނުފޮރުވަން، ދަރިފުޅަށް ދުނިޔެ ދައްކަން ބޭނުންނުވީ"ކަމަށް ލަވައިގައި އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، މިއުޒިކް ލެޖެންޑް މައިކަލް ޖެކްސަންގެ މަޝްހޫރު ލަވަ "ބިލީ ޖީން"އާ ގުޅުވާލާ "އިމޯޝަންލެސް"ގައި ބުނަނީ، "ބިލީ ޖީން އެކޭ އެއްފަދައިން އެއީ އަހަރެންގެ ލޯބިވެރިޔާއެއް ނޫން، އެކަމަކު ދަރިއަކީ އަހަރެންގެ ދަރިއެއް"ކަމަށެވެ.

މިއީ "ސްކޯޕިއަން"އާއި މައިކަލްއާ އޮތް ހަމަ އެކަނި ގުޅުމެއް ނޫނެވެ. މި އަލްބަމްގައި 2009 ވަނަ އަހަރު މަރުވެފައިވާ މައިކަލްގެ އަޑުވަނީ ބޭނުން ކޮށްފައެވެ. "ޑޯންޓް މެޓާ ޓު މީ" ލަވައިގައި އިވެނީ މައިކަލްގެ އެންމެ މަޝްހޫރު އެއް ލަވަކަމަށްވާ "ތްރިލަރ"ގެ ވެސް ކުރިން އޭނާ ރިކޯޑްކޮށްފައިވާ ސާމްޕަލްއެއްގެ ތަންކޮޅެވެ. ލަވަ ރިލީޒް ކުރުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުގެ ހުއްދަ ޑްރޭކް ހޯދާފައިވާ އިރު، މައިކަލަށް ބޮޑުބޭބެ ކިޔާ އޯސްޓިން ބްރައުން ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފައެވެ.

ބްރައުން ބުނެފައިވަނީ މައިކަލް ނުނިންމާ އިން އެއްޗެއް ބޭނުން ކުރުމަކީ ރަނގަޅު ގޮތެއްކަމަށް އޭނާ ނުދެކޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ސްކްރިޕްޓްގެ މައްސަލަގައި ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ޒަރީރަށް ރަވީ ގޮވާލައިފި

ސްކްރިޕްޓްގެ މައްސަލަގައި ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ޒަރީރަށް ރަވީ ގޮވާލައިފި

25 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު