Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޮނިއާ

ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފި

27 އޮކްޓޯބަރު 2017 | ހުކުރު 14:40

ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފައި ވަނީ، ސްޕެއިން އިން ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ނުކުރުމަށް ގޮވާލަމުން ދަނިކޮށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 27 އޮކްޓޯބަރު 2017 | ހުކުރު 14:40
ކެޓަލޯނިއާގެ މިނިވަންކަމަށްޓަކައި ކުރެވުނު މުޒާހަރާއެއްގެ ތެރެއިން

ކެޓަލޯނިއާގެ މިނިވަންކަމަށްޓަކައި ކުރެވުނު މުޒާހަރާއެއްގެ ތެރެއިން

ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުން އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކޮށްފިއެވެ.

135 މެމްބަރުންގެ މައްޗަށް އެކުލެވޭ ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހުކުުރު ދުވަހު ނެގި ވޯޓުގައި، 70 މެމްބަރަކު ވަނީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ 10 މެމްބަރަކު ވަނީ މިކަމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އަދި ދެ މެމްބަރަކު ވޯޓަށް ހާޒިރުވެވަޑައިނުގަންނަވައެވެ.

ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކުރުމާ ގުޅިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ސްޕެއިންގެ ބޮޑު ވަޒީރު ވަނީ އެކަމާ ދެކޮޅަށް ޓްވީޓް ކުރައްވާފައެވެ. ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގާނޫނުގެ ހުކުމް ކެޓަލޯނިއާގައި ގާއިމުކުރައްވާނެ" ކަމަށެވެ.

ކެެޓަލޯނިއާގެ މައްސަލާގައި އެމެރިކާ އިން ތާއިދު ކުރަނީ ސްޕެއިންގެ ސަރުކާރަށެވެ. އެގޮތުން ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކުރިތާ މާގިނައިރުތަކެއް ނުވެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސްޕެއިންގެ ސަރުކާރުން، ސްޕެއިން އެއްބައިވަންތަކޮށް ބޭއްވުމަށް ކުރާ މަސައްކަތްތަކަށް އެމެރިކާ އިން ތާއިދު ކުރާ ކަމަށެވެ. އަދި ކެޓަލޯނިއާ އަކީ ސްޕެއިންގެ ސަރަހައްދެއް ކަމަށެވެ.

ކެޓަލޯނިއާ އަކީ ސްޕެއިންގެ ބާރުގެ ދަށުގައިވާ ސަރަހައްދެކެވެ.

ސްޕެއިންގެ މައި ސަރުކާރުން ކުރިން ބުނެފައި ވަނީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކޮށްފައިވާ ކަމަށް ބުނެފި ނަމަ މިނިވަންކަން އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ. ނުވަތަ ސްޕެއިންގެ މައި ސަރުކާރުން ކެޓަލޯނިއާގެ މިނިވަންކަން ސަސްޕެންޑްކޮށް ސްޕެއިންގެ މައި ސަރުކާރުގެ ފުރިހަަމަ ބާރު ހިންގާނެ ކަމަށެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ސްޕެއިންގެ ކެޓަލޯނިއާއަކީ ސްޕެއިންގެ އެންމެ ފުދުންތެރި އަދި މުއްސަނދި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ، އަމިއްލަ ބަހަކާއި، ސަގާފަތަކާއި އަދި އަމިއްލަ ތާރީޚެއް އޮތް ސަރަހައްދެކެެވެ.

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ
09 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަން: ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް ބާސެލޯނާގައި ބޮޑު އެއްވުމެއް

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން: ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް ބާސެލޯނާގައި ބޮޑު އެއްވުމެއް
07 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ

07 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ
05 އޮކްޓޯބަރު 2017

ކެޓަލޯނިއާ ޕާލިމެންޓްގެ ޖަލްސާ ސަސްޕެންޑް ކުރުމަށް ދުސްތޫރީ ކޯޓުން އަމުރުކޮށްފި

05 އޮކްޓޯބަރު 2017
ކެޓަލޯނިއާ ޕާލިމެންޓްގެ ޖަލްސާ ސަސްޕެންޑް ކުރުމަށް ދުސްތޫރީ ކޯޓުން އަމުރުކޮށްފި
05 އޮކްޓޯބަރު 2017

ރައްޔިތުންނަށް އިހުމާލުވެފައިވާކަމަށް ބުނެ ކެޓަލޯނިއާގެ ލީޑަރު ރަސްގެފާނަށް ފާޑުވިދާޅުވެއްޖެ

05 އޮކްޓޯބަރު 2017
ރައްޔިތުންނަށް އިހުމާލުވެފައިވާކަމަށް ބުނެ ކެޓަލޯނިއާގެ ލީޑަރު ރަސްގެފާނަށް ފާޑުވިދާޅުވެއްޖެ
02 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ ވޯޓް: ވަކި ދައުލަތެއް އުފައްދަން އަޣުލަބިއްޔަތު ތާއީދު

02 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ވޯޓް: ވަކި ދައުލަތެއް އުފައްދަން އަޣުލަބިއްޔަތު ތާއީދު
21 ސެޕްޓެމްބަރު 2017

ކެޓަލޯނިއާ ހަމަނޭވާއެއް ލިޔަދޭން މެޑްރިޑް ބޭނުމެއް ނުވޭ!

21 ސެޕްޓެމްބަރު 2017
ކެޓަލޯނިއާ ހަމަނޭވާއެއް ލިޔަދޭން މެޑްރިޑް ބޭނުމެއް ނުވޭ!
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް